Advertisement

އިޒްރޭލުން ހަމަލާދީފައިވާ ވޯލްޑް ސެންޓްރަލް ކިޗަންގެ ވެހިކަލެއް ---

02 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

ގާޒާގެ ރައްޔިތުންނަށް ކާންދިނުމުގެ މަސައްކަތް ކުރަމުން އައި ވޯލްޑް ސެންޓްރަލް ކިޗަންގެ 7 ވޮލަންޓިއަރަކު އިޒްރޭލުން ހަމަލާދީ މަރާލައިފި

ހައިހޫނުކަމުގައި ތިބި ގާޒާގެ ރައްޔިތުންނަށް ކާންދިނުމުގެ މަސައްކަތް ކުރަމުން ދިޔަ ބައިނަލްއަޤުވާމީ ޖަމާޢަތް ވޯލްޑް ސެންޓްރަލް ކިޗަންގެ ތިން ވެހިކަލަކަށް އިޒްރޭލު ސިފައިން ހަމަލާދީ، އެޖަމާޢަތުގެ 7 ވޮލަންޓިއަރަކު މަރާލައިފިއެވެ.

ވޯލްޑް ކިޗަން ސެންޓްރަލް އިން އާއްމު ކުރި ބަޔާނުގައި ވަނީ، އިޒްރޭލު ސިފައިންގެ ހަމަލާ ކުއްވެރިކޮށް އަދި އެހަމަލާގައި އެޖަމާޢަތުގެ 7 މެމްބަރުން މަރުވެފައިވާ ކަން ކަށަވަރުކޮށްދީފައެވެ. މިހަަމަލާއަކީ އިޒްރޭލުގެ ސިފައިން ގަސްދުގައި ދީފައިވާ ހަމަލާއެއް ނަމަވެސް އިޒްރޭލުން ވަނީ، އެކަމަށް މަޢާފަށް އެދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާކަމަށް ބުނެފައެވެ.

އިޒްރޭލުން ހަމަލާދީފައި ވަނީ، ކަނޑުމަގުން ގާޒާއަށް ގެނައި ކާބޯތަކެތި ދީރްއަލް ބަލާހްގެ ގުދަނަކަށް ހުސްކޮށްފައި ނުކުތް ވޯލްޑް ސެންޓްރަލް ކިޗަންގެ ވޮލަންޓިއަރުން ތިބި އުޅަނދުތަކަކަށެވެ.

މިހަމަލާ އާއި ގުޅިގެން ވޯލްޑް ސެންޓްރަލް ކިޗަންގެ ސީއީއޯ އެރިން ގޯރް ވިދާޅުވީ، އެއީ ހަމައެކަނި ޑަބްލިއުސީކޭއަށް ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި މީހުން ބަނޑަށް ޖެއްސުމާއި، އެންމެ ނާޒުކު ހާލަތްތަކުގައި ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވުމަށް، އިންސާނީ އެހީދޭ ޖަމާއަތްތަކާއި ދެކޮޅަށް ދީފާއިވާ ހަމަލާއެއް ކަމަށެވެ. އަދި އެއީ މަޢާފްކުރެވޭނޭ ކަމެއް ނޫންކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މަރުވެފައިވާ ވޮލަންޓިއަރުން ނިސްބަތްވަނީ، އޮސްޓްރޭލިއާ، ޕޮލެންޑް، އިނގިރޭސިވިލާތް، އެމެރިކާ އަދި ކެނެޑާގެ އިތުރުން ފަލަސްޠީނަށެވެ. 

ވޯލްޑް ސެންޓްރަލް ކިޗަންގެ ބަޔާނުގައި ބުނީ އެޖަމާއަތުން ވަނީ ހަމަލާ އާއި ގުޅިގެން އެސަރައްހައްދުގައި ދެމުން އައި ޚިދުމަތްތައް މެދުކަނޑާލާފައި ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ދެން އޮޕަރޭޝަންތައް ކުރިޔަށް ގެންދާނެ ގޮތާއި ގުޅޭ ގޮތުން ވަރަށް އަވަހަށް ނިންމުންތައް ނިންމާނެ ކަމުގައި އެޖަމާޢަތުން ބުނެފައިވެއެވެ.

ގާޒާގެ 60 ސަރަހައްދެއްގައި، އެޖަމާޢަތުން ދަނީ، ގާޒާގެ ރައްޔިތުންނަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.

ގައްޒާ ހަނގުރާމައަށް 7 މަސް ދުވަސްވާން ގާތްވެފައި ވާއިރު، އިޒްރޭލުގެ މައިގަނޑު އަމާޒަކަށް ވެފައި އޮތީ ގާޒާގެ ރައްޔިތުން ގާޒާއިން މިސްރުގެ ސައިނާގެ ސަރަހައްދުގެ ތެރެއަށް ބޭރުކޮށްލައި، ގުދުރަތީ ގޭހުގެ ބޮޑު ރިޒާވެއް ފެނިފައިވާ، ގާޒާގެ ބިމާއި ކަނޑުގެ ސަރަހައްދުގެ މައްޗަށް ވެރިވެގަތުމެވެ. އެކަމަށް އެމެރިކާއިން އަންނަނީ ފާޅުފައި ވާގިވެރިވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.