Advertisement

އެމެރިކާގައި ވެއްޓުނު ބުރިޖު --

26 Mar 2024
ދުނިޔެ
ޢަލީ ސުލައިމާން

އެމެރިކާގައި ބުރިޖެއް ވެއްޓި އެއްތައް ބަޔަކު މަރުވެއްޖެ

އެމެރިކާގެ ސިޓީއެއްކަމަށްވާ މޭރީ ލޭންޑްގެ ބަލްޓިމޯރގެ ބުރިޖެއް ވެއްޓި އެތައް ބަޔަކު މަރުވެއްޖެ ކަމަށް ބެލެވެން ފަށައިފިއެވެ.

ފްރާންސިސް ސްކޮޓް ކީ ބްރިޖު ވެއްޓިފައި ވަނީ އެބްރިޖުގައި، ކޯރުގެ ތެރެއިން ދަތުރުކުރި މުދާ އުފުލާ ބޯޓެއް ޖެހި ހިނގި އެކްސިޑެންޓްގައެވެ. އެބޯޓ ބްރިޖުގައި ޖެހުނީ ބޯޓުގައި އަލިފާން ރޯވެ ހިނގި ހާދިސާގެ ތެރެއިންނެވެ.

ބުރިޖު ވެއްޓުމުގެ ހާދިސާ ހިނގިކަން ރިޕޯޓްކޮށްފައި ވަނީ ރޭ މެންދަމު އެމެރިކާގެ ގަނޑިން 1:30 ގައެވެ. 

ބަލްޓިމޯރ ފަޔަރ ޑިޕާޓްމަންޓްގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް ކެވިން ކާޓްރައިޓް އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވީ މަދުވެގެން ހަތް މީހަކު ކޯރުގެ ތެރެއަށް އުޅަނދުތަކާއި އެކު ވެއްޓިފައިވާ ކަމަށް ބެލެވޭތީ އެމީހުން ހޯދުމުގެ މަސައްކަތް، ރެސްކިއު ޓީމް ތަކުން ކުރަމުންދާ ކަމަށެވެ.

ބްރިޖު ވެއްޓުނުވު ވަގުތަކީ، ބުރިޖުގެ މަތިން ގިނަ އުޅަނދުތަކެއް ދަތުރުކުރަމުން ދިޔަ ވަގުތެއް ކަމުން މިހާދިސާގައި މަރުވާ މީހުންގެ އަދަދު އިތުރުވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.

ބުރިޖު ވެއްޓުނީ ބްރިޖުގެ މައި ތަނބެއްގައި  ބޯޓު ޖެހުމުގެ ސަބަބުންނެވެ. ހާދިސާ އާއި ގުޅިގެން ކޯރުގެ ތެރެއަށް ވެއްޓުނު އުޅަނދުތަކާއި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.