Advertisement

16 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އަލް ނަސްރުގެ ރީނދޫ ޖާޒީގައި ރޮނާލްޑޮ 50 ގޯލު ހަމަކޮށްފި

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރު ދުވަހުގެރޭ އަލް ނަސްރު އާއި އަލް އަހްލީ ބައްދަލުކުރި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ގޯލާއެކު، އަލް ނަސްރުގެ ރީނދޫ ޖާޒީގައި އޭނާ 50 ގޯލު ހަމަކޮށްފިއެވެ.

ރަށުން ބޭރުގައި ހުކުރު ދުވަހުގެރޭ ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ގޯލު 68 ވަނަ މިނެޓުގައި، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ރޮނާލްޑޯއެވެ. މި މޮޅާއެކު އެ ޓީމަށް ވަނީ 24 މެޗުން 56 ޕޮއިންޓު ލިބިފައެވެ. ލީގުގެ އެއްވަނައިގައި އޮތީ 23 މެޗުން 65 ޕޮއިންޓު ހޯދައިގެން އަލް ހިލާލްއެވެ.

އަލް އަހްލީ ކޮޅަށް ގޯލު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ--- ފޮޓޯ: އަލްނަސްރު

އުމުރުން 39 އަހަރުގެ ރޮނާލްޑޯ ސައުދީ އަރައްބިއްޔާއަށް ބަދަލުވެފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. މި ސީޒަނުގައި މިހާތަނަށް ސައުދީ ލީގުގައި އެންމެ ގިނަ ގޯލު ކާމިޔާބުކޮށްފައިވަނީ ވެސް އޭނާއެވެ. އަލް އަހްލީ ކޮޅަށް ޖެހި ގޯލާއެކު، ރޮނާލްޑޯ މި ސީޒަނުގައި މިހާތަނަށް 23 ގޯލު ކާމިޔާބުކޮށްފައިވެއެވެ.

މިދިޔަ ސީޒަންގެ މެދުތެރެއިން ސައުދީ ލީގަށް ރޮނާލްޑޯ ބަދަލުވި ނަމަވެސް، މިދިޔަ ސީޒަންގައި އޭނާ ވަނީ 14 ގޯލު ކާމިޔާބުކޮށްފައެވެ. އެ ސީޒަނުގައި އެންމެ ގިނަ ގޯލެ ޖެހި އަލްއިއްތިހާދުގެ މޮރޮކޯ ފޯވާޑް، އަބްދުއްރައްޒާކު ހަމަދުއްލާއަށް ކާމިޔާބު ކުރެވުނީ 26 މެޗުން 21 ގޯލެވެ.

ރޮނާލްޑޯވަނީ އޭނާގެ ކްލަބު ކެރިއަރުގައި ކުޅުނު 900 އަށް ވުރެން ގިނަ މެޗުން 700 އަށް ވުރެން ގިނަ ގޯލު މިހާތަނަށް ކާމިޔާބުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.