Advertisement

ޣައްޒާގެ ޑެއިރް އަލް-ބަލާހްގައި ހުންނަ ސަހަރާއެއްގައި މީހުން ވަޅުލަނީ، ފޮޓޯ: އޭ.ޕީ.

24 Oct 2023
ދުނިޔެ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 182 ކުޑަކުދިން ޝަހީދުކޮށްލާފައިވޭ: ދުވަސް 17

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 17 ވަނަ ދުވަސް، 23 އޮކްޓޯބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ހަމާސްގެ ހަތިޔާރު އެޅި ވިންގުން ވަނީ ގަތަރާއި މިސްރު މެދުވެރިކޮށް ޣައްޒާގައި ބަންދުކޮށްފައި ތިބި އުމުރުން ދުވަސްވީ އިސްރާއީލުގެ 2 އަންހެނުން ދޫކޮށްލާފަ. އޭގެ ތެރޭގައި ހިމެނެނީ 79 އަހަރުގެ މީހަކާއި 84 އަހަރުގެ މީހެއް.

🔴 އިސްރާއީލުން މެދުނުކެނޑި ޣައްޒާއަށް ވައިގެ މަގުން ހަމަލާތައް ދެމުން ދާއިރު، ގިނަ އަދަދެއްގެ މީހުން ބޯހިޔާވަހިކަން ހޯދައިގެން ތިބި އަލް-ޝަޓި ރެފިއުޖީ ކޭމްޕަށް އިއްޔެ ވަނީ ހަމަލާދީފައި. ފަލަސްތީނުގެ ހެލްތް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާ ކުޑަކުދިން.

🔴 އިސްރާއީލު ސިފައިން ރަހީނުކޮށް މެގިޑޯ ޖަލުގައި ބަންދުކޮށްފައިހުރި ހަމާސްގެ އިސް މެމްބަރެއް ކަމަށްވާ އުމަރު ދަރަޣްމޭ މަރާލާފައިވާކަމަށް ހަމާސް އިން ހާމަކޮށްފި. ނަމަވެސް އިސްރާއިޅުން ބުނީ އޭނާ މަރުވީ ބަލިވެގެން ކަމަށް.

🔴 އިރާގާއި ސީރިއާ އަދި އެހެނިހެން މެދުއިރުމަތީގެ ގައުމުތަކުގައި ހިނގަމުންދާ ސިލްސިލާ ހާދިސާތަކުގެ ތެރޭގައި، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިންނަށް ހަމަލާ ދިނުމަށް އީރާނުން މަގުފަހިކޮށްދޭކަމަށް ވައިޓް ހައުސްއިން ވަނީ ތުހުމަތުކޮށްފައި.

🔴 ރަފާހު ހުރަސްކޮށް ޣައްޒާއަށް މިހާތަނަށް 54 ޓްރަކްގެ އިންސާނީ އެހީ ފޯރުކޮށްދީފައިވީނަމަވެސް، އެއީ މިހާރު ޣައްޒާއަށް ބޭނުންޖެހިފައިވާ މިންވަރަށް ވުރެ މާ މަދު އަދަދެއްކަމަށް ކަމާގުޅޭ ފަރާތްތަކުން ހާމަކޮށްފައިވޭ.  އަދި މިހާތަނަށް އައިއިރުވެސް، ޣައްޒާއަށް މިވަގުތު އެންމެ ބޭނުންޖެހިފައިވާ ތެލުގެ އެހީ ފޯރުކޮށްދީފައެއް ނުވޭ.

🔴 އެމެރިކާގެ އޮފިޝަލަކު ދަ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ނޫސް އެޖެންސީއަށް ވިދާޅުވީ، އާބަން ހަނގުރާމައަށް ފަރިތަ މެރިން ކޯޕްސްގެ ޖެނެރަލަކު ހިމެނޭ ގޮތަށް އެމެރިކާގެ ހަނގުރާމަވެރި މާހިރުންތަކެއް އިސްރާއީލަށް ފޮނުވާފައިވޭ. އެ މީހުންގެ ބޭނުމަކީ އިސްރާއިލް ސިފައިންނަށް ހަނގުރާމައިގެ ފަންނީ އިރުޝާދު ދިނުން.

🔴 ޣައްޒާގައި ހަރަކާތްތެރިވަމުންދާ އ.ދ. ގެ އޮފިޝަލުންގެ ތެރެއިން 35 އޮފިޝަލަކު މިހާތަނަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވެފައިވާކަމަށް އެ އެޖެންސީ ހާމަކޮށްފައިވޭ.

🔴 މިހާތަނަށް ފަލަސްތީނުގެ ޖުމްލަ 5،087 މީހަކު މަރާލާފައިވޭ. އަދި އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގައި 14،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައި. ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުން މިހާތަނަށް ގާތްގަނޑަކަށް 1،400 މީހުން މަރުވެފައިވާކަމަށް ވޭ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.