ސައުދީ ޕްރޯ ލީގް
16 Aug 2023
ކުޅިވަރު
ބްރެޒިލްގެ ނޭމާ އަލް ހިލާލްއަށް ބަދަލުވެއްޖެ
ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ދޫކޮށް ބްރެޒިލްގެ ފުޓްބޯޅަ ސުޕަސްޓާ ނޭމާ ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އަށް ބަދަލުވެއްޖެއެވެ. ރިޕޯޓްތައް ބުނާގޮތުން ނޭމާ ގެންދިއުމަށް އަލް ހިލާލް އިން ޕީއެސްޖީއަށް 90 މިލިއަން ޔޫރޯ (98 މިލިއަން ޑޮލަރު) ގެ ޓްރާންސްފާ ފީއެއް ދައްކަން އެއްބަސްވެފައިވެއެވެ. އަދި އެ އަދަދަކީ ސައުދީ ލީގަށް ކުޅުންތެރިއަކު ގެނައުމަށް ހުށަހަޅާ ރެކޯޑު އަދަދެކެވެ.
13 Aug 2023
ކުޅިވަރު
ރޮނާލްޑޯގެ ދެ ގޯލުން އަލް-ނަސްރް އަރަބި ކަޕް ކާމިޔާބުކޮށްފި
އަރަބި ޗެމްޕިއަންސް ކަޕް ގައި އަލް-ނަސްރް އަދި އަލް-ހިލާލް ބައްދަލުކުރި މެޗު, އިތުރު ވަގުތު ރޮނާލްޑޯ ކާމިޔާބުކުރި ގޯލަކުން އަލް-ނަސްރް ކާމިޔާބު ކޮށްފިއެވެ. އަލް-ނަސްރް މި މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
29 Jul 2023
ކުޅިވަރު
މާނޭ، ފެބީނިއޯ އަދި މަހްރޭޒް ވެސް ސައުދީ ލީގަށް
ޖަރުމަން ބުންޑަސް ލީގާގެ އެންމެ ކާމިޔާބު ޓީމް އަދި ޖެހިޖެހިގެން ފާއިތުވެދިޔަ 12 އަހަރު ވެސް ބުންޑެސްލީގާ ކާމިޔާބު ކޮށްފައިވާ ބެޔާން މިއުނިކްއަށް ކުޅެމުން ދިޔަ ސެނެގާލްގެ ކުޅުންތެރިޔާ ސަޑިއޯ މާނޭ އާއި އިނގިރޭސި އެންމެ ކާމިޔާބު އެއް ޓީމު ކަމުގައިވާ ލިވަޕޫލަށް ކުޅެމުންދިޔަ ބްރެޒިލްގެ މިޑްފިލްޑަރ ފެބީނިއޯ އަދި އިނގިރޭސި ލީގު ޗެމްޕިއަންކަން ފާއިތުވި 3 އަހަރު ހޯދާ، އަދި މިދިޔަ ސީޒަނުގައި ތިން ތަށި ކާމިޔާބު ކުރި މެންޗެސްޓަރ ސިޓީއަށް ކުޅެމުންދިޔަ އަލްޖީރިއާގެ ރިޔާދް މަހްރެޒް ވެސް ސައުދީ ޕްރޯ ލީގަށް ބަދަލުވުމަށް ނިންމައިފިއެވެ.