Advertisement

އިސްރޮއިލް އިސްލޮމޯވް (63އ) --

26 Mar 2024
ދުނިޔެ
ޢަލީ ސުލައިމާން

މޮސްކޯގައި ދިން ހަމަލާއަށް އެހީތެރިވިކަމުގެ ތުހުމަތުގައި ބައްޕައަކާއި އޭނާގެ ދެދަރިން ހައްޔަރުކޮށްފި

މާރިޗު މަހުގެ 23 ވަނަ ދުވަހުގެ ރޭ މޮސްކޯގެ ކްރޯކަސް ސިޓީ ހޯލަށް ހަތިޔާރު އެޅި ޓެރަރިސްޓުންތަކެއް ވަދެ ދިން ހަމަލާދިނުމަށް، އެހީތެރިވެދިންކަމުގެ ތުހުމަތުގައި، މޮސްކޯގައި ދިރިއުޅެމުން ދިޔަ ބައްޕައަކާއި އޭނާގެ ދެދަރިން ހައްޔަރުކޮށްފިއެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެތިން ބަފައިންނަކީވެސް، ރަޝިޔާގެ ރަށްވެރިކަން ހޯދައިގެން މޮސްކޯގައި ދިރިއުޅެމުން އައި ތިން މީހުންނެވެ. ހައްޔަރުކޮށްފައި ވަނީ، އިސްރޮއިލް އިސްލޮމޯވް (63އ) އާއި އޭނާގެ ދެފިރިހެން ދަރިން ކަމުގައިވާ، ދިލޮވަރު އިސްލޮމޯވް (25އ) އާއި އާމިންޗޮން އިސްލޮމޯވް (33އ) އެވެ. މީގެ ތެރެއިން ދިލޮވަރު މޮސްކޯގައި ކުރަމުން އައި މަސައްކަތަކީ ޓެކްސީ ކުރުމެވެ.

މޮސްކޯގައި ކްރޯކަސް ސިޓީ ހޯލަށް ވަދެ ހަމަލާދިން 4 މީހަކު ރަޝިޔާގެ ފުލުހުން ހޯދައި ހައްޔަރުކޮށްފައި ވާއިރު، ޓެރަރިސްޓް ހަމަލާ ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އިތުރު 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

Advertisement

މޮސްކޯގެ ކޯކަސް ސިޓީ ހޯލްއަށް ދިން ހަމަލާގައި، 130 ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. 

ހަމަލާގެ ދެހަފްތާކުރިން ރަޝިޔާގައި ހުންނަ އެމެރިކާ އެމްބަސީން ވަނީ، މޮސްކޯގެ ކޮންސެޓެއްގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ބުނެ އެފަދަ ތަންތަނަށާއި އެއްވުންތަކުގައި ބައިވެރި ނުވުމަށް މޮސްކޯގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުންނަށް އަންގާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
29 Apr 2024
ޚަބަރު
ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވެފައިވާ މީހުންނަށް އަލުން ފުރުޞަތުދޭން ނިންމައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއި ގުޅިގެން، ސިވިލް ސަރވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކުގައާއި، ވަގުތީގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާއަދާކުރުމަށް ޝައުޤުވެރިކަންހުރި، އެ ދާއިރާތަކުގައި ވަޒީފާއަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލާނެއެވެ. އަދި މިގޮތަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖައްސަވާގޮތަށް ވަނީ ނިންމަވާފައެވެ.
29 Apr 2024
ޚަބަރު
އަށް ޤައުމަކަށް ކަނޑައެޅުއްވި ސަފީރުންނަށް މަޖިލީހުން މިއަދު ރުހުން ދެއްވައިފި
މިބޭފުޅުންނަށް މަޖިލީހުން ރުހުން ދެއްވާފައި މިވަނީ އެބޭފުޅުންނަށް ރުހުން ހޯއްދެވުމަށް އެބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮއްނުވާފައި ވާތާ، ގިނަ ދުވަސްތަކަކަށް ފަހުގައެވެ. އަދި މަޖިލީހުގެ ތަޅުމުގައި އެބޭފުޅުންނަށް ރުހުން ދިނުމުގެ ވޯޓުވެސް ނަގާފައި މިވަނީ، އެހުރިހާ ބޭފުޅުންނަށްވެސް ރުހުން ދެއްވުމަށް ކޮމިޓީން ފާސްކޮށްފައިވާތާ މަހެއްހާ ދުވަސްފަހުންނެވެ.
29 Apr 2024
ޚަބަރު
ހައްދުންމަތިން އުތުރަށް ވައިޓް އެލާޓް!
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ތިލަދުންމަތިންފެށީގެން ހައްދުންމައްޗާއި ދެމެދުގެ އަތޮޅުތަކުގެ ރަށްތަކަށް ކުރިޔަށް އޮތް 5 ގަޑިއިރު، ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިގޮތުން ވައިޓް އެލާޓުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިއަދުގެ މެންދުރުފަހު 1:30 އިން ފެށިގެން އިރުއޮއްސި 7:00އަށެވެ.
29 Apr 2024
ޚަބަރު
ފުވައްމުލަކުގައި ރޭ ދެ އެކްސިޑެންޓެއް ހިނގައި އެކަކު ސީރިއަސް ހާލަތުގައި!
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ ފުވައްމުލަކުގައި ފުރަތަމަ އެކްސިޑެންޓް ހިނގާފައި ވަނީ ދެ ސައިކަލެއް ޖެހިގެންކަމަށެވެ. އެ އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ 22:48 ގައެވެ. ދެސައިކަލު ޖެހިގެން ހިނގި މިއެކްސިޑެންޓްގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް ފުވައްމުލައް ހޮސްޕިޓަލްގެ އައިސީޔޫގަިއ ފަރުވާދެމުން އަންނަ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.