Advertisement

04 Mar 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ބައްޕަ ކުރިމަތީގައި ހަތަރު އަހަރުގެ އަންހެން ދަރިފުޅު އިޒްރޭލު ސިފައިން މަރާލި ގޮތް

ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫ. އެން. އާރު. ޑަބްލިޔު. އޭ.) ގައި ފޮޓޯ ގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ ހުސެއިން ޖާބިރު، އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅު އޭނާގެ ލޯ ކުރިމަތީގައި އިސްރޭލު ސިފައިން މަރާލި ގޮތް އަލްޖަޒީރާއަށް ކިޔައިދީފިއެވެ.

އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. ޖާބިރުގެ ހަތަރު އަހަރުގެ ސަލްމާ އަބަދުގެ އަބަދަށް ވަކިވެގެން ދިޔައީ ސަލާމަތީ އައްސޭރިއަކަށް އޭނާގެ އާއިލާ ބަދަލުކުރަން އުޅުމުގެ ތެރޭގައެވެ. އެ ހަމަލާގައި ޖާބިރަށް ލިބުނު އަނިޔާގެ ސަބަބުން އޭނާގެ އަތުގައި ބޭސް އަޅާ، ބޭރުން ފެންނާނޭހެން ބޯލްޓު ޖަހާފައި ހުއްޓެވެ.

ޖާބިރުގެ އާއިލާ ދިރިއުޅެމުން ދިޔަ އިމާރާތް ހިމެނޭ ސަރަހައްދުގައި ހުރި ގިނަ ގެ ތަކަކުން، ސިފައިންގެ އެންގުމަށް އެރޭ މީހުން ބަދަލުވުމުގެ މަސައްކަތުގައި ހެލިފެލިވެ އުޅުނެވެ. އޭރު ޖާބިރުގެ އާއިލާ ރައްކާތެރިކަން ހޯދުމަށް އެކުވެރިންތަކަކާއެކު އެހެން އިމާރާތެއްގައި ތިބޭތާ 4 ދުވަހެވެ. ގެޔަށް ނައިސް މަސައްކަތުގައި އުޅުމަށްފަހު ޖާބިރު އެރޭ އައީ އާއިލާ ބަދަލު ކުރުމަށެވެ. ނޫނިއްޔާ އޭނާގެ ސަލްމާ ޝާހީދުކޮށްލާތަން އޭނާއަށް ފެންނަންވެގެނޭ ވެސް ބުނެވިދާނެއެވެ.

"ސަލްމާ ހުރީ ކުރީގައި. މަގު ހުރަސްކޮށް އަހަރެންގެ ކައިރިޔަށް އައުމަށް ޒިބްރާ ކްރޮސްއަށް ފުރަތަމަ އެރީ އޭނާ. އޭނާގެ ފަހަތުން ދުވެފަ ކަހަލަ ގޮތަކަށް އޭނާގެ ދައްތަ ސާރާ ވެސް އައި. އިޒްރޭލު ސިފައިން ބަޑި ޖަހަން ފެށީ އެ ވަގުތު".

މަންޒަރު ހިނގި ގޮތް ކިޔާދެމުން ޖާބިރު ބުންޏެވެ.


"ސަލްމާގެ ކަރަށް ވަޒަން އަރާތަން އަހަރެންނަށް ފެނުނު. އެ ވޭނުގައި ވެސް އަހަރެންނާ ހަމައަށް އައުމަށް ސާރާ މަސައްކަތްކުރި. އަހަރެމެން ދަތުރު ކުރަން އޮތް ކާރަށް އޭނާ އަވަހަށް ގެންދިއުމަށް އަހަރެން ވެސް އޭނާއާ ދިމާލަށް ދިޔައިން. އޭރު އަހަރެންގެ އަންހެނުންނާ، ސާރާ އަދި ކުޑަ ފިރިހެން ދަރިފުޅު އުމަރު ވެސް ދިޔައީ ކާރާ ދިމާލަށް ދުވެފައި".

ހާދިސާ ހިނ ގިދިމާލަށް އިޝާރާތްކުރަމުން ޖާބިރު ކިޔައިދިނެވެ.


ޖާބިރު އިތުރަށް ކިޔައިދިން ގޮތުގައި، އިޒްރޭލު ސިފައިން އެ ދިމާލަށް ބަޑި ޖެހިއިރު، އެ ތާނގައި ކުޑަކުދިންނާއި އަންހެނުން ތިބިކަން ސާފުކޮށް އެނގޭނެއެވެ. އަދި އެމީހުން ބަދަލުވުމަށް މަސައްކަތް ކުރަމުން ދިޔައީ އިޒްރޭލު ސިފައިންގެ ލަފާގެ މަތިންކަމަށާއި، އިޒްރޭލު ސިފައިންނަށް ނުރައްކާވާ އެއްވެސް ކަމެއް ނުކުރާކަމަށް ވެސް ބުންޏެވެ

ސަލްމާ މަރުވިއިރު، އަހަރެންގެ 9 އަހަރުގެ ސާރާ މަރުނުވީ ހަމަކިރިޔާ. އޭނާގެ ގަޔަށް އެރި ވަޒަން ގައި ފޫދުއްވާލަ ގޮސްފައިވާއިރު، އޭނާގެ ފުރާނަ ސަލާމަތްވީ މިލިމީޓަރެއްހާ ކައިރިން".

ސާރާ ސަލާމަތްވިގޮތް ކިޔާދެމުން ޖާބިރު ބުންޏެވެ.

އޭނާގެ ކުޑަ ދަރިފުޅު، އުމަރަށް ކަންތައްތައް ވީ ގޮތް މާރަނގަޅަށް ނޭންގޭއިރު، އޮމަރު އަދި ވެސް ސަލްމާގެ ވާހަކަ އަހާކަމަށް ޖާބިރު ބުނެފައިވެއެވެ

އެމެރިކާއިން މިދިޔަ ހަފްތާގައި އަންދާޒާ ކޮށްފައިވާ ގޮތުގައި 25،000 އަންހެނުންނާއި ކުޑަކުދިން މިހާތަނަށް އިޒްރޭލު ސިފައިން މަރާލާފައިވެއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.