Advertisement

ކްރޯކަސް ކޮންސެޓް ހޯލުގައި ރޯވެ އަނދަނީ -- ފޮޓޯ: ރޮއިޓާސް

23 Mar 2024
ދުނިޔެ

މޮސްކޯގެ ކޮންސެޓް ހޯލަކަށް ޓެރަރިސްޓް ހަމަލާއެއްދީ އެތައް ބަޔަކު މަރާލައިފި

ރަޝިއާގެ ވެރިރަށް މޮސްކޯގެ ހުޅަނގުގައި ހުންނަ، ކްރޯކަސް ކޮންސެޓް ހޯލަށް ހަތިޔާރު އެޅި ބަޔަކު ވަދެ ބަޑިން ހަމަލާދީ، އެތައް ބަޔަކު މަރާލައިފިއެވެ.

ރަޝިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކެމަފްލާޖް ޔުނީފޯމެއްގައި ތިބި، ހަތަރު މީހަކު ވަނީ ރައިފަލް ހިފައިގެން ކޮންސެޓް ހޯލްތެރެއަށް ވަދެ އެތަނުގައި ތިބި މީހުންނަށް ބަޑިން ހަމަލާދީފައެވެ. މީގެ އިތުރުން އެހޯލުގެ ތެރޭގައި އެއްޗެހިތަކެއް ގޮއްވާލާފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.

މިޓެރަރިސްޓް ހަމަލާގައި މިހާތަނަށް 60 ވުރެ ގިނަ މީހުން މަރުވެއްޖެކަން ކަށަވަރުވެފައިވާ ކަމަށާއި، އެކޮންސެޓް ހޯލުގެ ތެރޭގައި 150 ވުރެ ގިނަ މީހުންތާށިވެފައިވާ ކަމުގައިވެސް ރަޝިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

Advertisement

މީގެ އިތުރުން ކްރޯކަސް ކޮންސެޓް ހޯލު އިމާރާތުގައި ވަރަށް ގަދައަށް ރޯވެ އަނދަމުންދާކަމުގައިވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އެމެރިކާއިން ވަނީ، މޮސްކޯގައި ތިބި އެޤައުމުގެ ރައްޔިތުން ކޮންސެޓްހޯލްތަކަށާއި ޝޮޕިންގ މޯލްތަކަށް އަދި އެނޫންވެސް އެއްވުންތައް އޮންނަ ތަންތަނަށް ނުދިޔުމަށް އަންގާފައެވެ.

ރަޝިއާގައި ވަރުގަދަ ޓެރަރިސްޓް ހަމަލާއެއް މިއަދު ދީފައި ވާއިރު، ރަޝިއާއިން ޔޫކްރެއިނާއި ދެކޮޅަށް ހަނގުރާމަކުރަމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. އެހެން ނަމަވެސް މޮސްކޯގައި މިއަދު ދިން ހަމަލާ އާއި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި ގުޅުމެއް އޮތްކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
29 Apr 2024
ޚަބަރު
ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވެފައިވާ މީހުންނަށް އަލުން ފުރުޞަތުދޭން ނިންމައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއި ގުޅިގެން، ސިވިލް ސަރވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކުގައާއި، ވަގުތީގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާއަދާކުރުމަށް ޝައުޤުވެރިކަންހުރި، އެ ދާއިރާތަކުގައި ވަޒީފާއަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލާނެއެވެ. އަދި މިގޮތަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖައްސަވާގޮތަށް ވަނީ ނިންމަވާފައެވެ.
29 Apr 2024
ޚަބަރު
އަށް ޤައުމަކަށް ކަނޑައެޅުއްވި ސަފީރުންނަށް މަޖިލީހުން މިއަދު ރުހުން ދެއްވައިފި
މިބޭފުޅުންނަށް މަޖިލީހުން ރުހުން ދެއްވާފައި މިވަނީ އެބޭފުޅުންނަށް ރުހުން ހޯއްދެވުމަށް އެބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮއްނުވާފައި ވާތާ، ގިނަ ދުވަސްތަކަކަށް ފަހުގައެވެ. އަދި މަޖިލީހުގެ ތަޅުމުގައި އެބޭފުޅުންނަށް ރުހުން ދިނުމުގެ ވޯޓުވެސް ނަގާފައި މިވަނީ، އެހުރިހާ ބޭފުޅުންނަށްވެސް ރުހުން ދެއްވުމަށް ކޮމިޓީން ފާސްކޮށްފައިވާތާ މަހެއްހާ ދުވަސްފަހުންނެވެ.
29 Apr 2024
ޚަބަރު
ހައްދުންމަތިން އުތުރަށް ވައިޓް އެލާޓް!
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ތިލަދުންމަތިންފެށީގެން ހައްދުންމައްޗާއި ދެމެދުގެ އަތޮޅުތަކުގެ ރަށްތަކަށް ކުރިޔަށް އޮތް 5 ގަޑިއިރު، ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިގޮތުން ވައިޓް އެލާޓުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިއަދުގެ މެންދުރުފަހު 1:30 އިން ފެށިގެން އިރުއޮއްސި 7:00އަށެވެ.
29 Apr 2024
ޚަބަރު
ފުވައްމުލަކުގައި ރޭ ދެ އެކްސިޑެންޓެއް ހިނގައި އެކަކު ސީރިއަސް ހާލަތުގައި!
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ ފުވައްމުލަކުގައި ފުރަތަމަ އެކްސިޑެންޓް ހިނގާފައި ވަނީ ދެ ސައިކަލެއް ޖެހިގެންކަމަށެވެ. އެ އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ 22:48 ގައެވެ. ދެސައިކަލު ޖެހިގެން ހިނގި މިއެކްސިޑެންޓްގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް ފުވައްމުލައް ހޮސްޕިޓަލްގެ އައިސީޔޫގަިއ ފަރުވާދެމުން އަންނަ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.