Advertisement

ވެސްޓް ހޭމް ކޮޅަށް ހޮނިހިރު ދުވަހުގެ ރޭ ހާލަންޑު ކާމިޔާބު ކުރި ތިން ވަނަ ގޯލު --

01 Sep 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވެސްޓް ހޭމް ކޮޅަށް ހެދި ހެޓްރިކާއެކު، ހާލަންޑުގެ ގޯލު ރޭޓަކީ ބޮޑު އަޖައިބެއް

އިންގްލިޝް ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ މެންޗެސްޓަރ ސިޓީއިން ރަށުން ބޭރުގައި ވެސްޓް ހޭމް އާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ނޯވޭގެ ފޯވާޑް، އާރލިން ހާލަންޑު ހެދި ހެޓްރިކާއެކު، އިންގްލިޝް ޕްރިމިއަރ ލީގުގެ އައު ރެކޯޑުތަކެއް އޭނާ ގާއިމްކޮށްފިއެވެ.

2024/25 ސީޒަނުގައި މެންޗެސްޓަރ ސިޓީއިން މިހާތަނަށް 3 މެޗު ކުޅެފައިވާއިރު، މިއީ އޭނާ ކާމިޔާބު ކުރި 7 ވަނަ ގޯލެވެ. ލީގުގެ ފުރަތަމަ މެޗުގައި ސިޓީ އިން ޗެލްސީ 2-0 އިން ބަލިކުރި މެޗުގައި އޭނާ ވަނީ ގޯލެއް ކާމިޔާބު ކޮށްފައެވެ. އޭގެ ފަހުން އިޕްސްވިޗާ ދެކޮޅަށް ކުޅުނު މެޗުގައި 3 ގޯލު ޖަހާ ހެޓްރިކެއް ހެދުމެއްފަހު، އޭގެ އެއް ހަފްތާ ފަހުން ވެސްޓް ހޭމްއާ ދެކޮޅަށް އޭނާ މި ވަނީ މި ސީޒަންގެ ދެވަނަ ހެޓްރިކް ހަދާފައެވެ.

މިއާ އެކު، ހާލަންޑު ވެގެން ގޮސްފައި މިވަނީ ސީޒަންގެ ފުރަތަމަ 3 މެޗުން 7 ގޯލު ކާމިޔާބު ކުރި ފުރަތަމަ ކުޅުން ތެރިޔާއަށެވެ. މި އަދަދަށް މި ސީޒަނުގައި އަދި އެއްވެސް ކްލަބަކަށް ވެސް ގޯލު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އަދި މީގެ އިތުރުން، ފާއިތުވި 30 އަހަރުގެ ތެރޭގައި ލީގުގެ ފުރަތަމަ 3 މެޗުގައި 2 ހެޓްރިކް ހެދި ހަމައެކަނި ކުޅުންތެރިޔާއަކީ ވެސް އޭނާއެވެ. މީގެ ކުރިން ލީގުގެ ފުރަތަމަ 3 މެޗުގައި ހެޓްރިކް ހަދާފައިވަނީ 1994/95 ވަނަ ސީޒަނުގައި، ބްރެޑްފޯޑުގެ ޕޯލް ޖެވެލްއެވެ.

ހާލަންޑު މިހާތަނަށް މި ސީޒަންގައި ގޯލު ޖަހަމުން އަންނަ ރޭޓު މެޗަކަށް 2.3 ގައި ހުރި އިރު، މި ރޭޓު އޭނާއަށް ދެމެހެއްޓިއްޖެ ނަމަ، މި ސީޒަނުގައި އޭނާއަށް 89 ލީގު ގޯލު ކާމިޔާބު ކުރެވޭނެއެވެ.

ވެސްޓް ހޭމްއާ ދެކޮޅަށް ހާލަންޑު ހެދި ހެޓްރިކަކީ ޕްރިމިއަރ ލީގުގައި އޭނާ ކުޅުނު 69 މެޗުން ހެދި 8 ވަނަ ހެޓްރިކެވެ. މުބާރާތުގެ ތާރިހުގައި އޭނާއަށް ވުރެން ގިނައިން ހެޓްރިކް ހަދާފައިވަނީ، 275 މެޗުން 12 ހެޓްރިކް ހަދާފައިވާ ސާޖިއޯ އަގުއެރޯ އާއި 441 މެޗުން 11 ހެޓްރިކް ހަދާފައިވާ އެލަން ޝިއެރާރ އަދި 379 މެޗުން 9 ހެޓްރިކް ހަދާފައިވާ ރޮބީ ފައުލާއެވެ.

ނަމަވެސް މި ކުޅުންތެރިންނާ ތަފާތަށް، ކުޅުނު މެޗުގެ އަދަދަށް ބަލާއިރު ހާލަންޑުގެ ހެޓްރިކް ރޭޓު އުޅެނީ މާ ކުރީގައެވެ. ހާލަންޑު އެވަރެޖުކޮށް މިހާތަނަށް ކޮންމެ 8.6 މެޗަކުން ހެޓްރިކް ހަދާފާއިވާއިރު، އަގުއެރޯ 12 ހެޓްރިކް ހަދާފައިވަނީ އެވަރެޖުކޮށް ކޮންމެ 22.9 މެޗަކުންނެވެ. އެލަން ޝިއެރާރގެ ރޭޓު 40 ގައި ހުރި އިރު، ފައުލާގެ ރޭޓު ހުރީ 42.1 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.