Advertisement

27 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އެވަޓަންގެ އަދަބު ލުއިކޮށްދީފި

އިންގްލިޝް ޕްރިމިއަ ލީގުގެ މާލީ ގަވާއިދާ ޚިލާފުވެގެން އެވަޓަން ފުޓުބޯޅަ ކްލަބަށް ދިން އަދަބު ލުއިކުރުމަށް އެޕީލް ބޯޑުން ނިންމައިފިއެވެ. އެޕީލް ބޯޑުން ނިންމީ ކުރިން އުނިކުރި 10 ޕޮއިންޓުގެ ބަދަލުގައި 6 ޕޮއިންޓު އުނިކުރުމަށެވެ.

2021/2022 ސީޒަންގައި އެވަޓަން ކުރި މާލީ ކުށަށް ރިއާޔަތްކޮށް، މައްސަލަ ބެލި މިނިވަން ކޮމެޓީއިން ނިންމީ އެ ޓީމުން ލީގުގައި ހޯދާފައިވާ ޕޮއިންޓުތަކުގެ ތެރެއިން 10 ޕޮއިންޓު އުނިކުރުމަށެވެ

މި ނިންމުމާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހު ޕޮއިންޓު އުނިކުރުމުން އެވަޓަންވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފައެވެ. ނަމަވެސް އަދަބު ލުއިކުރުމާ ގުޅިގެން އެ ޓީމުވަނީ މިހާރު 25 ޕޮއިންޓާއެކު ލީގުގެ 15 ވަނައަށް ކުރިޔަށް ޖެހިލާފައެވެ.

އެވަޓަންގެ 10 ޕޮއިންޓު އުނިކުރުމާ ގުޅިގެން އޭރު އެވަޓަންގެ ސަޕޯޓަރުންވަނީ އެ ޓީމުގެ ހޯމް މެޗުތަކުގައި ޕްރިމިއަލީގުގެ މި ނިންމުމާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފައެވެ. ސަޕޯޓަރުން ތުހުމަތުކުރީ ޕްރިމިއަ ލީގުން ޓީމުތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށެވެ

ނަމަވެސް އެޕީލް ކޮމެޓީން އެވަޓަންގެ އަދަބު ލުއިކުރުމަށް ނިންމުމުން އެވަޓަންގެ މެނޭޖުމެންޓު އޮތީ އެކަމާ ހިންހަމަޖެހިފައެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.