Advertisement

25 Apr 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އެވަޓަން އަތުން ބަލިވެ، ލިވަޕޫލަށް މި ސީޒަނުގައި އެއްވެސް ތައްޓެއް ނުލިބޭނެކަހަލަ އިހުސާސެއް

އިންގްލިޝް ޕްރިމިއަ ލީގުގައި ރޭ އެވަޓަންއާ ބައްދަލުކޮށް ލިވަޕޫލަށް ނަތީޖާއެއް ނުނެރެވުމުން، އެ ޓީމު އެންމެ ފަހުން ލީގުގެ ރޭހުން ސޮއްސާލާފާނެކަމަށް ގަބޫލުކުރެވެން ފަށައިފިއެވެ. އެވަޓަންގެ ގުޑިސަން ޕާކުގައި ކުޅުނު މި މެޗު އެވަޓަން އިން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ.

ލިވަޕޫލުން މުޅި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެވަޓަންއާ އަޅާބަލާއިރު، އެ ޓީމަށް މާ ގިނަ ހަމަލާތަކެއް އިދިކޮޅު ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ.

އެވަޓަންގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައި އެ ޓީމުގެ ޑިފެންޑަރު ބްރެންތުވެއިޓްއެވެ. އަދި ދެވަނަ ގޯލު ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ ޑޮމިނިކް ކެލްވާޓް-ލުވިންއެވެ.

އެވަޓަންގެ ދަނޑުގައި އެމީހުނަށް ލިވަޕޫލް މި ބަލިކުރެވުނީ 13 އަހަރަށް ފަހުއެވެ. އެންމެފަހުން ލީގު މެޗެއްގައި އެވަޓަންއަށް ލިވަޕޫލް ބަލިކުރެވިފައިވަނީ 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެ މެޗު ވެސް އެވަޓަން ކާމިޔާބުކުރީ 2-0 އިންނެވެ.

މި ނަތީޖާއާއެކީ މިވަގުތު ލިވަޕޫލް 74 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައި އޮތް ނަމަވެސް، ތިން ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ ލިވަޕޫލަށް ވުރެން އެއް ޕޮއިންޓު ފަހަތުގައި އޮތީ ދެ މެޗު މަދުން ކުޅެގެނެވެ. އެހެންކަމުން، ބޮޑަށް ބެލެވޭ ގޮތުގައި ދެން ލީގު ތައްޓަށް އެންމެ ކައިރިން ވާދަކުރާނީ ސިޓީއާއެކު އާސެނަލްއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.