Advertisement

ބްރިޓިޝް އެއާވޭސްގެ ހާދިސާ އަސްލަކަށް ބަލައިގެން އުފެއްދި ޑޮކިއުމެންޓްރީގެސްކްރީން ޝޮޓެއް --

17 Mar 2024
ލައިފްސްޓައިލް

ފްލައިޓްގެ ވިންޑް ޝީލްޑް ނެއްޓި، 17000 ފޫޓު މަތިން ވިއްސައިގެން ދިޔަ ޕައިލެޓް ސަލާމަތްވި ގޮތް!

މަތިންދާ ބޯޓަށް އެރުމާއި މަތިންދާ ބޯޓުގައި ދަތުރުކުރުމަކީ ބައެއް މީހުން ވަރަށް ޖެހިލުންވާ ކަމެކެވެ. އެހެން ނަމަވެސް ދުނިޔޭގެ ދަތުރުފަތުރަށް ބަލާއިރު، އެންމެ ހަލުވި އަދި އެންމެ ރައްކާތެރި ދަތުރުފަތުރުގެ ގޮތުގައި ބެލެވެނީވެސް ވައިގެ ދަތުރުފަތުރެވެ. ދުނިޔޭގެ ޖައްވުގެ ތެރޭގައި ދުވާލަކު އެތައް ލައްކަ ފްލައިޓެއް އުދުހޭއިރު، އެނިސްބަތުން ބަލާއިރު، ހާދިސާތައް ހިނގާފައި ވަނީ ވަރަށް މަދުންނެވެ.

މަތިންދާ ބޯޓުތަކުގައި ހިނގާފައިވާ ވައިގެ ހާދިސާތަކުގެ ތެރެއިން އެންމެ ހައިރާން ކުރަނިވި ހާދިސާއަކީ، ބްރިޓިޝް އެއަރވޭސްގެ ފްލައިޓެއް 17000 ފޫޓު މަތިން ދަތުރު ކުރަނިކޮށް، ފްލައިޓުގެ ވިންޑް ސްކްރީން ނެއްޓި ޕައިލޮޓް ބޭރަށް ދަމައިގަތް ހާދިސާއެވެ. އެއީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ދިމާވި ނުރައްކާތެރި ޙާދިސާއެކެވެ.

ބްރިޓިޝް އެއާވެސްގެ ފްލައިޓް 5390 އިނގިރޭސި ވިލާތުގެ ބަރމިންގހަމް އެއާޕޯޓުން ސްޕެއިންގެ މަލާގާ އެއާޕޯޓަށް ފުރީ،1990 ވަނަ އަހަރުގެ ޖޫން 10 ވަނަ ދުވަހުގެ ހެނދުނު 8:20 ގައެވެ. ބޯޓު ފުރި އިރު ބޯޓުގައި 6 ކްރޫއިންނާއި 81 ފަސިންޖަރުން ތިއްބެވެ.

Advertisement

ފްލައިޓް 17000 ފޫޓު މައްޗަށް އަރާފައި ވަނިކޮށް، ބާރު ގަދަ އަޑުފަށްގަނޑަކާއި އެކު، ފްލައިޓްގެ ވާތްފަރާތު ވިންޑް ޝީލްޑް ނެއްޓި ވިއްސައިގެންގެން ދިޔައެވެ. އެއާއެކު ފްލައިޓްގެ ތެރެއަށް ވައިވަދެ ކޮކްޕިޓްތެރޭގައި ހުރި އެހެން ލިޔެކިޔުންތަކާއި ތަނެއްގައި ހަރު ނުކޮށްހުރި އެއްޗެހި ވަޔާއި އެކު ފްލައިޓުން ބޭރަށް ދަމައިގަތެވެ. އަދި ޕައިލެޓް ކެޕްޓަން ޓިމޯތީ ލަންކަސްޓަރ ވެސް ބޭރަށް ދަމައިގަތެވެ. އުފެދުނު ވައިގެ ޕްރޮޝަރުގައި ޕައިލެޓް ލަންކަސްޓަރ ބޭރަށް ދަމައިގަތް އިރު، ކެޕްޓަން ހުރީ ޝީޓް ބެލްޓް ނައްޓާލައިގެންނެވެ. ފްލައިޓްގެ ވިންޑްޝީލްޑް ކުޑަދޮރުން މުޅިން ބޭރު ނުވެ އޭނާ އޮތީ ފައިގައި ފްލައިޓް ކޮންޓްރޯލް(ހުންގާނު)ގައި އަޅައިގަތުމުންނެވެ. އެވަގުތަކީ ފްލައިޓް އެޓެންޑެންޓް ނައިޖެލް އޯގްޑެން އަށްވެސް ކޮކްޕިޓަށް ވަދެވުނު ވަގުތެވެ. އޭރު ފްލައިޓް ދަތުރުކުރަމުން ދިޔައީ، އިނގިރޭސި ވިލާޓުގެ ރެއިލްވޭ ޓައުންއެއް ކަމަށްވާ ޑިކޮޓްގެ މަތިންނެވެ.

ޕައިލެޓް ލަންކަސްޓަރ މުޅިން ބޭރުވިޔަ ނުދީ އޭނާގެ ދެފައިގައި ހިފަހައްޓައިގެން ނައިޖެލް 20 މިނިޓަށްުވުރެ ގިނަ އިރު ހުންނަން ޖެހުނެވެ. ގަދަ ފިންޏާއި އަދި ބާރުވައިގެ ސަބަބުން، ޕައިލެޓް ލަންކަސްޓަރގެ ހަށިގަނޑާއި ބޯ ފްލައިޓްގެ ބޮޑީގައި ޖެހި ތެޅެމުން ދިޔުމާއި އެކު، ކޯ ޕައިލެޓް އެލެސްޓިއާ އާޗިސަން އަދި ނައިޖެލްވެސް ހީކުރީ، ޕައިލެޓް ލަންކަސްޓަރ މަރުވީ ކަމަށެވެ. އެހެން ނަމަވެސް ލަންކަސްޓާގެ ހަށިގަނޑު ބޭރުވިޔަ ނުދީ ހިފެހެއްޓުމުގެ އެއް ސަބަބަކީ، އޭނާ ވައިގެ ތެރެއަށް ދޫވެއްޖެ ނަމަ ފްލައިޓްގެ ވާތްފަރާތު ފިޔަގައި ޖެހި އަދި އިންޖީނުގެ ތެރެއަށް ގޮސްފިނަމަ ނުރައްކާތެރިކަން އިތުރަށް ބޮޑުވެގެން ދާނެތީއެވެ.

ހާދިސާ އިނގި އިރު އެފްލައިޓްގައި ފްލައިޓްގައި ތިބި 81 މީހުންނަށް ބޭނުންވާނެ އޮކްސިޖަނެއްވެސް ނެތެވެ. އަދި ބޯޓު އޮތީ އިންސާނުންނަށް ރަނގަޅަށް ނޭވާ ލެވޭ ވަރަށް ވުރެ މަތީގައި ކަމުން ކޯޕައިލެޓަށް ފުރަތަމަ ޖެހުނީ ބޯޓު ތިރިކުރާށެވެ. އެހެން ނަމަވެސް އެކަމުގައި ދިމާވި އުނދަގުލަކީ އެއާޓްރެފިކް ކޮންޓްރޯލާއި ވާހަކަ ދެއްކުމުގެ އުނދަގޫތަކެވެ. ކޮކްޕިޓްގެ ތެރެއަށް ވައިވަންނަމުން ދިޔުމާއި އެކު ރޭޑިއޯ ކޮންޓްރޯލްގެ އަޑެއް ރަނގަޅަކަށް ނީވެއެވެ.

އެމާރޖެންސީ ކުއްލި ހާލަތުގައި ބްރިޓިޝް އެއާވެސްގެ ފްލައިޓް 5390 ޖެއްސީ އޭގެ 20 މިނިޓް ފަހުން، 8:55ގައި އިނގިރޭސިވިލާތުގެ ސައުތުހެމްޓަން އެއާޕޯޓަށެވެ.

ބޯޓު ސައުތްހެމްޓަން އެއާޕޯޓަށް ޖެއްސުމާއި އެކު ފަސިންޖަރުން ބާލައި ޕައިލެޓް ހޮސްޕިޓަލަށް ގެންދެވުނެވެ. ހާދިސާގެ ވަގުތުން ފެށިގެން ހޮސްޕިޓަަލަށް ގެންދެވުމާއި ހަމައަށްވެސް ޕައިލެޓް ލަންކަސްޓަރ އޮތީ ހޭނެތިފައެވެ. ހާދިސާގައި އޭނާގެ ކޮނޑު ހުޅުނެއްޓި އަތް ބިންދައިގެން ގޮސް އަދި މޫނާއި ފަޔަށްވެސް އަނިޔާވިއެވެ.

ޕައިލެޓް ލަންކަސްޓަރ ހޮސްޕިޓަލުގައި --

ހާދިސާއަށްފަހު ހޭ އެރުމާއި އެކު ކެޕްޓަން ލަންކަސްޓަރ ބުނިކަމަށް ވަނީ، "އަހަރެން ކާން ބޭނުން" ކަމަށެވެ. ފްލައިޓްގައި ހާދިސާ ހިނގި ވަގުތަކީ، ފްލައިޓް ވައިގެތެރެއަށް އަރައި ހަމަޖެހުމުން ފްލައިޓް އެޓެންޑެންޓުން ޕައިލެޓުންނާއި ފަސިންޖަރުންނަށް ކެއުން ފޯރުކޮށް ދިނުމަށް ތައްޔާރު ވަމުން ދިޔަ ވަގުތެވެ.

ހާދިސާގެ ތަހްޤީޤުތަކުން އެނގުނު ގޮތުގައި، ބްރިޓިޝް އެއާވެސްގެ ފްލައިޓް 5390ގެ ވިންޑް ޝީލްޑް ނެއްޓުނު އިރު އެ ވިންޑް ޝީލްޑަކީ އޭގެ 27 ގަޑި އިރު ކުރިން ބަދަލުކޮށްފައިވާ ވިންޑް ޝީލްޑެކެވެ. އެ ނެއްޓިގެން ދިޔުމުގެ ސަބަބަކީ، ބަދަލުކުރުމަށްފަހު އަލުން ހަރު ކުރުމަށް ބޭނުން ކުރީ ބޭނުން ކުރަންޖެހޭ މިންވަރަށް ވުރެ ކުދި އިސްކުރު ކަމަށް ވުމުންނެވެ.

އެހާދިސާއަށްފަހުވެސް ބޯޓު އަލުން މަރާމާތުކޮށް ދުއްވިއެވެ. އެބޯޓުގެ ދަތުރުތައް ހުއްޓާލައި އުވާލީ، 2002 ވަނަ އަހަރުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
18 May 2024
ޚަބަރު
ކަނޑޫދޫގައި ފާރެއް ދަށުވި ކުޑަކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި
ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ، ވެއްޓުނު ފާރަކީ މީހުން ދިރިއުޅޭ ގެއެއްގެ މަގު ފާރު ކަމަށާއި އެއީ ތެޅިގަލުން ތިރީބައި ރާނައި އަދި މަތީބައި އެޅިގަލުން ރާނާފައި ހުރި ދުވަސްވީ ފާރެއް ކަމަށެވެ. ކުޑަކުއްޖާ ފާރުގެ ދަށުގައި ވީ އެފާރު ވެއްޓުނީ އެވަގުތު އެކުއްޖާ އެމަގުން ހިނގާފައި ދަނިކޮށެވެ. ފާރު ވެއްޓުނު ހާދިސާގައި، ކުއްޖާގެ ބޯ ފިޔަވައި މުޅި ހަށިގަނޑު ފާރުގެ ދަށުވި ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ނޫން ކަމުގައިވެސް ރީހާން ވިދާޅުވިއެވެ.
18 May 2024
ޚަބަރު
ތިން މީހުންނާއި އެކު ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
އެމްއެންޑީއެފް އިން ވިދާޅުވީ، ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްގެ ޚަބަރެއް ނުވެގެން، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ހަވީރު 17:20 ހާއިރުގައި ކަމަށެވެ.
17 May 2024
ޚަބަރު
ތ. ކަނޑޫދޫގައި ގަދަ ވަޔާއި އެކު ވެއްޓުނު ފާރެއްގެ ދަށުވެ ކުޑަ ކުއްޖަކު ޒަޚަމްވެއްޖެ
ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ، ޒަޚަމްވި ކުޑަކުއްޖާ މިވަގުތު އޮތީ ކަނޑޫދޫ ސިއްޙީ މަރުކަޒުގައި ކަމަށެވެ. މިވަގުތު މޫސުމް ގޯސްވުމުގެ ސަބަބުން އެކުޑަކުއްޖާ އިތުރު ފަރުވާއަށް އަތޮޅު ހޮސްޕިޓަލަށް އަދި ރަށުން ބޭރަށް ގެންދިޔުމަށްވެސް ދަތިވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
17 May 2024
ޚަބަރު
ބ އަތޮޅުން ފެށިގެން ދެކުނުގެ ހުރިހާ އަތޮޅަކަށް ޔެލޯ އެލާޓް!
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިރޭގެ، 12:00 އާއި ދެމެދު ބޯކޮށްވާރޭ ވެހި 25 މޭލާއި 30 މޭލާއި ދެމެދަށް ވައި ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށެވެ.