Advertisement

08 Apr 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އޯލްޑް ޓްރެފާޑްގައި ލިވަޕޫލަށް މުހިންމު ޕޮއިންޓުތަކެއް ގެއްލުމުގެ ފައިދާ އާސެނަލްއަށް

އިންގްލިޝް ޕްރިމިއަ ލީގުގައި އާދީއްތަ ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވެ، ލީގު ތައްޓަށް ވާދަކުރަމުންދާ ލިވަޕޫލަށް މުހިންމު ޕޮއިންޓުތަކެއް ގެއްލިއްޖެއެވެ. އަދި ލިވަޕޫލަށް ލިބުނު މި ގެއްލުމުގެ ފައިދާ ނަގާފައިވަނީ ލީގުގެ ދެވަނައިގައި އޮތް އާސެނަލްއެވެ.

އޯލްޑް ޓްރެފާޑްގައި ކުޅުނު މި މެޗު އެއްވަރުވީ، މެޗު ނިމެން ކައިރިވެފައި ވަނިކޮށް ލިވަޕޫލްގެ ފޯވާޑް މުޙައްމަދު ސަލާޙް ކާމިޔާބުކޮށްދިން ޕެނަލްޓީއަކުން، 2-2 އިންނެވެ

މި މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ލިވަޕޫލްއިންނެވެ. އެއީ ފުރަތަމަ ހާފުގައި ލުއިޒް ޑިއާޒް ކާމިޔާބުކުރި ރީތި ގޯލަކުންނެވެ. ނަމަވެސް ދެވަނަ ހާފު ފަށައިގެން 5 މިނެޓު ކުޅެވުނުތަނާ ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރިއެވެ. އެއީ ލިވަޕޫލްގެ ޒުވާން ޑިފެންޑަރު، ޖަރެލް ކުއަންސާހްއަށް ހެދުނު ގޯހެއްގެ ބޭނުން ހިފައި، ބްރޫނޯ ފެނާންޑޭޒް މެދުރޮނގު ކައިރިން ގޯލަށް ބޯޅަ ފޮނުވާލައިގެނެވެ.

އޭގެ 17 މިނެޓުފަހުން، އުމުރުން އެންމެ 18 އަހަރުގެ ކޮބީ މައިނޫ ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކަނާތް ފަރާތުގައި ހުރުމަށްފަހު ދުރުކަނަށް ބޯޅަ ފޮނުވާލައިގެން މައިނޫ މި ކާމިޔާބުކުރި ގޯލާއެކީ، ގިނަ ދުވަސްތަކެއް ވަންދެން ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް އެމީހުންގެ މަގާމު ދިފާއުކުރަން އުނދަގޫ ވިއެވެ.

ލިވަޕޫލުން އުފެއްދި ގިނަ ހަމަލާތަކެއް ގޯލަށް ވައްދާނުލެވި އުޅެނިކޮށް، މެޗު ހަމަހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ސަލާހްއެވެ

މި ނަތީޖާއާއެކު ލިވަޕޫލް އާއި އާސެނަލް އޮތީ ޕޮއިންޓުގެ ގޮތުން ހަމަހަމަވެފައެވެ. ނަމަވެސް ގޯލު ފަރަގާއެކު އެޑްވަންޓޭޖު ލިބުނީ އާސެނަލްއަށެވެ. އެ ޓީމުން ވަނީ ހޮނިހިރު ދުވަހުގެރޭ 3-0 އިން ބްރައިޓަން ބަލިކޮށް، ޖުމްލަ 71 ޕޮއިންޓު ހޯދާފައެވެ. އަދި ލިވަޕޫލް އެއްވަރުވުމުން އެ ޓީމަށް ލިބުނު ޖުމްލަ ޕޮއިންޓުގެ އަދަދަކީ ވެސް 71 އެވެ. ލީގުގެ ތިން ވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ލިބިފައިވަނީ 70 ޕޮއިންޓެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.