Advertisement

ޕްރިންސެސް އޮފް ވޭލްސް ކޭޓްމިޑްލްޓަން --

22 Mar 2024
ދުނިޔެ

އިނގިރޭސި ވަލީ އަހްދު ޕްރިންސް ވިލިއަމްގެ އަނބިކަބަލުން ކޭޓްއަށް ކެންސަރު ޖެހިއްޖެ

އިނގިރޭސި ވަލީ އަހްދު ޕްރިންސް ވިލިއަމްގެ އަނބިކަބަލުން ޕްރިންސެސް އޮފް ވޭލްސް ކޭޓްމިޑްލްޓަން ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމުގައި އެކަމަނާ އިއުލާނު ކުރައްވައިފިއެވެ.

އެކަމަނާ މިކަން އިޢުލާނު ކުރެއްވީ، އެކަމަނާގެ ޙާލަތު ބަޔާންކުރައްވައި، އަދި ފަރުވާގެ ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވައި ދެއްވި ވީޑިއޯ ބަޔާނެއްގައެވެ.

ޕްރިންސެސް އޮފް ވޭލްސް ކޭޓްމިޑްލްޓަން --

އެކަމަނާގެ މެސެޖުގައި ވިދާޅުވީ، ޖެނުއަރީ މަހު ބަނޑުގެ އޮޕަރޭޝަނެއް ކުރައްވާފައިވާ ކަމަށާއި، އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. އަދި ކީމޯތެރަޕީ ނަންގަވަމުން ގެންދަވާ ކަމަށާއި، އަދި މިއީ އެފަރުވާގެ ފުރަތަމަ ސްޓޭޖްކަމުގައިވެސް ކޭޓް ވިދާޅުވެފައިވެއެވެ.

މިހާތަނަށް ޝާހީ އާއިލާއިން ޕްރިންސެސް ކޭޓް މިޑްލްޓަންގެ ސިއްޙީ ޙާލަތާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެން ނަމަވެސް ޖެނުއަރީ މަހު އެކަމަނާކުރެއްވި އޮޕަރޭޝަނަށްފަހު، އެކަމަނާ އަވަހާރަވެއްޖެ ކަމަށް ބުނެ ޝާހީ އާއިލާ އާއި ދެކޮޅު ފަރާތްތަކުން މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވާހަކަތައް ފަތުރާފައިވެއެވެ. 

ޕްރިންސެސް ކޭޓްގެ މެސެޖުގައި ބަލީގެ ކަންކަމާއި ފަރުވާގެ ކަންކަން އެއީ ޒާތީކަންކަމުގައި ގޮތުގައި ބާއްވައިގެން ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރެއްވި ކަމުގައި ވިދާޅުވިއެވެ. އަދި ވަލީއަޙްދު ވިލިއަމްއާއި ޕްރިންސެސް ކޭޓްމިޑްލްޓަންގެ ތިންބޭފުޅުން ކަމުގައިވާ، ޕްރިންސް ޖޯޖް، ޕްރިންސެސް ޗާލޮޓް އަދި ޕްރިންސް ލުއީއަށް ހުރިހާ ކަމެއް ވެސް އެކުދިންނަށް އެކަށީގެންވާ ގޮތަކަށް ކިޔައިދީ، ބަލި ރަނގަޅުވާނެކަމުގެ ޔަގީންކަން ދޭން ވަގުތު ނެގި ކަމުގައިވެސް ކޭޓް ވިދާޅުވިއެވެ.

އިނގިރޭސި ރަސްގެފާނު ޗާލްސް 3 ވަނަ ވެސް ގެންދަވަނީ ޕްރޮސްޓްރޭޓް ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންނެވެ. ރަސްގެފާނު ޗާލްސް ކެންސަރަށް ޑައިގްނޯސްވިކަން ބަކިންހަމް ޕެލަސްއިން އިއުލާނުކުރީ، މިއަހަރުގެ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
29 Apr 2024
ނާކާ
ނާކާ | އެޕިސޯޑު - 19
ނުވައެއް ޖަހަން ފަނަރަ މިނެޓަށް ވީއިރު ފޯނާ ކުޅެން ކަމަށް ހަދައިގެން ކޮޓަރީގެ ދޮރުކަނީގައި ލެނގިލައިގެން ހުރި ފަތީންގެ ޙަޤީޤީ ސަމާލުކަން ހުއްޓިފައި ވަނީ މައިގެތެރޭގައި އޮތް އިބްރާހިމްއަށެވެ. ޓީވީއިން އަންނަ ފޯރިގަދަ ލަވައާ އެއްވަރަށް ފައިގެ ފަލަމަސްގަނޑުގައި އަތުގައި އޮތް ރިމޯޓުން ޖަހާލަ ޖަހާލަ އަރިއަކަށް އޮށޯވެގެން އޭނާ އޮތީ ސޯފާގައި އަތުގެ މުލައްދަނި ލައްގާލައިގެން ކަނދުރާގައި އެ އަތުގެ ހުދުހަން އަޅުވާލައިގެންނެވެ.
29 Apr 2024
އިންގްލިޝް ޕްރިމިއަ ލީގް
އާޓޭޓާގެ 100 ވަނަ މޮޅާއެކު އާސެނަލް ލީގު ތައްޓާ 270 މިނެޓު ކައިރިޔަށް
އިންގްލިޝް ޕްރިމިއަ ލީގުގައި އާދީއްތަ ދުވަހު ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މުހިންމު މެޗު ކާމިޔާބުކޮށް، އާސެނަލްއާ ހަވާލުވިފަހުން އެ ޓީމުގެ ކޯޗު މައިކަލް އާޓޭޓާ 100 ވަނަ މޮޅު ހާސިލްކޮށްފިއެވެ. މިއީ އާޓޭޓާގެ ބެލުމުގެ ދަށުން އާސެނަލް ކުޅުނު 169 ވަނަ މެޗެވެ. އާސީން ވެންގާއަށް މި އަދަދަށް މެޗުން މޮޅު ވެވުނީ 179 މެޗުންނެވެ. އެއީ އާޓޭޓާއަށް ވުރެން އިތުރަށް 10 މެޗު ކުޅެގެންނެވެ.
28 Apr 2024
ޚަބަރު
ގިނަ ދުވަސްތަކަކަށް ފަހު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް މިއަދު ބާއްވައިފި
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތައް، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ބާއްވާފައެއް ނުވެއެވެ. އެހެން ނަމަވެސް ވަޒީރުންގެ މަޖިލީހުގެ ތެރެއިންް އެކުލަވާލާފައިވާ އެކި އެކި ކައުންސިލް ތަކުގެ ބައްދަލުވުންތައް އެދުވަސްވަރުވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.
28 Apr 2024
ޚަބަރު
ނޫސްވެރިން ފާޅުކުރި ކަންބޮޑުވުމާއި އެކު ރައީސް އޮފީހުގެ ނިންމުން ބަދަލުކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކުރި މިޚަބަރުގައިވާ މައުލޫމާތަށް ބަލާއިރު، މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ފޯނާއި އެކު ނޫސްވެރިން ނުވެއްދުމަށް ނިންމި ނިންމުމަށް މިހާރު މިވަނީ ބަދަލު ގެނެސްފައެވެ. އެއޮފީހުން އިތުރަށް ބުނެފައި ވަނީ، ނޫސްވެރީންގެ މަސައްކަތްތަކަށް ފަހިވެ ފަސޭހަވާނެގޮތަށް ކަންކަން ހަމަޖައްސައިދެމުން ގެންދިއުމަށް އަބަދުވެސް ސަރުކާރުން މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން މި ފުރުޞަތުގައި އަރުވާ ކަމަށެވެ.