Advertisement

16 Aug 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އިނގިރޭސި ލީގުގައި އޮފްސައިޑް ބެލުމަށް އައު ޓެކްނޮލޮޖީއެއް މި ސީޒަންގައި ބޭނުން ކުރަން ފަށަނީ

މިއަހަރުގެ އެޕްރީލްމަހު އިނގިރޭސި ލީގުގެ ހުރިހާ ކްލަބުތަކުން އެއްބަސްވެފައިވާ ގޮތަށް، އެ ލީގުގައި ސެމީ-އޮޓޮމޭޓޭޑް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރަން މި ސީޒަންގައި ފަށާނެއެވެ. މިއީ އެންމެ ފަހުގެ ވޯލްޑް ކަޕް އަދި ޔޫރޯގައި ވެސް ބޭނުންކޮށްފައިވާ ޓެކްނޮލޮޖީއެކެވެ.

މި ސީޒަންގައި މި ޓެކްނޮލޮޖީ ބޭނުންކުރުމަށް ނިންމާފައި އޮތްނަމަވެސް، މިރޭ ސީޒަން ފަށާއިރު، އެ އިންތިޒާމް އަދި ހަމަޖެހިފައެއް ނުވެއެވެ. ޕްރިމިއަރ ލީގުން ހާމަކޮށްފައިވާ ގޮތުގައި، މި ސިސްޓަމް ބޭނުން ކުރަން ފަށާނީ، ޙަރީފު މޫސުމުގެ (އޯޓަމް) އިންޓަނޭޝަނަލް ބްރޭކަކަށް ފަހު މެޗުތައް ފަށާއިރުއެވެ.

ސެމީ-އޮޓޮމޭޓޭޑް އޮފްސައިޑް ޓެކްނޮލޮޖީ އަކީ ކޮބާ؟

މި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ ގޮތުން ޕްރިމިއަ ލީގު މެޗުތައް ކުޅޭ ހުރިހާ ސްޓޭޑިއަމެއްގައި ކޮންމިއުޓަރ ވިޝަން ކެމެރާތަކެއް ހަރުކުރާނެއެވެ. މި ކެމެރާތައް ބޭނުންކުރާނީ ބޯޅަ ޓްރެކް ކުރުމަށާއި އަދި ކުޅުންތެރިޔާ އާއި ބޯޅައިގެ އެތައް ހާސް ޕޮއިންޓުތަކަކުން ޑޭޓާ ނެގުމަށެވެ. އެގޮތުން ކުޅުންތެރިޔާގެ ހަށިގަނޑާއި އަތުގެ އިނގިލިތަކާއި، ބޫޓުގެ ކޮޅުގެ އިތުރުން، ކަކުލުގެ މޫވްމެންޓްތައް ވެސް މި ކެމެރާތަކުން ބަލާނެއެވެ.

އަދި މެޗެއްގެ އޮއިވަރު ބަދަލުވާފަދަ ހާލަތެއް އައުމުން، މިސާލަކަށް ގޯލެއް ޖެހުން، އޮފްސައިޑެއް ކަމަށް ބެލެވުން ނުވަތަ ޕެނަލްޓީއެއް ދިނުން ފަދަ ހާލަތްތަކުގައި، އެ ހިނދުކޮޅަށް އެޓޭކިން ކުޅުންތެރިޔާ އައީ އޮފްސައިޑްގައި ހުރެފައިތޯ ބެލުމަށް މި ޓެކްނޮލޮޖީ ބޭނުންކުރާނެއެވެ. އެގޮތުން އެ ކުޅުމަކީ އޮފްސައިޑު ކުޅުމެއްކަމަށް ނުވަތަ ނޫންކަމަށް ވެސް ނިންމާނީ، އިދިކޮޅު ޓީމުގެ އެންމެ ފަހަތަށް އޮތް ޑިފެންޑަރުގެ ބައިކޮޅަށް ވާގޮތަށް އެންމެ ފަހަތަށް އިން ޑޭޓާ ޕޮއިންޓާއި، އެޓޭކިން ކުޅުންތެރިޔާގެ އެންމެ ކުރިޔަށް އިން ޑޭޓާ ޕޮއިންޓާއި އަދި ބޯޅައަށް ބެލުމަށްފަހުއެވެ.

ސެމީ-އޮޓޮމޭޓޭޑް އޮފްސައިޑް ޓެކްނޮލޮޖީގައި އޮފްސައިޑް ބެލުމަށް ބޭނުންކުރާނެ ޑޭޓާ ޕޮއިންޓުތައް ހުންނާނެ ގޮތުގެ މިސާލެއް---

އޮޓޮމޭޓެޑް ސިސްޓަމަށް އެ ކުޅުމަކީ އޮފްސައިޑެއްކަމަށް ބެލެވިއްޖެނަމަ، ވީޑިއޯ އެސިސްޓެންޓް ރެފްރީންގެ (ވީއޭއާރު) ހަބަށް އެލާޓެއް ފޮނުވާނެއެވެ. އަދި އެ ހާދިސާގެ އެންމެ ފަހުގެ ނިންމުން ނިންމާނީ ވީއޭއާރު ހަބުންނެވެ. އަދި މެޗު ރެފްރީންނަށް އެ ހަބަރު ފޮނުވާނީ ވީއޭއާރު ހަބުންނެވެ.

އޮފްސައިޑް ޗެކްކުރާ ގްރެފިކްސް ފެންނާނެ ގޮތް --- ހުދު ޖާޒީގައި އެޓޭކިން ކުޅުންތެރިޔާ އަދި ރީނދޫ ޖާޒީގައި ޑިފެންޑަރު

އެހެންކަމުން، ސެމީ-އޮޓޮމޭޓޭޑް އޮފްސައިޑް ޓެކްނޮލޮޖީ އޭ ކިޔަނީ، މި ނިންމުމުގައި ޓެކްނޮލޮޖީ އާއި އިންސާނުން ޝާމިލްވާތީއެވެ.

މި ބަދަލާއެކު، ވީއޭއާރު ނިންމުންތައް 30 ސިކުންތުގެ ތެރޭގައި ޔަގީން ކުރެވޭނެކަމަށް ވެސް ޕްރިމިއަ ލީގުގެ ރެފްރީންގެ ކޮމެޓީއިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، މެޗުގެ އިތުރު ވަގުތު ދިނުމުގައި އަމަލުކުރާ އުސޫލަށް ވެސް ވަނީ ބަދަލެއް ގެނަސްފައެވެ. އެގޮތުން، ގޯލެއް ޖެހުމަށްފަހު އަލުން ކުޅުން ފެށޭ ހިސާބަށް ގެއްލޭ ކޮންމެ ސިކުންތަކަށް ސިކުންތެއް ދެމުން އައުމުގެ ސަބަބުން، މެޗުގެ އިތުރު ވަގުތު މާ ގިނަވާތީ، ދެން އެ ވަގުތު ގުނަން ފަށާނީ، ގޯލެއް ޖެހުމަށްފަހު ކުޅުން އަލުން ފެށުމަށް 30 ސިކުންތަށްވުރެން އިތުރުވާނަމަ، އެ އިތުރުވާ ވަގުތެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.