Advertisement

ޣައްޒާގެ އުދަރެސް --

27 Oct 2023
ދުނިޔެ

އުތުރު ޣައްޒާއިން ހުރިހާ މުވާސަލާތީ ޚިދުމަތްތަކެއް ކަނޑާލާ އިޒްރޭލުން މިހާތަނަށް ދީފައި ނުވާފަދަ ވަރުގަދަ ހަމަލާތަކެއް ދޭންފަށައިފި

ޣައްޒާއަށް އިޒްރޭލުން ހަމަލާތައް ދޭންފެށި ފަހުން މިރެއަކީ އެންމެ ވަރުގަދައަށް ބޮން އަޅަމުންދާ ރޭ ކަމަށާއި، ކަނޑު އުޅަނދުތަކާއި މަތިންދާ ބޯޓުތަކުން އުތުރު ޣައްޒާއަށް ބޮން އަޅަމުންދާކަމުގައި، ޚަބަރުތައް ބުނެފިއެވެ. އިރު އޮއްސި އަނދިރިވުމާއެކު، ކަރަންޓްގެ އެއްވެސް އަލިކަމެއް، ނެތް ޣައްޒާއަށް ކޮންމެ ރެޔަކުވެސް އިޒްރާއީލުން ބޮންއަޅައެވެ.

އަލްޖަޒީރާއާއި ގާޒާޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އުތުރު ގާޒާއިން މުވާސަލާތީ ހުރިހާ ޚިދުމަތެއް ވަނީ ކަނޑާލާފައެވެ. އަދި ކަރަންޓާއި ފެންކަނޑާލިތާވެސް އެތައް ދުވަހެއް ވެފައި ވާއިރު، އުތުރު ޣައްޒާ އޮތީ އެއްވެސް ޚަބަރެއް ނުލިބޭ ހާލަތުގައި ކަޅު އަނދިރިކަމުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިޒްރޭލުން އުތުރު ގާޒާއަށް އަޅަމުން ދަނީ، ބިންގަރާސްތައް ހަލާކުކޮށްލާފަދަ ބާރުގަދަ ބޮންކަމަށް ބެލެވިފައިވާއިރު، އުތުރު ޣައްޒާއަށް އަޅާ ބޮންތަކާއެކު މުޅި އުދަރެސް ދިއްލިގެންދާ މަންޒަރު، އިޒްރޭލުގެ މެދުތެރޭ އޮންނަ އަސްޣަލާންއަށްވެސް ފެންނަ ކަމުގައި ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އުތުރު ޣައްޒާއަށް މިއަދު އެއްގަމު މަގުން އިޒްރޭލުގެ ބައެއް ސިފައިންވެސް ވަނީ ވަދެފައެވެ. އަދި ހަނގުރާމައިގައި އިޒްރޭލަށް ވާގިވެރިވުމަށް އެމެރިކާއިން ވަނީ އިޒްރޭލަށް 900 ޓްރޫޕް ސިފައިންނާއި، 2 އެއާ ޑިފެންސް ސިސްޓަމާއި ދެ މަނަވަރުވެސް ފޮނުވާފައެވެ.

އިޒްރާއީލުގެ ހަމަލާތަކާއި އެކު މެދުއިރުމައްޗަށް ހަނގުރާމަ ފުޅާވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.