Advertisement

01 Apr 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އާސެނަލްއާ މެންސިޓީ "ދެވަރުން އެއްވަރުވެ" ލިވަޕޫލުން ފައިދާ ނަގައިފި

އިނގިރޭސި ޕްރިމިއަ ލީގުގައި މުހިންމު ކުރިމަތިލުމަކަށް ވެގެން ދިޔަ މެންޗެސްޓަރ ސިޓީ އާއި އާސެނަލް ބައްދަލުކުރި މެޗުގައި، ލީގު ރޭހުގައި އެޑްވަންޓޭޖު ނެގުމަށް ދެ ޓީމުން ކުރި ބުރަ މަސައްކަތުން "ދެވަރުން އެއްވަރުވެ" ނަތީޖާއެއް ނުނެރެވި، 0-0 އިން އެއްވަރުވެގެން މެޗު ނިންމާލަން ޖެހިއްޖެއެވެ. އެހެންކަމުން، ޔާގެން ކްލޮޕަށް ރަގަޅު ފެއާވެލްއަކާއެކު ސީޒަން ނިންމާލުމަށް ތައްޔާރުވަމުންދާ ލިވަޕޫލުން މިވަނީ އެކަމުގެ ފައިދާ ނަގާފައެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުން ގޯލުޖަހާނެ ރަގަޅު ފުރުސަތުތައް ތަނަވަސްކޮށްފައި ވެއެވެ. މި ސްޓޭޑިއަމްގައި، އަދި އެއްވެސް ޓީމަކަށް މި ސީޒަނުގައި ސިޓީ ބަލިކުރެވިފައި ނުވިނަމަވެސް، މެޗަށް ނިކުތްއިރު އާސެނަލްއަށް އޮތް އެންމެ ބޮޑު ހިތްވަރަކީ، އެމިރޭޓްސްގައި މިދިޔަ އޮކްޓޯބަރު މަހު ދެ ޓީމު ބައްދަލުކުރި މެޗުގައި 1-0 އިން ސިޓީ ބަލިކޮށްފައިވުމެވެ. ނަމަވެސް އެންމެ ފަހުން ލީގުގައި ކުޅުނު 8 މެޗުން މޮޅުވެފައިވާ އާސެނަލްއަށް، މި މެޗުގައި ނަތީޖާއެއް ނެރެވޭ ގޮތެއް ނުވިއެވެ

މިއީ ލީގުގެ ކުރީގައި އުޅޭ ތިން ޓީމުން، އެއް ޓީމުން އަނެއް ޓީމަށް ސީދާ ރައްދު ދިނުމަށް މި ސީޒަންގައި ލިބުނު އެންމެ ފަހު ފުރުސަތެވެ. މި މެޗު ނިމިގެން މި ދިޔައީ ލިވަޕޫލުން އެންމެ ހިތްހަމަ ޖެހޭ ގޮތަށް، ސިޓީއާ އާސެނަލްގެ ކުރިމަތިލުމުން ކޮންމެ ޓީމަކަށް އެއް ޕޮއިންޓު ލިބިގެނެވެ

މި ނަތީޖާއާއެކީ ފާއިތުވި ހަ ސީޒަނުގެ ތެރެއިން ފަސް ސީޒަނުގައި ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ މެންސިޓީއަށް އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ލީގުގެ ދެވަނައަށް އެރުމަށް ލިބުނު ފުރުސަތު ވެސް މިވަނީ ބޭކާރުވެފައެވެ. އެހެންކަމުން، ލީގުގައި ބާކީ 9 މެޗު ކުޅެން އޮތްއިރު، ކޮންމެ މެޗަކީ ވެސް ލީގުގެ ރޭހަށް ބަދަލު އައިސްދާނެ މެޗެކެވެ.

ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ބަރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި، ބްރައިޓަން ގޯލެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ 2-1 އިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. ބްރައިޓަންއިން ލީޑު ނެގީ ދެވަނަ މިނެޓުގައި ވެލްބެކް ޖަހައިދިން ގޯލަކުންނެވެ. ނަމަވެސް، ލުއިޒް ދިއާޒްއާ މުހައްމަދު ސަލާހްގެ ގޯލުތަކުން ލިވަޕޫލް ވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ.

އެހެންކަމުން ލީގު ތާވަލުގައި ލިވަޕޫލުން މިވަނީ މިހާރު ދެ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.