Advertisement

26 Apr 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ބްރައިޓަން ބަލިކޮށް، މެންޗެސްޓަރ ސިޓީއިން ލީގު އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމާ ގާތަށް

އިންގްލިޝް ޕްރިމިއަ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ބްރައިޓަން އެންޑް ހޯވް އަލްބިއަން (ބްރައިޓަން) 4-0 އިން ބަލިކޮށް، މެންޗެސްޓަރ ސިޓީއިން ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއާ އެއް ޕޮއިންޓަށް ކައިރިއަށް ޖެހިލައިފިއެވެ.

އާސެނަލް އިން ހަފްތާގެ މެދުތެރޭގައި ޗެލްސީ ބޮޑު ތަފާތަކުން ބަލިކޮށް، ސިޓީ އާއި އޮތް ފަރަގު 4 ޕޮއިންޓަށް އިތުރުކުރި ނަމަވެސް، އެވަޓަން އަތުން ބަލިވެ ލީގު ކާމިޔާބު ކުރުމަށް ލިވަޕޫލުން ކުރަމުންދާ މަސައްކަތަށް ވަނީ ހިޔަނި އެޅިފައެވެ. އެއާ ވިދިގެން ސިޓީއިން ބްރައިޓަން ކޮޅަށް މި ހޯދި މޮޅާއެކީ، ލީގުގެ ކޮންޓްރޯލް ސިޓީގެ އަތްމައްޗަށް މިހާރު މިވަނީ ގާތްގަނޑަކަށް ގެނަސްފައެވެ.

ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީއިން ވަނީ ފުރަތަމަ ހާފުގައި 3 ގޯލުގެ ލީޑެއް ނަގާފައެވެ. ސިޓީގެ ފުރަތަމަ ގޯލަކީ ޑި ބްރޫނޭގެ "ޑައިވިންގް ހެޑަރ" އަކުން ކާމިޔާބުކުރި ރީތި ގޯލެކެވެ. މިއީ ލީގުގައި މިހާތަނަށް 255 މެޗުން 68 ގޯލު ޑި ބްރޫނޭ ކާމިޔާބު ކޮށްފައިވާއިރު، އޭނާ ބޮލުން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

ފުރަތަމަ ހާފުގެ ގޯލުތައް ދެން ކާމިޔާބު ކޮށްދިނީ ފިލް ޕޮޑެންއެވެ. މި ގޯލުތަކާއެކު ފޮޑެން މިވަނީ ޕްރިމިއަ ލީގުގައި 50 ހަމަކޮށްފައެވެ. މި ކާމިޔާބާއެކީ، ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުން މި ލެވެލްގައި އުމުރުން 23 އަހަރު ނުވަތަ އެއަށްވުރެން ހަގުކޮށް މި އަދަދަށް ގޯލު ހަމަކުރި 3 ކުޅުންތެރިންގެ ތެރޭގައި ފޮޑެން މިވަނީ ހިމެނިފައެވެ. ދެން މި ލިސްޓުގައި ހިމެނެނީ، ލިއޮނެލް މެސީ އަދި އާލިން ހާލަންޑެވެ.

ސިޓީގެ ފަހުގޯލު ކާމިޔާބުކުރީ، ކައިލް ވޯކާ ތަނަވަސް ކޮށްދިން ރީތި ފުރުސަތަކުން ޖޫލިއަން އަލްވަރޭޒްއެވެ.

މި މޮޅާއެކު ސިޓީ މިވަނީ މި ސީޒަނުގައި މެޗަކުން ބަލިނުވެ 30 މެޗު ހަމަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.