Advertisement

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތަކުގެ ތެރެއިން --

29 Oct 2023
ދުނިޔެ

ޣައްޒާއަށް އިންޓަނެޓާއި މުވާޞަލާތީ ޚިދުމަތް ލިބެން ފަށައިފި

ގާތްގަނޑަކަށް 48 ގަޑިއރުފަހުން ޣައްޒާއަށް އިންޓަނެޓާއި މުވާޞަލާތީ ޚިދުމަތްތައް އަލުން ލިބެން ފަށާފައިވާ ކަމުގައި އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

ހުކުރުދުވަހުގެރޭ އިޒްރޭލުގެ ހައްދުފަހަނަ އެޅި ސިފައިން އުތުރު ޣައްޒާއަށް 3 ދިމާލަކުން ވަދެގަތުމާއި ދިމާކޮށް، މުޅި ޣައްޒާއިން ވަނީ މުވާޞަލާތީ ޚިދުމަތްތައް ކަނޑާލާފައެވެ. ޣައްޒާއިން މުވާސަލާތީ ޚިދުމަތް ކަނޑާލީ އެކަމަށް އިޒްރޭލުން އިންޒާރު ދިނުމަށްފަހުގައި ނަމަވެސް ފަހުން އިޒްރޭލުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އިޒްރޭލުގެ ހައްދުފަހަނައެޅި ސިފައިން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތަކާއި ގުޅިގެން އުތުރުގައްޒާ އެކީގައި ފުނޑުފުނޑުވެފައިވާ ކަމަށާއި، ކަރަންޓާއި ފެންކަނޑާލައި، ތެލާއި ބޭހާއި ކާބޯތަކެތި ޣައްޒާއަށް ވެއްދުމަށް އިޒްރޭލުން ހުރަށްއަޅާފައި ވުމާއިއެކު ޣައްޒާ އޮތީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގައެވެ.

ހަމާސްއާދެކޮޅަށް ކަމަށް ބުނެ އިޒްރޭލުން ޣައްޒާއަށް އަރައިގަތުމާއި، ޣައްޒާއަށް ހުއްޓުމެއްނެތި ވައިގެ ހަމަލާތައް ދެމުން ދިޔުމަކީ، ދުނިޔޭގެ ކުރިމަތީގައި އިޒްރޭލުން ހިންގަމުން އަންނަ ޤަތުލުއާއްމެއް ކަމުގައިވެސް ދުނިޔޭގެ ޤައުމުތަކުން ދަނީ ބުނަމުންނެވެ. އަދި އިޒްރޭލުގެ ހަމަލާތައް ހުއްޓުވުމަށް ގޮވާލައި، ތުރުކީގެ އިސްތަންބުލްގަޔާއި، ފްރާންސްގެ ޕެރިހުގަޔާއި، އެމެރިކާގެ ނިއުޔޯކުގަޔާއި، އިނގިރޭސި ވިލާތުގެ ލަންޑަނުގަޔާއި، މިސްރުގެ ވެރިރަށް ޤާހިރާގަޔާއި، ލުބުނާނުގެ ވެރިރަށް ބެއިރޫތުގަޔާއި، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގަޔާއި، އިންޑޮނީޝިއާގެ ޖަކާޓާގައި އެތައް މިލިޔަން ބަޔަކު ދަނީ އަޑުއުފުލައި މުޒާހަރާކުރަމުންނެވެ. އަދި އިޒްރޭލުގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، އދ.ގެ އާއްމު މަޖިލީހަށް ހުށައެޅި ޤަރާރު 120 ޤައުމުގެ ވޯޓާއި އެކު ފާސްކޮށްފައި ވާއިރު އެޤަރާރަށް ޢަމަލުކުރުމަށްވެސް އިޒްރޭލުން ވަނީ ދެކޮޅު ހަދާފައެވެ.

އިޒްރޭލުން މުޅި ޣައްޒާ ފުނޑުފުނޑުކޮށްލައި، ނަސްލު ނައްތާލުމަށް ޤަތުލުއާއްމުތައް ހިންގަމުންދާއިރު، އިޒްރޭލާއި ދެކޮޅަށް އަސްކަރީ ފިޔަވަޅުތަކާއި، އިޤުތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ޤައުމުތަކުގައި ތިބި މުސްލިމުން ދަނީ އިސްލާމީ އުއްމަތުގެ ވެރިންނަށް ގޮވާލަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.