Advertisement

14 May 2024
އިންގްލިޝް ޕްރިމިއަ ލީގް
މިފްތާޙް މުޙައްމަދު

އާސެނަލް މިވަގުތު އެންމެ ބޭނުންވަނީ އަވަށްޓެރިންގެ އެހީ

އިންގްލިޝް ޕްރިމިއަ ލީގުގައި މިރޭ މެންޗެސްޓަރ ސިޓީ އާއި ޓޮޓްނަމް ހޮޓްސްޕަރ (ސްޕާސް) ބައްދަލުކުރާ މެޗަކީ، ސިޓީގެ އަމިއްލަ ބާރު ލީގު ތަށިން ކަނޑުވާލާ، އެ ފުރުސަތު އާސެނަލްއަށް ލިބިދިނުމަށް މުހިންމު މެޗެކެވެ. މިއަންނަ އާދީއްތަ ދުވަހު ޕްރިމިއަ ލީގުގެ މި ސީޒަނުގެ އެންމެ ފަހު މެޗެތައް ކުޅުމަށް ހަމަޖެހިފައިވާއިރު، އޭގެ ކުރިން މިރޭ އެ ބާރު ލިބިފައި މިއޮތީ އާސެނަލްއާއެކު ނޯތު ލަންޑަނަށް ނިސްބަތްވާ ސްޕާސްއަށެވެ.

ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ކުޅޭ މި މެޗުން ސިޓީއަށް މޮޅު ނުވެވިއްޖެނަމަ، މިއަންނަ އާދީއްތަ ދުވަހު އާސެނަލް ލީގު ތަށި ނެގުމަކީ ވަރަށް ގާތްކަމެކެވެ. އެގޮތުން، މިރޭގެ މެޗު އެއްވަރުވެއްޖެނަމަ، 86 ޕޮއިންޓާއެކު އާސެނަލްއާ ޕޮއިންޓުގެ ގޮތުން ސިޓީ ހަމަހަމަވާނެއެވެ. މި ހާލަތު މެދުވެރިވެއްޖެ ނަމަވެސް ފުރުސަތު ބޮޑީ އާސެނަލްއަށެވެ. ސަބަބަކީ ގޯލުގެ ތަފާތުން އާސެނަލް 3 ގޯލު ކުރީގައި އޮތުމެވެ.

މިރޭގެ މެޗުން ސިޓީ ބަލިވެއްޖެނަމަ، އާސެނަލް ޖެހޭނީ ލީގު ނެގުމަށް އާދީއްތަ ދުވަހުގެ މެޗު ކާމިޔާބު ކުރާށެވެ. އާދީއްތަ ދުވަހު އާސެނަލް ނިކުންނާނީ ލީގުގެ 15 ވަނައިގައި އޮތް އެވަޓަންއާ ދެކޮޅަށެވެ. ނަމަވެސް މި މެޗަކީ އާސެނަލްއަށް އެހާ ފަސޭހަވާނެ މެޗެއް ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ އެވަޓަން މިހާރު ރެލިގޭޝަނުން ސަލާމަތްވެފައި އޮތް ނަމަވެސް، އެ ޓީމުގެ މިވަގުތުގެ ފޯމު ރަގަޅުވުމެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވެފައިވާއިރު، މި މުއްދަތުގައި އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

ފަހު މެޗުގައި ސިޓީ ނިކުންނާނީ ލީގުގެ 9 ވަނައިގައި އޮތް ވެސްޓް ހޭމްއާ ދެކޮޅަށެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި 3 މެޗުން ބަލިވެފައިވާއިރު، އެއްވަރުވެފައިވަނީ އެއް މެޗުންނެވެ.

މިރޭ ސިޓީއާ ދެކޮޅަށް ނިކުންނައިރު، އާސެނަލްގެ އަވަށްޓެރި ސްޕާސް ވެސް އޮތީ ރަގަޅު ފޯމަކު ނޫނެވެ. އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން އެ ޓީމަށް ކާމިޔާބުކުރެވިފައިވަނީ އެއް މެޗެވެ. އަނެއް 4 މެޗުން ވަނީ ބަލިވެފައެވެ.

ނޯތު ލަންޑަނުގައި ސްޕާސް އަދި ސިޓީ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.

ކޮމެންޓް
ޝެއިޙް ފަންސޫރު
އާސެނަލް މި ސީޒަނުގަވެސް ނަގަންޖެހޭނީ ބަތްކާ ތައްޓެއް. މީ މަބުނި އެއްޗެއް ނޫން
14 May 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.