Advertisement

29 Oct 2023
ޚަބަރު

ލިވަޕޫލްގެ ލުއިސް ޑިއާޒްގެ މަންމަ އާއި ބައްޕަ ކޮލަމްބިއާގައި ރަހީނުކޮށްފި

އިނގިރޭސިވިލާތުގެ ލިވަރޕޫލް ފުޓުބޯޅަ ކުލަބަށް މިދިޔަ ސީޒަނުގައި ބަދަލުވި ކޮލްމަބިއާގެ ހަލުވި މިޑްފިލްޑަރ، ލުއިޒް ޑިއާޒްގެ މަންމަ އާއި ބައްޕަ ހޮނިހިރު ދުވަހު ކޮލަންބިއާގައި ރަހީނުކޮށްފިއެވެ

ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ހަމައެދުވަހު 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޑިއާޒްގެ މަންމަ ކޮލަމްބިއާގެ އުތުރުގެ ސަރަހައްދެއްކަމުގައިވާ ބަރަންކާސްއިން ސަލާމަތްކުރެވިފައިވާކަމަށެވެ. ނަމަވެސް ޑިއާޒްގެ ބައްޕަ އަދިވެސް ނުފެންނާތީ، އޭނާ ހޯދުމުގެ މަސައްކަތް ކުރިޔަށްދާކަމަށްވެސް ރައީސް ޕެޑްރޯ ހިއްސާކޮށްފައިވެއެވެ.

ކޮލަމްބިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޑިއާޒްގެ މަންމަ ސިލެނިސް މަރުލާންޑާ އަދި ބައްޕަ ލުއިޒް މަނުއަލް ޑިއާޒް ރަހީނުކޮށްފައިވަނީ ލަ ގުޖިރާ ކިޔާ ސަރަޙައްދެއްގައި އެމީހުން ތިއްބައެވެ. އަދި އެމީހުން ތިބީ ހަތިޔާރު ހިފައިގެން ކަމަށާއި، ޑިއާޒްގެ މަންމަ އާއި ބައްޕަ ރަހީނުކޮށްގެން ގެންދިޔައީ ސައިކަލުގައިކަމަށް ވެސް ހާމަކޮށްފައިވެއެވެ

ކޮލަމްބިއާގެ ޑިރެކްޓަރ އޮފް ޕޮލިސް މި މައްސަލައާއި ގުޅިގެން ބުނީ، މިކަން ރިޕޯޓު ކުރެވުނު ވަގުތުން ފެށިގެން މި މީހުން ހޯދުމަށް ޕޮލިހުގެ އިންޓެލިޖެންސް ޑިޕާޓްމަންޓާއި، ކަމާގުޅުންހުރި އެހެނިހެން ޑިޕާޓްމަންޓުތަކުން މަސައްކަތް ފަށާފައިވާކަމަށެވެ

މި ހާދިސާއާ ގުޅިގެން ލިވަޕޫލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.