Advertisement

ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ހަމަލާދީފައި --

03 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

އީރާނުން ކުރިޔަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އިޒްރޭލަށް ހަމަލާދޭނެ ކަމުގައި ބުނެފި

ކުރިޔަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އީރާނުން، އިޒްރޭލަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފިއެވެ.

އިޒްރޭލުގެ މުހިއްމު ތަންތަނަށް ކުރިޔަށް އޮޮތް 48 ގަޑިއިރުގެ ތެރޭގައި އީރާނުން ހަމަލާދޭނެ ކަމުގައި، އެމެރިކާގެ ސީއައިއޭއިން ވަނީ އިޒްރޭލަށް އަންގާފައެވެ. ސީއައިއޭއިން ލަފާކޮށްފައިވާ ގޮތުގައި، އީރާނުން، އިޒްރޭލަށް ހަމަލާދޭނެ ކަމަށް ބެލެވެނީ ދުރު ރާސްތާ މިސައިލުންނާއި، ފިދާއީ ޑްރޯންތައް ބޭނުންކޮށްގެންނެވެ.

އިޒްރޭލުން ވަނީ ސޫރިޔާގެ ދިމިޝްޤުގައި ހުރި އީރާންގެ ކޮންސިއުލޭޓަށް ވައިގެ ހަމަލާއެއްދީ އީރާންގެ އިސްކޮމާންޑަރަކާއި އިތުރު ބަޔަކު ޝަހީދުކޮށްލާފައެވެ. އެހެންކަމުން އިޒްރާއީލުގެ ހަމަލާގެ ބަދަލު ނުހިފައި އީރާނުން ދޫކޮށް ނުލާނޭ ކަމުގައި، ސީއައިއޭއިން ލަފާކޮށްފައިވެއެވެ.

އިޒްރާއީލުން އީރާންގެ އަސްކަރީ ވެރިންނަށް ހަމަލާދީ އަވަހާރަކޮށްލުމުގެ ސިލްސިލާއެއް ކުރިޔަށް ގެންދަނީ، އެމެރިކާއިން އީރާނަށް އަރައިގަތުމުގެ ފުރުޞަތު ހޯދައި ދިނުމަށްކަމުގައި، މަޝްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.