Advertisement

ޤަތަރުގެ ސަރުކާރުގެ އިސްބޭފުޅެއް --

27 Oct 2023
ދުނިޔެ

އިޒްރޭލަށް ޖާސޫސްކޮށްދިން އިންޑިޔާ ސިފައިންގެ 8 މީހެއްގެ މައްޗަށް ޤަތަރުން މަރުގެ ޙުކުމް އިއްވައިފި

ޤަތަރުގެ ސިއްރުތައް އިޒްރޭލަށް ޖާސޫސްކޮށްދިން އިންޑިޔާ ސިފައިންގެ ތެރޭގައި ކުރިން މަސައްކަތްކޮށްފައިވާ 8 މީހެއްގެ މައްޗަށް ޤަތަރުން މަރުގެ ޙުކުމް އިއްވައިފިއެވެ.

މި 8 މީހުންގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައި ވަނީ އެމީހުންގެ މައްޗަށް ހިންގުނު ޝަރީޢަތްތަކަށްފަހުގައި، އެމީހުން މެރުމަށް ޙުކުމްކޮށްފައި ވަނީ އިއްޔެއެވެ. އިޒްރޭލަށް އެމީހުން ޖާސޫސްކޮށްދީފައި ވަނީ، ޤަތަރުގެ އަސްކަރީ މަޢުލޫމާތެކެވެ. މިގޮތުން އިޓަލީން ޤަތަރަށް ފޯރުކޮށްދީފައިވާ އަސްކަރީ ސަބްމެރިނަކާއި ގުޅޭ މައުލޫމާތުތައް ވަގަށް ނަގައި އެމައުލޫމާތު ވަނީ މޮސާޑަށް ފޯރުކޮށްދީފައެވެ.

ޤަތަރުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އިޒްރޭލަށް ޖާސޫސްކޮށްދިން އިންޑިއާ ސިފައިންގެ 8 މީހުން މަސައްކަތް ކުރަމުންދިޔައީ ޤަޠަރްގެ އަލްދަހްރާ ކުންފުނީގެ މުވައްޒަފުންގެ ގޮތުގައެވެ. އެމީހުން އިޒްރޭލަށް ޖާސޫސްކޮށްދޭކަން ފަޅާއަރައި، އެ 8 މީހުން ޤަޠަރުގެ ފުލުހުން ހައްޔަރުކޮށްފައި ވަނީ، މިއަހަރުގެ އޮގަސްޓަމަހުގެ ތެރޭގައެވެ. ޤަޠަރު ސަރުކާރުން ބުނެފައި ވަނީ، އެ މީހުން އިޒްރޭލަށް ޖާސޫސްކޮށްދެމުން ދިޔަކަމުގެ ސާފު ހެކި ލިބިފައިވާކަމަށެވެ.

އިންޑިއާގެ 8 މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވުމާއިއެކު އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

އިޒްރޭލަށް ޖާސޫސްކޮށްދިނުމުގެ ކުށުގައި އިންޑިއާ ސިފައިންގެ ކުރީގެ 8 އޮފިސަރެއްގެ މައްޗަށް ޤަޠަރުން މަރުގެ އަދަބު ކަނޑައެޅި އިރު، މިހާރު އިންޑިއާގައި އޮތް ހަރުކަށި ހިންދޫންގެ ސަރުކާރަކީ، އިޒްރޭލަށް އެކި ގޮތްގޮތުން މަދަދާއި ވާގި ދެމުންއަންނަ އިސްލާމީ ޤައުމުތަކާއި ދުޝްމަން ސަރުކާރެކެވެ. އަދި ޣައްޒާގައި މިހާރު އިޒްރޭލުން ހިންގާ ހަނގުރާަމައިގެ ކުށްތަކާއި، ނަސްލު ނައްތާލުމުގެ ޢަމަލުތަކާއި، ޤަޠުލުއާއްމުތަކަށް އިންޑިއާގެ މިހާރުގެ ސަރުކާރުން ދަނީ ފާޅުގައި ތާއީދު ކުރަމުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.