Advertisement

17 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

މިއީ ގަބޫލުކުރަން ދަތި ބައްޔެއް: ސޮން

އިންގްލިޝް ޕްރިމިއަލީގުގައި ހޮނިހިރު ދުވަހުގެރޭ ފުލަމް އަތުން 3-0 އިން ޓޮޓެންހަމް ހޮޓްސްޕާ ބަލިވި ބަލިވުމަކީ ގަބޫލުކުރަން ދަތި ބައްޔެއްކަމަށް، ޓޮޓެންހަމްގެ ކެޕްޓަން ހިއުން-މިން ސޮން ބުނެފިއެވެ.

ފުލަމްގެ ކްރޭވަން ކޮޓޭޖުގައި ކުޅުނު މި މެޗުގައި ޓޯޓެންހަމް ފެނުނީ ފުލަމްއަށް ވުރެން ހުރިހާ ގޮތަކުން ވެސް ބަލިކަށި ޓީމެއްގެ ގޮތުގައެވެ. މި ސީޒަންގައި 14 ގޯލު ކާމިޔާބުކޮށްފައިވާ ސޮންއަށް ވެސް މި މެޗުގައި އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މި މެޗުގައި ފުލަމްއިން އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި އެ ޓީމުގެ ފޯވާޑް، ރޮޑްރީގޯ މުނީޒެވެ. ދެވަނަ ގޯލު ކާމިޔާބުކުރީ ދެވަނަ ހާފުގެ 4 ވަނަ މިނެޓުގައި ލުޗިކްއެވެ. އަދި އެ ޓީމުގެ 3 ވަނަ ގޯލު މެޗުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކުރީ ފުރަތަމަ ގޯލު ވެސް ކާމިޔާބުކުރި މުނީޒެވެ.

މެޗަށްފަހު ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ޓޮޓެންހަމްގެ ސޮން ބުނީ، މިއީ މި ސީޒަނުގައި އެ ޓީމުން ކުޅުނު އެންމެ ދަށް މެޗު ކަމުގައެވެ. އަދި މިއީ އެންމެން ވެސް، އެމީހަކަށް މި މެޗުގައި ހެދުނު ގޯސްތައް ގަބޫލުކުރަން ޖެހޭ ވަގުތު ކަމަށެވެ.

ގޯލެއް ކާމިޔާބު ނުކުރެވި 3 ގޯލުގެ ތަފާތުން ޓޮޓެންހަމް މި ބަލިވީ ވަރަށް ގިނަ ދުވަސްތަކަކަށް ފަހުއެވެ. އެ ޓީމު އެންމެ ފަހުން 3-0 އިން ބަލިވެފައިވަނީ 2021 އޮކްޓޯބަރުގައި އޮލެ ގުނަ ޝޯލްޝާގެ މެންޗެސްޓާ ޔުނައިޓެޑު އަތުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.