Advertisement

10 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އާސެނަލް ލީގުގެ އެއްވަނައަށް އެރިއިރު ދެން އޮތީ ލިވަޕޫލާއި ސިޓީގެ ކުރިމަތިލުމެއް

އިންގްލިޝް ޕްރިމިއަ ލީގުގައި އާސެނަލް އާއި ބްރެންޓްފޯޑު ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށް، ގިނަ ދުވަސްތަކަކަށްފަހު ލީގުގެ އެއްވަނައަށް އާސެނަލް އަރައިފިއެވެ. މި ކާމިޔާބާއެކު އާސެނަލްއަށް އޮތް ހިތްހަމަ ޖެހުމަކީ، އާދީއްތަ ދުވަހު ލީގުގެ ބޮޑު ދެ ބާރު ކަމުގައިވާ ލިވަޕޫލާއި މެންޗެސްޓާ ސިޓީގެ ކުރިމަތިލުން ތާވަލުކޮށްފައި އޮތުމެވެ

ހޮނިހިރު ދުވަހުގެ މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ އާސެނަލްއިންނެވެ. އެއީ މެޗުގެ 19 މިނެޓުގައި ބެން ވައިޓް ހުރަސްކުރި ހުރަހަކުން ޑެކްލަން ރައިސް ބޮލުން ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މެޗުގެ ކޮންޓްރޯލް ނަގަމުން ދިޔަ އާސެނަލްއަށް މި ލީޑު ގެއްލުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ކީޕަރު، އާރޮން ރަމްސްޑޭލަށް ހެދުނު ގޯހެއްގެ އެޑްވަންޓޭޖު ނަގައި، ބްރެންޓްފޯޑުގެ ޔޯން ވިޒާ ކާމިޔާބުކުރި ގޯލަކުންނެވެ

ލީގުގެ މުހިންމު ދަނޑިވަޅެއްގައި ލީޑު ނެގުމަށް ފުރުސަތު ލިބިފައި އޮތް އާސެނަލްއަށް މެޗުގެ 3 ޕޮއިންޓު ޔަގީން ކުރެވުނީ މެޗު ނިމެން 4 މިނެޓަށް ވެފައިވަނިކޮށް ކައި ހަވަޓްސް ކާމިޔާބުކުރި ގޯލަކުންނެވެ. މިއީ ވެސް ބެން ވައިޓުގެ ހުރަހަކުން އާސެނަލް ކާމިޔާބު ކުރި ގޯލެކެވެ. ބެން ވައިޓުގެ ހުރަސް ހަވަޓްސް ގޯލަށް ފޮނުވާލާފައިވަނީ ބޮލުންނެވެ

މި މޮޅާއެކު އާސެނަލް 64 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 63 ޕޮއިންޓެވެ. އަދި ސިޓީ ތިންވަނައިގައި އޮތީ 62 ޕޮއިންޓާއެކުއެވެ. ލިވަޕޫލާއި ސިޓީ އެންފީލްޑުގައި ނިކުންނަ މެޗު އެއްވަރު ވެއްޖެނަމަ، އާސެނަލްއަށް މި ގޭމްވީކް ނިންމާލާނީ ލީގުގެ އެއްވަނައިގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.