ލިވަރޕޫލް ފުޓްބޯލް ކުލަބް
ލިވަރޕޫލް ފުޓްބޯލް ކުލަބް
02 Mar 2024
ކުޅިވަރު
އަނިޔާއިން އެނބުރި އައިގޮތަށް ނުނޭޒް ލިވަޕޫލަށް މުހިންމު 3 ޕޮއިންޓު ހޯދައިދީފި
އަނިޔާގެ ސަބަބުން މަހެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިގޮތަށް، ޑާވިން ނުނިއޭޒް އިންގްލިޝް ޕްރިމިއަ ލީގުގައި ލިވަޕޫލަށް މުހިންމު 3 ޕޮއިންޓު ހޯދައިދީފިއެވެ. ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލާއި 17 ވަނައިގައި އޮތް ނޮޓިންގްހަމް ފޮރެސްޓް ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 1-0 އިންނެވެ.
26 Feb 2024
ކުޅިވަރު
ޒުވާން ޓީމަކާއެކު ލިވަޕޫލުން ދިހަވަނަ ފަހަރަށް ކަރަބޯ ކަޕް ކާމިޔާބުކޮށްފި
އިނގިރޭސި ލީގު ކަޕްގެ ފައިނަލް މެޗުގައި އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލުން ޗެލްސީ ބަލިކޮށް، މުބާރާތް ދިހަވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ. އަނިޔާގެ ސަބަބުން ޓީމުގެ ފުރަތަމަ 11 ގައި ކުޅޭ ގިނަ ކުޅުންތެރިންތަކަކާ ނުލައި ނިކުތް ލިވަޕޫލުން މި މެޗު ކާމިޔާބި ކުރީ 1-0 އިންނެވެ.
05 Feb 2024
ކުޅިވަރު
އާސެނަލް އަތުން ބަލިވެ، ލީގު އެއްވަނައިގައި އޮތުމަށް ލިބިފައިވާ ލީޑު ގެއްލިދާނެކަމުގެ ބިރު ލިވަޕޫލަށް ބޮޑުވެއްޖެ
އިންގްލިޝް ޕްރިމިއަ ލީގުގައި އާސެނަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗުން ލިވަޕޫލް ބަލިވުމުން، އެ ޓީމަށް ލީގުގެ އެއްވަނައިގައި އޮތް ލީޑު ގެއްލިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ. އަދި މި ނަތީޖާގެ ސަބަބުން، ލީގުގެ އެއްވަނައަށް އެރުމަށް މިހާރު އެންމެ ފުރުސަތު ބޮޑުވެފައި އޮތީ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށެވެ.
26 Jan 2024
ކުޅިވަރު
މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލާނެކަމަށް ކްލޮޕް އިއުލާންކޮށްފި
މި ސީޒަނަށްފަހު ލިވަޕޫލްގެ ކޯޗު ޖާގަން ކްލޮޕް، އޭނާގެ މަގާމުން ދުރަށްދާނެކަމަށް އިއުލާންކޮށްފިއެވެ. ލިވަޕޫލްގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުން ހިއްސާކޮށްފައިވާ ކްލޮޕްގެ އިންޓަވިއުއެއްގައި ބުނާ ގޮތުން، އޭނާ ކްލަބުގެ މެނޭޖަރެއްގެ މަގާމުން ދުރުވާން ބޭނުންވަނީ، އެއްވެސް ހިންހަމަ ނުޖެހުމެއް އޮވެގެން ނޫންކަމާއި، މިއީ އަމިއްލަ ދިރިއުޅުމަށް ވަގުތު ދިނުމަށް ބޭނުންވެގެން ނިންމި ނިންމުމެއްކަމަށެވެ.
22 Jan 2024
ކުޅިވަރު
އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތެރެއިން ސަލާހް އަނބުރާ ލިވަޕޫލަށް
މިހާރު އައިވޮރީ ކޯސްޓްގައި ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ގާނާ އާއި އިޖިޕްޓް ބައްދަލުކުރި މެޗުގައި ލިވަޕޫލްގެ ތަރި މުޙައްމަދު ސަލާހްގެ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އެކަމަށް ފަރުވާ ހޯދުމަށް، މުބާރާތުގެ ތެރެއިން އޭނާ އަނބުރާ ލިވަޕޫލަށް ދިއުމަށް ނިންމައިފިއެވެ.
02 Jan 2024
ކުޅިވަރު
ލިވަޕޫލާ ވަކިވުމުގެ ކުރިން، ފަހު މެޗުގައި ސަލާހްގެ މުހިންމު ދެ ގޯލު
އިންގްލިޝް ޕްރިމިއަރ ލީގުގައި ރޭ ނިއުކާސްލް ޔުނައިޓެޑާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 4-2 އިން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. މިއީ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) އަށް ފުރުމުގެ ލިވަޕޫލްގެ މުޙައްމަދު ސަލާހް ކުޅޭނެ އެންމެ ފަހު މެޗެވެ. އެހެންކަމުން، ޖެނުއަރީ 7 ވަނަ ދުވަހު އާސެނަލްއާ ދެކޮޅަށް ކުޅޭ ފުޓްބޯޅަ އެސޯސިއޭޝަން ކަޕް (އެފްއޭ ކަޕް) ގެ މެޗުވެސް އޭނާއަށް ގެއްލޭނެއެވެ.
17 Dec 2023
ކުޅިވަރު
ލިވަޕޫލަށް ޔުނައިޓެޑު ބަލި ނުކުރެވުމުން އާސެނަލް އެއްވަނައަށް
އެންފީލްޑްގައި މި އަހަރު ކުޅުނު ހުރިހާ މެޗެއްގައި ލިވަޕޫލުން ވަނީ ގޯލެއް ކާމިޔާބު ކޮށްފައެވެ. ނަމަވެސް ޔުނައިޓެޑުގެ ގޯލާ އަމާޒުކޮށް ލިވަޕޫލުން ފޮނުވާލި 34 ޝޮޓުގެ ތެރެއިން އެއްވެސް ޝޮޓެއް ގޯލުގެ ތެރެއަށް ފޮނުވާލެވިފައެއް ނުވެއެވެ. މިއީ 2003/04 ގެ ސީޒަނަށްފަހު، މިހާ ގިނަ ހަމަލާ އުފައްދާ، ގޯލެއް ކާމިޔާބު ނުކުރެވި ލެވަޕޫލަށް މެޗު ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.
10 Dec 2023
ކުޅިވަރު
އިތުރު ވަގުތުގައި އެލިއަޓް ކާމިޔާބުކުރި ގޯލުން ލިވަޕޫލް އެއްވަނައަށް
އިންގްލިޝް ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ އިރާކޮޅު ލިވަޕޫލް އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައި ހާވޭ އެލިއަޓް ކާމިޔާބުކުރި ގޯލަކުން، 2-1 އިން ލިވަޕޫލް މޮޅުވެ އެ ޓީމު ލީގުގެ އެއްވަނައަށް އެރިއެވެ. އެއީ އާސެނަލްއަށް ވުރެން އެއް ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ. އަދި ހަފްތާ ނިމޭއިރު ވެސް ލިވަޕޫލް އެ މަގާމުގައި އޮންނާނެކަން ކަށަވަރުވީ، އާސެނަލް އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު، 1-0 އިން އެސްޓަން ވިލާ ކާމިޔާބު ކުރުމުންނެވެ.
04 Dec 2023
ކުޅިވަރު
ދެ މިނެޓު ތެރޭގައި މެޗު އަނބުރާލާ، ލިވަޕޫލް ލީގުގެ ދެވަނައަށް
މެޗުގެ 80 ވަނަ މިނެޓުގައި ޖެހި ގޯލަކާއެކީ ފުލަމް 3-2 އިން ކުރީގައި އޮއްވައި، ލިވަޕޫލުން ވަނީ މެޗުގެ 87 އަދި 88 ވަނަ މިނެޓުގައި މުޅި މެޗު ބަދަލުކޮށްލާފައެވެ. މެޗު ބަދަލުކޮށްލުމަށް މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ އެލެކްސެންޑަރ އާނޯލްޑެވެ.
29 Oct 2023
ޚަބަރު
ލިވަޕޫލްގެ ލުއިސް ޑިއާޒްގެ މަންމަ އާއި ބައްޕަ ކޮލަމްބިއާގައި ރަހީނުކޮށްފި
އިނގިރޭސިވިލާތުގެ ލިވަރޕޫލް ފުޓުބޯޅަ ކުލަބަށް މިދިޔަ ސީޒަނުގައި ބަދަލުވި ކޮލްމަބިއާގެ ހަލުވި މިޑްފިލްޑަރ، ލުއިޒް ޑިއާޒްގެ މަންމަ އާއި ބައްޕަ ހޮނިހިރު ދުވަހު ކޮލަންބިއާގައި ރަހީނުކޮށްފިއެވެ.
04 Oct 2023
ކުޅިވަރު
ލިވަޕޫލުން ޖެހި ގޯލު ގުނުމުގައި އޮޅުންއެރީ ހަމައެކަނި "ޗެކް ކޮމްޕްލީޓް" އޭ ވީއޭއާރު ބުނުމުން
މި ގޯލު ކަނޑައެޅުމުގައި މުއާމަލާތް ކުރުމުގެ މައްސަލަ ދިމާވިކަމަށް ސަމާލުކަމަށްއައީ މެޗުގެ ކުޅުން އަލުން ފަށާ 7 ސިކުންތު ފަހުން ކަމަށާއި، ނަމަވެސް މެޗު ކުރިއަށް ދިއުމަށްފަހު އިތުރަށް ކުޅުން ހުއްޓުމުގެ ބާރު ވީއޭއާރު ޓީމުގެ ޕްރޮޓޮކޯލް ބުނާ ގޮތުން ނޯންނާތީ އެކަން ނުކުރީމަކަށް އެ ރިޕޯޓުގައިވެއެވެ.
20 Sep 2023
ކުޅިވަރު
ސަލާޙް ޕްރިމިއަރ ލީގުގެ އާ އުސްމިންތަކަކަށް
ޕްރިމިއަ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމް 3 ފަހަރު ހާސިލް ކޮށްފައިވާ ސަލާޙްގެ މި ކާމިޔާބީއާ އެކީ އޭނާ ހިމެނިގެން ގޮސްފައި މިވަނީ އެ ލީގުގައި އެއް ކްލަބަކަށް 200 އަށް ވުރެން ގިނަ ގޯލު ކާމިޔާބު ކުރުމުގައި ޝާމިލްވާ 8 ކުޅުންތެރިންގެ ތެރޭގައެވެ.