Advertisement

ހަމާސްގެ މުޖާހިދުން މައުލޫމާތު ދިނުމުގ ބައްދަލުވުމެއްގެ ތެރެއިން --

23 Oct 2023
ދުނިޔެ

ހަމާސްއިން އަސީރުންގެ ގޮތުގައި ހައްޔަރުކުރި އިޒްރޭލުގެ ދެ ރައްޔިތަކު ދޫކޮށްލައިިފި

މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާޢަތުން އިޒްރޭލަށްދިން ކުއްލި ހަމަލާގެ ތެރޭގައި، ހަމާސްއިން އަސީރުންގެ ގޮތުގައި ހައްޔަރުކުރި ދެމީހަކު މިނިވަންކޮށްފިއެވެ.

ހަމާސްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މިސްރާއި ޤަޠަރު މެދުވެރިއެއްގެ ގޮތުގައި ކުރެވުނު މަޝްވަރާތަކަށް ފަހުގައި، އަސީރުންގެ ތެރެއިން ދެމީހުން ދޫކޮށްލުމަށް ނިންމީ، އިންސާނީ ސަބަބުތަކަށްޓަކައި، އަދި ހައްދު ފަހަނަ އެޅި އިޒްރޭލުން ހިންގާ ހަނގުރާމައިގެ ކުށްތަކާއި އެކުގައި ކަމަށެވެ. ހަމާސްގެ ބެލުމުގެ ދަށުގައިވާ އަސީރުންގެ ތެރެއިން މިިނިވަންކޮށްފައި ވަނީ، ނޫރިތް ޔިޓްޒަކް ނަމަަކަށް ކިޔާ މީހަކާއި، ޔޯޝުވެދް ނަމަކަށް ކިޔާ މީހެކެވެ. އެމީހުންނަކީ ކޮން ޤައުމެއްގެ ރައްޔިތުންނެއް ކަމެއް އަދި ހާމަކަކޮށްފައެއް ނުވެއެވެ.

އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހަމާސްއިން އަސީރުންގެ ގޮތުގައި ޣައްޒާގައި ހައްޔަރުކޮށްފައިވާ މީހުންގެ ފުރާނަވެސް ނުރައްކަލަށް ހުށައެޅިފައިވާކަން ހަމާސްއިން ވަނީ އިޒްރޭލަށް ހަނދާންކޮށްދީފައެވެ. މީގެ ކުރިންވެސް ހަމާސްއިން ވަނީ އަސީރުންގެ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 4 މީހަކު ދޫކޮށްލާފައެވެ. އެހެން ނަމަވެސް އަދިވެސް އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި ޣައްޒާގައި 200 ވުރެ ގިނަ މީހުން އެބަތިބިކަމަށް، އިޒްރޭލުން ވަނީ ބުނެފައެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޝަހީދުވި ފަަަލަސްޠީނުގެ ރައްޔިތުންގެ އަދަދު މިހާރު ވަނީ، 4600 އަށް އަރާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.