Advertisement

އަލް-އަޤްސާ ހޮސްޕިޓަލްގެ ކައިރީގައި، ފޮޓޯ: ގެޓީ އިމޭޖަސް

23 Oct 2023
ދުނިޔެ

މިހާތަނަށް ފަލަސްތީނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ފާއިތުވި 24 ގަޑިއިރު: ދުވަސް 16

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 16 ވަނަ ދުވަސް،22 އޮކްޓޯބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ފާއިތުވި 24 ގަޑިއިރަކީ، އޮކްޓޯބަރ 7 ގައި ޣައްޒާއަށް ހަމަލާތައް ދޭންފެށިފަހުން އެންމެ ލޭ އޮހޮރުވުން ގިނަ ވަގުތު. ފަލަސްތީނުގެ ނޫހަކުން ހާމަކޮށްފައިވާ ގޮތުގައި، މި މުއްދަތުގައި އިސްރާއީލުން 25 އަށް ވުރެ ގިނަ ރޮކެޓް ހަމަލާތައް އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ދީފައިވާއިރު، މިހާތަނަށް 400 އަށް ވުރެން ގިނަ މީހުން މަރުވެފައިވާކަމަށް ކަށަވަރުވެފައިވޭ.

🔴 ޣައްޒާގެ ސިވިލް ޑިފެންސް އިން ބުނެފައިވާ ގޮތުގައި ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން އެންމެ ފަހުން ދިން ވައިގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް ގާތްގަނޑަކަށް 30 ހަށިގަނޑު ފެނިފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން. އަދި މީގެ އިތުރުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައި އެތައް ބަޔަކު ތާށިވެފައި ތިބިކަމަށް ބުނޭ.

🔴 ހަމާސްއިން ހާމަކޮށްފައިވާ ގޮތުގައި އެ ޖަމާއަތުގެ ލީޑަރު އިސްމާއީލް ހަނިއްޔާ އާއި އީރާނުގެ ފޮރިން މިނިސްޓަރު ހުސެއިން އަމީރު އަބްދުالله ވަނީ ޣައްޒާގައި އިސްރާއީލުން ހިންގާ "އަނިޔާވެރި ޖަރީމާތައް" ހުއްޓުވޭނެ ގޮތްތަކާ ބެހޭ ގޮތުން ފޯނުން ގުޅާ މަޝްވަރާކޮށްފައި.

🔴 ހަމާސް-އިސްރާއީލު ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގައި ހަމަނުޖެހުން އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުވަމުންދާއިރު، އެމެރިކާގެ ސިފައިންނަށް އެއްވެސް ހަމަލާއެއް އަމާޒުވެއްޖެނަމަ، ބަދަލު ހިފުމަށް ތައްޔާރަށް އޮތް ކަމަށް އެމެރިކާއިން އިންޒާރުދީފި. މީގެ އިތުރުން، އެމެރިކާއިން އަންނަނީ މެދުއިރުމަތީގައި އެމީހުންގެ މިލިޓަރީ އާލާތް އިތުރުކޮށް، އިސްރާއީލު ސިފައިން ދިފާއުކުރުމަށް އިތުރަށް ތައްޔާރުވަމުން.

🔴 އ.ދ. އިން ބުނާ ގޮތުގައި ކާބޯތަކެއްޗާއި ސިއްޙީ އެހީއަށް ބޭނުންވާ ސާމާނު ހިމެނޭހެން އިތުރު 14 ޓްރަކް ރަފާހު ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަދެފައިވޭ.

🔴 އިސްރާއީލުން ޣައްޒާއަށް ހަމަލާދެމުންދާތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ފަލަސްތީނުގެ ރައްޔިތުންނަށް ހަމްދަރުދީވެ، ކެނެޑާގެ މޮންޓްރިއަލް ސިޓީގައި އެތައް ހާސް ބަޔަކު އެއްވުމެއް ބާއްވައިފި.

🔴 އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހާމަކޮށްފައިވާ ގޮތުގައި ފްރާންސްގެ ރައީސް މެކްރޮން އާއި ޑަޗްގެ ބޮޑުވަޒީރު މާކް ރުއްޓޭ މި ހަފްތާގައި އިސްރާއީލަށް ޒިޔާރަތްކުރާނެ.

🔴 އިއްޔެއާ ހަމައަށް ޖުމްލަ ފަލަސްތީނުގެ 4،651 މީހަކު މަރާލާފައިވޭ. މީގެ އިތުރުން 14،000 އަށް ވުރެން ގިނަ މީހުން އަންނަނީ ހަމަލާތަކުން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.