ކްރިސްޓިއާނޯ ރޮނާލްޑޯ
05 Jul 2024
ލިއޮނެލް މެސީ
ރޮނާލްޑޯ އަތުން ޕެނަލްޓީއެއް ނާކާމިޔާބުވިތާ ތިން ދުވަސް ފަހުން މެސީއަށް ވެސް އެ "ބޮނޑި ބޮވިއްޖެ"
ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އާޖެންޓީނާ އާއި އިކުއެޑޯ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައިވުމުން، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި މެސީގެ ޕެނަލްޓީ ނާކާމިޔާބުވެއްޖެއެވެ. ނަމަވެސް މެސީއަށް މި ހެދުނު ގޯސް ފޫބައްދައިދިނުމަށް ޓީމުގެ އެހެން ކުޅުންތެރިން ކުރި މަސައްކަތުން، އާޖެންޓީނާ ވަނީ 4-2 އިން ޕެނަލްޓީ ޝޫޓް-އައުޓް ކާމިޔާބުކޮށް ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.
19 May 2024
ކުޅިވަރު
އާސެނަލްއަށް ލީގު ކާމިޔާބެއް ނުކުރެވޭނެ: ރޮނާލްޑޯ
އިނގިރޭސި ޕްރިމިއަ ލީގުގެ ފަހު މެޗުތައް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ލީގު ކާމިޔާބުކުރުމުގެ ފުރުސަތު މެންޗެސްޓާ ސިޓީ އާއި އާސެނަލްއަށް އޮތް ނަމަވެސް، އެކަން އާސެނަލްއަށް ހާސިލް ނުކުރެވޭނެކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. ރޮނާލްޑޯ މިހެން ބުނީ ސައުދީ އަރަބިއްޔާގެ ރިޔާދުގައި އޮތް ބޮކްސިން މެޗެއް ބަލަން ގޮސް އުޅުމުގެ ތެރޭގައި އާސެނަލްގެ ސަޕޯޓަރަކާ ވާހަކަ ދައްކަމުންނެވެ.
22 Mar 2024
ލައިފްސްޓައިލް
ރެޑް ސީގައި ރޮނާލްޑޯ ހަދަމުންދަނީ ރާއްޖޭގެ ރިޒޯޓަކާ ވައްތަރު ރިޒޯޓެއް
ޖޯޖީނާއާއި ރޮނާލްޑޯ ސޯޝަލް މީޑިއާގައި އާންމުކުރި ބައެއް ފޮޓޯ ތަކާއި ސްޓޯރީތަކުން، އެ އާއިލާ ޗުއްޓީ ހޭދަކޮށްލުމަށް ދިވެހި ރާއްޖެއަށް އައިސް ތިބެ އެ ހިއްސާކުރަނީ ރާއްޖޭގެ މަންޒަރުތައްކަމަށް ހީވެދާނެއެވެ. ނަމަވެސް ރަގަޅަސް ބަލާލުމުން އެއީ ރާއްޖެ ނޫންކަން އެނގެއެވެ.
16 Mar 2024
ކުޅިވަރު
އަލް ނަސްރުގެ ރީނދޫ ޖާޒީގައި ރޮނާލްޑޮ 50 ގޯލު ހަމަކޮށްފި
ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރު ދުވަހުގެރޭ އަލް ނަސްރު އާއި އަލް އަހްލީ ބައްދަލުކުރި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ގޯލާއެކު، އަލް ނަސްރުގެ ރީނދޫ ޖާޒީގައި އޭނާ 50 ގޯލު ހަމަކޮށްފިއެވެ.
12 Mar 2024
ކުޅިވަރު
ރޮނާލްޑޯގެ އަލް ނަސްރު އޭއެފްސީ ޗެމްޕިއަންސް ލީގުން ކަޓައިފި
އޭއެފްސީ ޗެމްޕިއަންސް ލީގުގައި ސައުދީ އަރައްބިއްޔާގެ އަލް ނަސްރު އާއި ޔޫއޭއީގެ އަލް އައިން ބައްދަލުކުރި ކުއާޓާ ފައިނަލުގެ ދެވަނަ ލެގުން ވެސް ރޮނާލްޑޯގެ އަލް ނަސްރު ބަލިވެ، އެ ޓީމަށް މުބާރާތުން އަލްވަދާއު ކިޔަން ޖެހިއްޖެއެވެ. ހޯމަ ދުވަހުގެރޭ ސައުދީ އަރަބިއްޔާގައި ކުޅުނު މި މެޗުން އަލް ނަސްރު ބަލިވީ ޕެނަލްޓީ ޝޫޓު އައުޓަށް ފަހުއެވެ.
02 Mar 2024
ކުޅިވަރު
ޔޫރަޕްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު އޮތީ މެސީ އަދި ރޮނާލްޑޯ އަތަކު ނޫން
ފާއިތުވި 10 އަހަރުގެ ތެރޭގައި 406 މެޗު ޔޫރަޕްގައި ރޮނާލްޑޯ ކުޅެފައިވާއިރު، އޭނާއަށް ކާމިޔާބު ކުރެވުނީ 350 ގޯލެވެ. އެއީ ރެއާލް މެޑްރިޑާއި، ދެވަނަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑާ ގުޅުމަށްފަހު އެ ޓީމަށާއި ޖުވެންޓަސްގައި އޭނާ ހޭދަކުރި މުއްދަތުގައެވެ. މި މުއްދަތުގައި 458 މެޗު ކުޅެގެން މެސީ ކާމިޔާބުކޮށްފައިވަނީ 377 ގޯލެވެ. ބާސެލޯނާއާއި ޕެރިސް ސެއިންޓް ޖާމޭން (ޕީއެސްޖީ) ގައި މެސީ ކާމިޔާބުކޮށްފައިވާ މި ގޯލުތަކާއެކު، އޭނާ އޮތީ ލިސްޓުގެ ދެވަނައިގައެވެ.
23 Oct 2023
ކުޅިވަރު
ދުނިޔޭގައި އަލަށް ބާއްވާ އީސްޕޯޓްސް ވޯލްޑް ކަޕް ލޯންޗު ކުރުމަށް ރޮނާލްޑޯ އާއި ސައުދީ ޕްރިންސް
މިއަންނަ އަހަރު ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ތައްޔާރުވަމުންދާ ދުނިޔޭގެ ފުރަތަމަ އީސްޕޯޓްސް ވޯލްޑް ކަޕް ލޯންޗު ކުރުމުގެ ހަފްލާގައި ސައުދީ ލީގުގެ އަލް ނަސްރް އަށް ކުޅެމުންދާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސައުދީ ޕްރިންސް މުޙައްމަދު ބިން ސަލްމާން ބައިވެރިވެއްޖެއެވެ. ރޮނާލްޑޯ މި ހަފްލާގައި ބައިވެރިވީ ޙާއްސަ މެހެމާނެއްގެ ގޮތުގައެވެ.
14 Oct 2023
ކުޅިވަރު
ރޮނާލްޑޯ އަލް ނަޞްރުއަށް ގެންދިއުމަށް ސޮއި ހޯދިގޮތް އެ ޓީމުގެ އެގްޒެކެޓިވް ހިއްސާކޮށްފި
ދުނިޔޭގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރު ފުޓުބޯޅަ ކްލަބަށް ބަދަލުވެގެން ދިއުން ވެގެން ދިޔައީ މުޅި ދުނިޔެއަށް ލިބުނު ބޮޑު ހައިރާންކަމަކަށެވެ. އަދި ޙާއްސަކޮށް، އޭރު ދުނިޔޭގެ މާ ބޮޑު ސަމާލުކަމެއް ނޯންނަ ލީގަކަށް ދިއުމަށް ރޮނާލްޑޯ އެއްބަސްވީ ހަމައެކަނި އެ ކްލަބުން ހުށަހެޅި ފައިސާގެ އަދަދު ބޮޑުވެ، އެހެން ކްލަބަކުން އެވަރުގެ ހުށަހެޅުމަށް ހުށަނޭޅޭނެތީކަމަށް ގިނަ މީހުން ގަބޫލުކުރިއެވެ.