އިޒްރޭލަށް ޖާސޫސްކޮށްދިން އިންޑިޔާ ސިފައިންގެ 8 މީހެއްގެ މައްޗަށް ޤަތަރުން މަރުގެ ޙުކުމް އިއްވައިފި
މި 8 މީހުންގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައި ވަނީ އެމީހުންގެ މައްޗަށް ހިންގުނު ޝަރީޢަތްތަކަށްފަހުގައި، އެމީހުން މެރުމަށް ޙުކުމްކޮށްފައި ވަނީ އިއްޔެއެވެ. އިޒްރޭލަށް އެމީހުން ޖާސޫސްކޮށްދީފައި ވަނީ، ޤަތަރުގެ އަސްކަރީ މަޢުލޫމާތެކެވެ. މިގޮތުން އިޓަލީން ޤަތަރަށް ފޯރުކޮށްދީފައިވާ އަސްކަރީ ސަބްމެރިނަކާއި ގުޅޭ މައުލޫމާތުތައް ވަގަށް ނަގައި އެމައުލޫމާތު ވަނީ މޮސާޑަށް ފޯރުކޮށްދީފައެވެ.