Advertisement

ރަޝިޔާގައި ޓެރަރިސްޓް ހަމަލާދިން ކްރޯކަސް ސިޓީ ހޯލުގެ ބޭރުގައި ސިފައިން ހަރަކާތްތެރިވަނީ ---

24 Mar 2024
ދުނިޔެ

މޮސްކޯގައި ދިން ހަމަލާ ހުޅަނގުގެ މީޑިއާއިން އައިއެސްއާ ގުޅުވާލައިފި

ރަޝިޔާގެ ވެރިރަށް މޮސްކޯގެ ކޯކަސް ސިޓީ ހޯލަށް ހަތިޔާރު އެޅި ފަސްމީހަކު ވަދެ ބަޑިންނާއި ޕެޓްރޯލްބޮމުން ދިން ހަމަލާތަކުގެ ޒިންމާ، އިސްލާމިކް ސްޓޭޓް އޮފް އިރާޤު އެންޑް ސީރިއާ (އައިއެސްއައިއެސް) ޖަމާޢަތުން އުފުލާފައިވާ ކަމުގައި ހުޅަނގުގެ މީޑިއާތަކުން ބުނެފިއެވެ.

ހުޅަނގުގެ މީޑިއާތަކުންނާއި ހުޅަނގުގެ ސޯޝަލްމީޑިއާ އޭޖެންޓުން ދަނީ، ރަޝިޔާގައި ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގާފައިވާ ކަމަށް ބުނެ ޚަބަރުތައް ފަތުރާފައެވެ. އަދި ހަމަލާތައް ދިނުމުގައި ބައިވެރިވެފައި ވަނީ ޗެޗުނިޔާއަށް ނިސްބަތްވާ ބައެއް ކަމުގައިވެސް ބުނެފައިވެއެވެ.

އެހެން ނަމަވެސް ރަޝިޔާއިން ބުނެފައި ވަނީ، ހަމަލާދިން މީހުންގެ ތެރެއިން ބައެއް މީހުން އަތުލައިގަނެވިފައިވާ ކަމަށާއި، ހަމަލާއަށް ފަހުގައި އެމީހުން މަސައްކަތްކޮށްފައި ވަނީ، ފިލައިގެން ޔޫކްރެއިންގެ ތެރެއަށް ދިޔުމަށްކަމަށެވެ.

Advertisement

ރަޝިއާގައި ދިން ހަމަލާގެ ޒިންމާ އައިއެސްއިން އުފުލާފައި ވާއިރު، އެމެރިކާ އާއި އިޒްރޭލުން ވާގިވެރިވާ، ޔަހޫދީންގެ މެޖޯރިޓީ އޮންނަ ޔޫކްރެއިނާއި ދެކޮޅަށް، ރަޝިޔާއިން ކުރަމުން އަންނަ ހަނގުރާމައިގައި ރަޝިޔާ އާއި ދެކޮޅަށް އައިއެސްއިން ހަމަލާދޭން ޖެހެނީ ކީއްވެތޯ އާއި އައިއެސްގެ ދުޝްމިނުންނަކީ ކޮބައިތޯވެސް މީހުން ވަނީ ސުވާލު އުފައްދާފައެވެ.

އައިއެސް ޖަމާޢަތާއި، ރަޝިޔާގައި ދިން ހަމަލާ ގުޅުވާލާފައި ވާއިރު، އައިއެސްޖަމާޢަތާއި، އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑާއި ގުޅުން އޮންނަ ކަމަށްވެސް ތުހުމަތުތައް ކުރެވިފައިވެއެވެ.

މޮސްކޯގެ ކޯކަސް ސިޓީ ހޯލްއަށް ދިން ހަމަލާގައި، 130 ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. 

ރަޝިޔާގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި ހަމަލާ ދިނުމުގައި ބައިވެރިވި 4 މީހަކާއި، ހަމަލާ އާއި ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ 7 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ހަމަލާގެ ދެހަފްތާކުރިން ރަޝިޔާގައި ހުންނަ އެމެރިކާ އެމްބަސީން ވަނީ، މޮސްކޯގެ ކޮންސެޓެއްގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ބުނެ އެފަދަ ތަންތަނަށާއި އެއްވުންތަކުގައި ބައިވެރި ނުވުމަށް މޮސްކޯގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުންނަށް އަންގާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
29 Apr 2024
ޚަބަރު
ހައްދުންމަތިން އުތުރަށް ވައިޓް އެލާޓް!
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ތިލަދުންމަތިންފެށީގެން ހައްދުންމައްޗާއި ދެމެދުގެ އަތޮޅުތަކުގެ ރަށްތަކަށް ކުރިޔަށް އޮތް 5 ގަޑިއިރު، ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިގޮތުން ވައިޓް އެލާޓުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިއަދުގެ މެންދުރުފަހު 1:30 އިން ފެށިގެން އިރުއޮއްސި 7:00އަށެވެ.
29 Apr 2024
ޚަބަރު
ފުވައްމުލަކުގައި ރޭ ދެ އެކްސިޑެންޓެއް ހިނގައި އެކަކު ސީރިއަސް ހާލަތުގައި!
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ ފުވައްމުލަކުގައި ފުރަތަމަ އެކްސިޑެންޓް ހިނގާފައި ވަނީ ދެ ސައިކަލެއް ޖެހިގެންކަމަށެވެ. އެ އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ 22:48 ގައެވެ. ދެސައިކަލު ޖެހިގެން ހިނގި މިއެކްސިޑެންޓްގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް ފުވައްމުލައް ހޮސްޕިޓަލްގެ އައިސީޔޫގަިއ ފަރުވާދެމުން އަންނަ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
29 Apr 2024
ނާކާ
ނާކާ | އެޕިސޯޑު - 19
ނުވައެއް ޖަހަން ފަނަރަ މިނެޓަށް ވީއިރު ފޯނާ ކުޅެން ކަމަށް ހަދައިގެން ކޮޓަރީގެ ދޮރުކަނީގައި ލެނގިލައިގެން ހުރި ފަތީންގެ ޙަޤީޤީ ސަމާލުކަން ހުއްޓިފައި ވަނީ މައިގެތެރޭގައި އޮތް އިބްރާހިމްއަށެވެ. ޓީވީއިން އަންނަ ފޯރިގަދަ ލަވައާ އެއްވަރަށް ފައިގެ ފަލަމަސްގަނޑުގައި އަތުގައި އޮތް ރިމޯޓުން ޖަހާލަ ޖަހާލަ އަރިއަކަށް އޮށޯވެގެން އޭނާ އޮތީ ސޯފާގައި އަތުގެ މުލައްދަނި ލައްގާލައިގެން ކަނދުރާގައި އެ އަތުގެ ހުދުހަން އަޅުވާލައިގެންނެވެ.
29 Apr 2024
އިންގްލިޝް ޕްރިމިއަ ލީގް
އާޓޭޓާގެ 100 ވަނަ މޮޅާއެކު އާސެނަލް ލީގު ތައްޓާ 270 މިނެޓު ކައިރިޔަށް
އިންގްލިޝް ޕްރިމިއަ ލީގުގައި އާދީއްތަ ދުވަހު ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މުހިންމު މެޗު ކާމިޔާބުކޮށް، އާސެނަލްއާ ހަވާލުވިފަހުން އެ ޓީމުގެ ކޯޗު މައިކަލް އާޓޭޓާ 100 ވަނަ މޮޅު ހާސިލްކޮށްފިއެވެ. މިއީ އާޓޭޓާގެ ބެލުމުގެ ދަށުން އާސެނަލް ކުޅުނު 169 ވަނަ މެޗެވެ. އާސީން ވެންގާއަށް މި އަދަދަށް މެޗުން މޮޅު ވެވުނީ 179 މެޗުންނެވެ. އެއީ އާޓޭޓާއަށް ވުރެން އިތުރަށް 10 މެޗު ކުޅެގެންނެވެ.