Advertisement

12 May 2024
އިންގްލިޝް ޕްރިމިއަ ލީގް
މިފްތާޙް މުޙައްމަދު

ޔުނައިޓެޑް ބަލިކުރުމަށްފަހު އާސެނަލް އޮތީ އުއްމީދުގައި

އިންގްލިޝް ޕްރިމިއަ ލީގުގައި އާދީއްތަ ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށް، ލީގު ރޭހުގެ އެއްވަނައަށް އަނެއްކާ ވެސް އާސެނަލް ޖެހިލައިފިއެވެ.

އޯލްޑް ޓްރެފާޑުގައި އާސެނަލް އިން ޔުނައިޓެޑު ބަލިކުރިއިރު، މި މެޗުގެ ހަމައެކަނި ގޯލު އާސެނަލްއަށް ކާމިޔާބުކޮށްދިނީ ޓްރޮސާޑްއެވެ. އަދި މި ނަތީޖާއާއެކު، ޔުނައިޓެޑުން މި ސީޒަނުގައި ބަލިވި މެޗުތަކުގެ އަދަދު މިވަނީ 9 އަށް އަރާފައެވެ. އެހެންކަމުން މިއީ އެ ކުލަބުގެ ތާރީހުގައި އެއް ސީޒަނެއްގައި އެންމެ ގިނައިން ބަލިވެފައިވާ ސީޒަންވެސް މެއެވެ.

ޔުނައިޓެޑު ބަލިކުރުމުން ލިބުނު 3 ޕޮއިންޓާއެކު، އާސެނަލް 86 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތްއިރު، 85 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައި އޮތީ މެންޗެސްޓަރ ސިޓީއެވެ. އެހެންކަމުން އަމިއްލަ ބާރު އޮތީ ސިޓީގެ އަތުގައެވެ. ލީގުގައި ބާކީ ދެ މެޗު ސިޓީ ކުޅެން ޖެހޭއިރު، އާސެނަލްއަށް ބާކީ އޮތީ އެންމެ މެޗެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.