Advertisement

ހަނގުރާމައިގެ ގެއްލުންތައް --

22 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ: ރަޝިޔާއިން ކިޔޭވްއަށް ވަރުގަދަ ހަމަލާތަކެއް ދީފި

ރަޝިއާއިން ޔޫކްރެއިންއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، 44 ދުވަހަށް ފަހު އަނެއްކާވެސް ޔޫކްރެއިންގެ ވެރިރަށް ކިއޭވްއަށް ވަރުގަދަ މިސައިލް ހަމަލާތަކެއްދީިފިއެވެ. 

ޔޫކްރެއިންއިން ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާއިން ކިއޭވްއަށް ދިން ހަމަލާތަކުގައި މަދުވެގެން 17 މީހުން ވަނީ ޒަޚަމްވެފައެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ. ހަމަލާތަކުގައި އާއްމުން ދިރިއުޅޭ އިމާރާތްތަކަކަށާއި ސްކޫލަކަށް އަދި ކާރުޚާނާތަކަަކަށް ވަނީ ގެއްލުންތައް ލިބިފައެވެ. 

ރަޝިއާ ޔޫކްރެއިން ހަނގުރާމައަށް އެއް އަހަރުވެގެން ގޮސްފައިވާއިރު، މިހަނގުރާމައިގައި މަރުވި މީހުންގެ ސާފު އަދަދެއް އެނގިފައި ނުވިނަމަވެސް އެ އަދަދު މިހާރު މިލިއަނަކާއި ގާތްކޮށްފައިވާ ކަމަށް، އަންދާޒާކޮށްފައިވެއެވެ. 

2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރަޝިޔާގެ ދިފާއީ ވުޒާރާއިން ވަނީ ހަނގުރާމައިގައި ރަޝިޔާސިފައިންގެ 5937 މީހުން މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި އޭރު، ޔޫކްރެއިންގެ 61،207 ސިފައިން މަރުވެ 49،368 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް ބުނެފަ އެވެ. 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެ މިނިސްޓްރީން ވަނީ ޔޫކްރެއިންގެ އަސްކަރިއްޔާއިން މަރުވި މީހުންގެ އަދަދު 444،000 އަށް މަތިކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.