Advertisement

ބުދަ ދުވަހު ދިން ހަމަލާތަކުގައި އަނިޔާ ލިބުނު ކުޑަ ދެ ކުދިން ސަލާމަތްކުރަނީ، ފޮޓޯ: އޭޕީ

26 Oct 2023
ދުނިޔެ

ޣައްޒާގެ ސިއްހީ ނިޒާމު މުޅިން ފުނޑުފުނޑުވެފައިވާ ހާލަތެއްގައި: ދުވަސް 19

މިއީ ހަމާސް އާއި އިސްރާއީލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 19 ވަނަ ދުވަސް، 25 އޮކްޓޯބަރ 2023ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ޣައްޒާގެ ސިއްހީ ނިޒާމު އޮތީ މުޅިން ފުނޑުފުނޑުވެފައިކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި. މިކަމާ ގުޅިގެން ޣައްޒާގެ އުތުރުގެ ކަމާލް އަދްވާން ހޮސްޕިޓަލުގެ ޑޮކްޓަރަކު ބުނީ، އެ ހޮސްޕިޓަލް ވެސް މިހާރު އޮތީ ސަހަރާއަކަށް ބަދަލުވުމުގެ މަގުމަތީގައިކަމަށް. އަދި ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އ.ދ.ގެ އެޖެންސީން ބުނާ ގޮތުގައި ޣައްޒާގެ ތެޔޮ ހުސްވެ، ހޮސްޕިޓަލްތަކާއި އެހެނިހެން ސިއްހީ ވަސީލަތްތައް މުޅިން ހުއްޓުމަކަށް އައުމަށް އޮތީ ކުޑަ ވަގުތުކޮޅެއްކަމަށް.

🔴 އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި އަލްޖަޒީރާގެ ޣައްޒާ ބިއުރޯގެ ވެރިޔާ، ވާއެލް ދަހުދޫހުގެ އަންހެނުންނާއި ދަރިންނާއި ތުއްތު ކާފަދަރިފުޅު މަރާލައިފި.

🔴 ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އ.ދ. ގެ ސެކިއުރިޓީ ކައުންސިލަށް އެމެރިކާއާއި ރަޝީޔާ ހުށަހެޅި ޤަރާރު ވެސް ފާހެއް ނުވި. އެމެރިކާއިން ހުށަހެޅީ "ހިއުމެނިޓޭރިއަން ޕޯޒް" ނުވަތަ އިންސާނީ އެހީދިނުމަށް ހަރަކާތްތެރިވުމަށް ހަނގުރާމަ ވަގުތުކޮޅަކަށް މެދުކަނޑާލުމަށް. ރަޝިޔާއިން ހުށަހެޅި ޤަރާރުގައި އޮތީ "ހިއުމެނިޓޭރިއަން ސީޒްފަޔާ" ނުވަތަ ކަނޑައެޅޭ ވަކި މުއްދަތަކަށް މިލިޓަރީ އޮޕަރޭޝަންތައް ހުއްޓާލުމަށް

🔴 އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަކުރާރުކޮށް ބުނަމުންގެންދަނީ، އިސްރާއީލުން ޣައްޒާގެ ބިމަށް އަރައިގަތުމަށް ތައްޔާރުވަމުން އަންނަކަމަށް. މީގެ އިތުރުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ކޮންމެ ދުވަހަކު އިސްރާއީލުން ހިންގާ އަސްކަރީ ރޭޑްތައް އިތުރުވާނެކަމަށް ބެލެވޭ.

🔴 އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 6،546 މީހުން މަރުވެފައިވޭ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.