Advertisement

ނޭމާ ހިލާލްއަށް ސޮއިކުރުމަށްފަހު، ފޮޓޯ: ރޮއިޓާސް

16 Aug 2023
ކުޅިވަރު

ބްރެޒިލްގެ ނޭމާ އަލް ހިލާލްއަށް ބަދަލުވެއްޖެ

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ދޫކޮށް ބްރެޒިލްގެ ފުޓްބޯޅަ ސުޕަސްޓާ ނޭމާ ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އަށް ބަދަލުވެއްޖެއެވެ. ރިޕޯޓްތައް ބުނާގޮތުން ނޭމާ ގެންދިއުމަށް އަލް ހިލާލް އިން ޕީއެސްޖީއަށް 90 މިލިއަން ޔޫރޯ (98 މިލިއަން ޑޮލަރު) ގެ ޓްރާންސްފާ ފީއެއް ދައްކަން އެއްބަސްވެފައިވެއެވެ. އަދި އެ އަދަދަކީ ސައުދީ ލީގަށް ކުޅުންތެރިއަކު ގެނައުމަށް ހުށަހަޅާ ރެކޯޑު އަދަދެކެވެ.

އަލް ހިލާލް އިން ނޭމާއަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅާފައިވާއިރު، އުމުރުން 31 އަހަރުގެ ބްރެޒިލް ތަރިއަށް އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭނެކަމަށް ބެލެވެއެވެ.

އަލް ހިލާލް އަށް ބަދަލުވުމަށްފަހު ނޭމާ ބުނެފައިވާ ގޮތުގައި އެ ކްލަބަކީ ބޮޑު ކްލަބެއް ކަމަށާއި އެ ޓީމުގެ ސަޕޯޓަރުންނަކީ ވަރަށް ޖޯޝުގައި ޓީމާ ސަޕޯޓްކުރާ ބައެއް ކަމަށެވެ. އަދި އެއީ އޭނާ އެޓީމަށް ބަދަލުވުމަށް ނިންމި އެއް ސަބަބު ކަމަށާއި، ސައުދީ ލީގުގައި ގިނަ ގޯލްތަކެއް ޖަހާ، ގިނަ ޓްރޮފީ ހޯދުމަކީ އޭނާގެ އަމާޒު ކަމަށް ވެސް ބުނެފައިވެއެވެ.

ބާސެލޯނާ އިން ނޭމާ ޕީއެސްޖީއާ ގުޅުނީ 2017 ވަނަ އަހަރު ވޯލްޑް ރެކޯޑް ފީއަކަށެވެ. އެއީ 222 މިލިއަން ޔޫރޯ (242 މިލިއަން ޑޮލަރު) އަށެވެ. ޕީއެސްޖީގައި ހޭދަކުރި 6 ސީޒަނުގައި ގިނަ އަނިޔާތަކެއް ކުރިމަތިވި ނަމަވެސް އޭނާ ވަނީ 173 މެޗުކުޅެ 118 ގޯލު ޖަހައިފައެވެ

އޭނާ ފްރެންޗް ލީގު-1 ގައި 5 ތަށި އަދި 3 ފްރެންޗް ކަޕް ކާމިޔާބުކުރި ނަމަވެސް، ޗެމްޕިއަންސް ލީގު ނެގުމާއި އެންމެ ކައިރިކުރި  2020 ވަނަ އަހަރުގެ ފައިނަލުގައި ބަޔާން މިއުނިކް އަތުން ބަލިވުމުން، ޔޫރަޕްގެ އެންމެ ބޮޑު ތަށި އޭނާއަށް ވަނީ ޕީއެސްޖީއާ އެކު ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.

އަލް ހިލާލް އަކީ ސައުދީ އަރަބިއްޔާ އާއި އޭޝިއާގެ އެންމެ ކާމިޔާބު އެއް ކްލަބެއެވެ. އެ ކްލަބުން ވަނީ ސައުދީ ލީގު 18 ފަހަރު ކާމިޔާބުކޮށް، އޭޝިއަން ޗެމްޕިއަންސް ލީގު 4 ފަހަރު ހޯދައިފައެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.