Advertisement

20 Aug 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ސައުދީ ލީގަށް ބަދަލުވާނަމަ ޓޯނީ ބޭނުންވަނީ ބޮޑު މުސާރައެއް

ބްރެންޓްފޯޑަށް އިތުރަށް ކުޅެން ބޭނުންނުވާތީ، އެ ކްލަބު އާދީއްތަ ދުވަހު ކުޅުނު މެޗުން ބާކީ ކުރި އިންގްލެންޑްގެ ސްޓްރައިކަރ، އިވާން ޓޯނީ ގެންދިއުމަށް ސައުދީ ޕްރޯ ލީގުގެ އަލް-އަހްލީ ފުރަތަމަ ހުށަހެޅި 35 މިލިއަން ޕައުންޑު ރިޖެކްޓު ކުރުމުން، އެ ކްލަބުން އެ އަގު ބޮޑު ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ޓޯނީ ބުނީ އޭނާ ބޮޑު މުސާރައެއް ބޭނުންވާ ކަމަށެވެ.

އުމުރުން 28 އަހަރުގެ ޓޯނީ ބޭނުންވަނީ މުސާރައިގެ ގޮތުގައި އަހަރަކު މަދުވެގެން 17 މިލިއަން ޕައުންޑެވެ. މީގެ އިތުރުން، ބޯނަސްތަކާއި، އެކަމަޑޭޝަން ފީ އަކީ ވެސް އޭނާގެ ޑިމާންޑެކެވެ.

އަލް-އަހްލީ އިން އައު ސީޒަނަށް ފުރަތަމަ ބިޑް ހުށަހެޅީ ޓޮޓްނަމްގެ ބްރެޒިލް ސްޓްރައިކަރ، ރިޗާލިސަންއަށެވެ. ނަމަވެސް ރިޗާލިސަން ގެންދިއުމަށް އަލް-އަހްލީ އިން ހުށަހެޅި 50 މިލިއަން ފައުންޑަށް ޓޮޓްނަމް އިން އެއްބަސްވެފައެއް ނުވެއެވެ. އޭގެ ފަހުން، އެމީހުން އަމާޒު ހިފީ ޓޯނީ އަށެވެ.

އަލް-އަހްލީގައި މިހާރު ވެސް މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ބޮބީ ފަމީނިއޯ، ރިޔާދު މަހްރެޒް އަދި އެޑުއާޑޯ މެންޑީ ހިމެނެއެވެ. މި ކުޅުންތެރިންނާއެކު، އަހްލީ މިދިޔަ ސީޒަން ނިންމާލީ، އަލް-ހިލާލް އާއި ރޮނާލްޑޯގެ އަލް-ނަސްރުގެ ފަހަތުން، ތިން ވަނައިގައެވެ.

ޓޯނީ އާއި ބްރެންޓްފޯޑުގެ މެނޭޖަރ ވެސް ބޭނުންވަނީ ޓްރާންސްފާ ވިންޑޯ އޯގަސްޓު 31 އަށް ބަންދުވުމުގެ ކުރިން ރަނގަޅު ހުށަހެޅުމަށް ހޯދައި، ޓޯނީގެ ޓްރާންސްފާ ނިންމުމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.