Advertisement

ހާން ޔޫނިސް މެޑިކަލް ކޭމްޕް ---

22 Oct 2023
ދުނިޔެ

ހަމާސް-އިޒްރޭލް ކުރިމަތިލުންތަކުގެ މައިގަނޑު ހާދިސާތައް: ދުވަސް 15

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 15 ވަނަ ދުވަސް،21 އޮކްޓޯބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ ބިމަށް އަރައިގަތުމަށް ތައްޔާރުވުމުގެ އިތުރު މަރުހަލާތައް ކުރިޔަށްދާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުން ގެންދަނީ ރޮކެޓު ހަމަލާތައް ދިނުން ހުއްޓުމެއް ނެތި ކުރިޔަށް ގެންދާނެކަމަށް

🔴 ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބައެއްތަކެތި މިސްރު މަގުން ޣައްޒާއަށް ވަނުމުގެ ހުއްދަ ދީފައިވީ ނަމަވެސް، ދިގު މުއްދަތަކަށް މިކަން ކުރިޔަށްދާނެކަމުގެ އެއްބަސްވުމެއް ނެތުމުން، ކަމާބެހޭ ފަރާތްތަކުން މި އެހީ ސިފަކުރަނީ، އެއީ 'ކަނޑުގެ ލޮނު ގަނޑުން ތިއްކެއް' ގެ މިންވަރުގެ ގޮތުގައި

🔴 ޣައްޒާ ވަށާލާފައި ތިބި އިސްރާއީލު ސިފައިން އެ ރަށަށް ތެޔޮ އެތެރެކުރުން ހުއްޓުވުމާ ގުޅިގެން އ.ދ. އިން ކަނބޮޑުވުން ފާޅުކޮށްފައިވޭ. އަދި ޣައްޒާގެ ހޮސްޕިޓަލްތަކުގައި ހުރި ތެލުގެ ސަޕްލައި ހަލުވިކަމާއެކު ހުސްވަމުންދާތީ، ވިހެއުމަށްފަހު އެކި ފަރުވާތައް ދެމުންގެންދާ 130 ތުއްތު ކުދިންގެ ފުރާނަ ގެއްލިދާނެކަމުގެ އިންޒާރު މެޑިކަލް އެއިޑް ފޯ ފަލަސްތީނުން (އެމްއޭޕީ) އިން ދީފައިވޭ.

🔴 އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އުތުރުގައި ދިރިއުޅޭ އާންމުންނަށް ދިން އިންޒާރެއްގައި ބުނެފައިވަނީ، އެމީހުން ޣައްޒާއިން ނުނިކުމެއްޖެނަމަ އެމީހުންނަކީ ޓެރަރިޒަމަށް ވާގިވެރިވާ ބައެއްގެ ގޮތުގައި ދެކޭނެ ކަމަށް. ނަމަވެސް އިސްރާއީލުން ފަހުން ބުނީ، އެ އިންޒާރު އެހާ ހަރުކަށިކަމަށް އެ ސިފަކުރެވުނީ ޢަރަބި ބަހަށް ތަރުޖަމާ ކުރިގޮތުންކަމަށް.

🔴 އިސްރާއީލާއި ލުބުނާނުގެ ބޯޑަރުގައި ހަމަލާތައް ބަދަލުކުރަމުންދާއިރު، އިއްޔެ އެކަނިވެސް ހިޒްބުالله ގެ 6 ހަނގުރާމަވެރިން މަރުވެފައިވޭ

🔴 އިސްރާއިލު-ހަމާސް ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ދުނިޔޭގެ ލީޑަރުން ބައިވެރިވާ ސަމިޓެއް މިސްރުގެ ޤާހިރާގައި. ސަމިޓް ފޯ ޕީސްގެ ނަމުން ނަންދެވިފައިވާ މި ބައްދަލުވުމުގައި ޖޯޑަން، ފްރާންސް، ޖަރުމަން، ރަޝިޔާ، ޗައިނާ، އިނގިރޭސިވިލާތް، އެމެރިކާ، ގަތަރު އަދި ދެކުނު އެފްރިކާ ފަދަ ގައުމުތަކުގެ މަންދޫބުން ބައިވެރިވެފައިވޭ.

🔴 އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު މިހާރު 4،385 އަށް އަރާފައިވޭ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.