Advertisement

14 Apr 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ތަރިންތައް ރެސްޓުގަ ބައިތިއްބައިގެން ސިޓީ ލީގުގެ އެއްވަނައަށް އަރައިފި

އިންގްލިޝް ޕްރިމިއަ ލީގުގައި ޗެމްޕިއަންސް މެންޗެސްޓަރ ސިޓީއިން ލުޓޯން 5-1 އިން ބަލިކުރުމަށްފަހު ލީގުގެ އެއްވަނައަށް އަރައިފިއެވެ

މި މެޗަށް ސިޓީއިން ނިކުތީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ކުޅޭ މުހިންމު ކުޅުންތެރިންތަކެއް ކަމުގައިވާ ފިލް ފޮޑެން، ޖެކް ގްރިއަލިޝް އަދި ބަނާޑޯ ސިލްވާ ނުލައެވެ. އެއީ ބުދަ ދުވަހު އޮންނަ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގަށް ތައްޔާރުވުމުގެ ގޮތުންކަމަށް ބެލެވެއެވެ

މެޗު ފެށިތާ 66 ސިކުންތުގެ ތެރޭގައި ސިޓީއަށް ލީޑު ލިބުނީ ލުޓޯންގެ ޑައިކީ ހަޝިއޯކާ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މި ގޯލާއެކު 1-0 އިން ފުރަތަމަ ހާފު ނިންމާލިއިރު، ސިޓީގެ ގޯލުތައް ފެނިގެން ގޮސްފައިވަނީ މެޗުގެ ފަހުކޮޅުއެވެ.

އެ ޓީމުން ކާމިޔާބުކުރި ދެވަނަ ގޯލަކީ ކޮވަސިޗްގެ "ވޮލީ"އެކެވެ. ޖޫލިއަން އަލްވަރޭޒް ލުޓޯންގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، ކޮވަސިޗް ގޯލަށް ފޮނުވާލީ ޕެނަލްޓީ އޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށެވެ

އެ ގޯލަށްފަހު ލުޓޯން ކުޅުންތެރިންގެ ފުށުން ވަރުބަލިކަން ފެނުނެވެ. އެހެންކަމުން މިކަމުގެ ފައިދާ ސިޓީއިން ވަނީ ފުރިހަމައަށް ނަގާފައެވެ. އަދި ޑޮކޫއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން، ސިޓީ އިން އެމީހުންގެ ތިން ވަނަ ގޯލު ކާމިޔާބުކުރިއެވެ. މި ގޮލު ކާމިޔާބުކޮށްދިނީ ހާލަންޑެވެ

މެޗު ނިމެން 3 މިނެޓަށް ވެފައި ވަނިކޮށް ސިޓީގެ ހަތަރުވަނަ ގޯލު ޑޮކޫ ކާމިޔާބުކުރިއިރު، އިތުރު ވަގުތުގައި ވާޑިއޯލްވަނީ އެ ޓީމުގެ ފަސް ވަނަ ގޯލު ކާމިޔާބުކޮށްފައެވެ.

ލުޓޯންގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 81 ވަނަ މިނެޓުގައި ރޮސް ބާކްލޭއެވެ.

ސިޓީ ލީގުގެ އެއްވަނައަށް އެރި ނަމަވެސް، އާދީއްތަ ދުވަހު އާސެނަލް އާއި ލިވަޕޫލުން އެ ޓީމުތަކުގެ މެޗުތައް ކާމިޔާބުކޮށްފިނަމަ ސިޓީ އަނެއްކާވެސް މި ވަގުތަށް ލީގުގެ ތިން ވަނައަށް ވެއްޓޭނެއެވެ. މި ގޭމްވީކްގައި އާސެނަލް އެސްޓަންވިލާއާ ބައްދަލު ކުރާއިރު، ލިވަޕޫލް ކުޅޭނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ. މި ދެ ޓީމަށް ވެސް މިހާރު ލީގުގައި ލިބިފައިވަނީ 71 ޕޮއިންޓެވެ. އަދި އެއް މެޗު އިތުރަށް ކުޅެ، ސިޓީއަށް ލިބިފައިވަނީ 73 ޕޮއިންޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.