Advertisement

ވެއްޓުނު އިމާރާތެއްގެ ދަށުވެފައިވާ މީހެއް ސަލާމަތް ކުރުމުގެ މަސައްކަތުގައު، ފޮޓޯ: ރޮއިޓާސް

25 Oct 2023
ދުނިޔެ

ހަނގުރާމައިގާ އެއްދުވަހާ އެންމެ ގިނައިން މީހުން މަރާލީ އިއްޔެ، އެއީ 700: ދުވަސް 18

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 18 ވަނަ ދުވަސް، 24 އޮކްޓޯބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 އިސްރާއީލުން ފަލަސްތީނުގެ ރެޑް ކްރެސެންޓްގެ މައި މަރުކަޒާއި، ޚާން ޔޫނިސްގެ އަލް އަމާލް ހޮސްޕިޓަލުގެ ވަށައިގެން ބޮން ގޮއްވާފައިވާކަމަށް ފަލަސްތީނުގެ ސިއްހީ ޖަމިއްޔާއިން ހާމަކޮށްފައިވޭ.

🔴 ރަފާހް ހުރަސްކޮށް، އިތުރު 8 ޓްރަކުގެ އެހީ ޣައްޒާއަށް ފޯރުކޮށްދީފައިވާކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ހާމަކޮށްފައިވޭ.

🔴 ފާއިތުވި 24 ގަޑިއިރަކީ، އޮކްޓޯބަރ 7 ގައި ހަމަލާތައް ބަދަލުކުރަން ފެށިފަހުން ފަލަސްތީނުގެ އެންމެ ގިނަ މީހުން މަރާލާފައިވާ ދުވަސް. އިއްޔެ އެކަނިވެސް 700 އަށް ވުރެ ގިނަ މީހުން މަރާލާފައިވޭ

🔴 ޣައްޒާއަށް ތެލާއި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ގޮވާލާފައި. އެ ޖަމްއިއްޔާއިން ބުނީ އެހެން ނޫންނަމަ ޣައްޒާގެ އެތައް ހާސް ބަލިމީހުންނެއްގެ ފުރާނައަސް ނުރައްކާ ކުރިމަތިވާނެކަމަށް.

🔴 ދުނިޔޭގެ ލީޑަރުން ބައިވެރިވެ ބޭއްވި އ.ދ. ގެ ސެކިއުރިޓީ ކައުންސިލް ބައްދަލުވުމުގައި އުރުދުންއާއި މިސްރު ހިމެނޭހެން ހަނގުރާމަ މަޑުޖައްސާލުމަށް ގޮވާލައިފި.

🔴 އިސްރާއީލުގެ ޓެލް އަވީވްގައި ވާހަކަ ދައްކަމުން ފަރަންސޭސިވިލާތުގެ ރައީސް ބުނެފައިވަނީ، ހުޅަނގުގެ ގައުމުތަކުން އެކުވެ އައި.އެސް.އައި.އެސް. އާ ކުރަމުންދާ ހަނގުރާމަ ފުޅާކޮށް ހަމާސްއަށް ހަމަލާދޭން ފެށުން ބުއްދިވެރިކަމަށް.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.