Advertisement

29 Oct 2023
ދުނިޔެ

ޣައްޒާގެ މުވާސަލާތީ ގުޅުން ކަނޑާލީ އިސްރާއީލުންކަމަށް އެމީހުން އެއްބަހެއް ނުވޭ: ދުވަސް 22

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 22 ވަނަ ދުވަސް،28 އޮކްޓޯބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނާ ގޮތުގައި ހަމާސްގެ ފަރާތުން ހަނގުރާމައިގެ ނިޔަތެއް އޮތްކަމުގެ އިންޒާރު ދުވަހަކުވެސް އޭނާއަށް ދީފައި ނުވޭ. އޭނާ އިތުރަށް ބުނީ މިހާރު ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ދިގުލައިދާނެކަމަށާއި، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން އަނބުރާ ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށް. އެގޮތުން އިސްރާއީލުގެ އަސްކަރައްިޔާއިން މިހާރު އޮތީ ހަނގުރާމައިގެ ދެވަނަ މަރުހަލާގައިކަމަށް ވެސް ފާހަގަ ކޮށްފައިވޭ.

🔴 ހަމާސްގެ ޖަލުތަކުގައި ތިބި އިސްރާއީލުގެ ގައިދީން ބަދަލުކުރުމަށް ހަމާސްއިން ތައްޔާރަށް އޮތް ކަމަށް، ޣައްޒާގައި ހުންނަ ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ބުނެފި. މި ބުނުމާ ގުޅިގެން ފަލަސްތީނުގެ ގައިދީންނަށް އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ޚިޔާލު އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓްގެ ތެރޭގައި ދެކެވުނު ނަމަވެސް އެކަމާ މެދު އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށް އިސްރާއީލުގެ ލީޑަރަކު ހާމަކުރޭ.

🔴 ޣައްޒާގެ މުވާސަލާތީ ގުޅުމާއި ކަރަންޓް ކަނޑާލުމުގެ ފަހަތުގައި އިސްރާއީލުގެ އަތެއް އޮތްކަމަށް އެއްބަސްނުވެ، އެކަމާ އިސްރާއީލުގެ އަސްކަރީ ޗީފް ސްޕޯކްސްޕާސަން ވަނީ ދެކޮޅު ހަދާފަ.

🔴 ޣައްޒާގައި އެހީދޭ ޖަމާއަތްތަކާއި މުވާސަލާތުކުރުމަށް އެހީވެދޭ، އެލޮން މަސްކްގެ ސްޓާލިންކް ބޭނުންކުރުމާ ދެކޮޅަށް އިސްރާއީލުގެ ހުރިހާ ވަސީލަތްތަކެއްގެ އެހީގައި ހަނގުރާމަ ކުރާނެކަމަށް، އިސްރާއީލުގެ ކޮމިއުނިކޭޝަން މިނިސްޓަރު ބުނެފި.

🔴 އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ގާތްގަނޑަކަށް ފަލަސްތީނުގެ 7،703 މީހުން މަރުވެފައިވޭ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.