އާސެނަލް ލީގުގެ އެއްވަނައަށް އެރިއިރު ދެން އޮތީ ލިވަޕޫލާއި ސިޓީގެ ކުރިމަތިލުމެއް
އިންގްލިޝް ޕްރިމިއަ ލީގުގައި އާސެނަލް އާއި ބްރެންޓްފޯޑު ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށް، ގިނަ ދުވަސްތަކަކަށްފަހު ލީގުގެ އެއްވަނައަށް އާސެނަލް އަރައިފިއެވެ. މި ކާމިޔާބާއެކު އާސެނަލްއަށް އޮތް ހިތްހަމަ ޖެހުމަކީ، އާދީއްތަ ދުވަހު ލީގުގެ ބޮޑު ދެ ބާރު ކަމުގައިވާ ލިވަޕޫލާއި މެންޗެސްޓާ ސިޓީގެ ކުރިމަތިލުން ތާވަލުކޮށްފައި އޮތުމެވެ.