Advertisement

ޣައްޒާގެ ހޮސްޕިޓަލަށް ހަމަލާ ދިނުމާ ގުޅިގެން ނިއުޒިލޭންޑުގައި ކުރިޔަށް ދިޔަ އިހްތިޖާޖުގެ ތެރެއިން، ފޮޓޯ: އޭ. އެފް. ޕީ

21 Oct 2023
ދުނިޔެ

ހަމާސް-އިޒްރޭލް ކުރިމަތިލުންތަކުގެ މައިގަނޑު ހާދިސާތައް: ދުވަސް 14

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 14 ވަނަ ދުވަސް، 20 އޮކްޓޯބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ޣައްޒާގައި ތިބި އެމެރިކާގެ 10 ރައްޔިތަކަށް ވީނުވީ ނޭންގި އުޅެނިކޮށް، ގަތަރު މެދުވެރިއަކަށްވެ، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އެމެރިކާގެ ދެ ރައްޔިތަކު ދޫކޮށްލައިފި. ހަމާސްގެ މި އަމަލަށް ރައީސް ޖޯ ބައިޑަން ވަނީ މަރުހަބާ ކިޔާފަ.

🔴 އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވެ، ފަލަސްތީނުގެ އަރަބިންގެ މަދަނީ ތަކެއްޗަށް ހަމަލާދީ، ޣައްޒާގެ ބައެއް އާއިލާތައް މުޅިން ފޮހެލާފައިވާކަމަށް ތުހުމަތުކޮށް، އެމްނެސްޓީ އިންޓަނޭޝަނަލް އިން ރިޕޯޓެއް އާންމުކޮށްފި.

🔴 ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ވަނީ ޣައްޒާ ސިޓީގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް އާންމުންގެ ހިޔާވަހިކަން ދެމުން އަންނަ އަލް ޤުދުސް ހޮސްޕިޓަލް ހުސްކުރުމަށް ޑިމާންޑްކޮށްފަ.

🔴 އެމެރިކާގެ ކުރީގެ ކޮންގްރެސް މެންބަރު ޖަސްޓިން އަމާޝް ވިދާޅުވީ ޣައްޒާގެ ސެއިންޓް ޕޯފިރިއަސް އޯތޮޑޮކްސް ޗާޗަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި 18 މީހުންގެ ތެރޭގައި އޭނާގެ ގާތްތިމާގެ މީހުން ހިމެނޭކަމަށް.

🔴 ވޮޝިންޓަން ޑީސީގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އެމެރިކާ އާއި އީޔޫ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާގައި އިންސާނީ އެހީއަށް އިންތިހާއަށް ބޭނުންވެފައިކަމަށް. ނަމަވެސް އެ ރިޕޯޓުގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެއް ނުވޭ.

🔴 ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް އިސްރާއީލާއި މިސްރާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމުގެ ޔަގީންކަން އެމެރިކާއިން ދިން ނަމަވެސް، މި ތަކެތި އަދިވެސް ރަފާހް ބޯޑަރ ހުރަސްކޮށް ޣައްޒާއަށް ލިބިފައެއްނުވޭ.

🔴 އ.ދ. އިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު މިހާރު 4،137 އަށް އަރާފައިވޭ، އަދި މަރުވި މީހުންގެ ތެރެއިން 70 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިން. މީގެއިތުރުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ ގާތްގަނޑަކަށް 352 މީހުން މަރާލާފައި.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.