Advertisement

22 Aug 2024
ލައިފްސްޓައިލް
މިފްތާޙް މުޙައްމަދު

ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޔޫޓިއުބްގެ ރެކޯޑެއް ރޮނާލްޑޯ މުގުރާލައިފި

ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ޔޫޓިއުބް ޗެނަލް ހެދިތާ 90 މިނެޓުގެ ތެރޭގައި 1 މިލިއަން ސަބްސްކްރައިބާސް ހަމަކޮށް، އެންމެ އަވަހަށް މިލިއަނަކަށް ވުރެން ގިނަ ޔޫޓިއުބް ސަބްސްކްރައިބާސް ހޯދުމުގެ ރެކޯޑެއް ހަދައިފިއެވެ.

ޔޫޓިއުބް ޗެނަލް ހެދުމަށްފަހު ރޮނާލްޑި ވަނީ އެކަން ހާމަކޮށް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން އެކަން އިއުލާންކޮށްފައެވެ. އަދި އެއަށްފަހު މާ ގިނަ އިރު ތަކެއް ނުވަނީސް، ދެން ފެނުނީ މިލިއަނުން ސަބްސްކްރައިބް ކޮށްފައި ހުރިތަނެވެ.

"ދަ ވެއިޓް އިޒް އޯވަރ. މައި ޔޫޓިއުބް ޗެނަލް އިޒް ފައިނަލީ ހިއަރ. ސިއޫކްރައިބް އެންޑް ޖޮއިން މީ އޮން ދިސް ޖާރނީ"

ޔޫޓިއުބް ޗެނަލް ހެދުމަށްފަހު ސޯޝަލް މީޑިއާ އެކައުންޓުތަކުން އެކަން އިއުލާންކޮށް ރޮނާލްޑޯ ހިއްސާކުރި މެސެޖުގައި ބުނެފައި ވެއެވެ.

ރޮނާލްޑޯގެ އެކްސްގައި 112.5 މިލިއަން ފޮލޯވަރުން ތިބޭ އިރު، ފޭސްބުކްގައި 170 މިލިއަން ފޮލޯވަރުން ތިބެއެވެ. އަދި އެންމެ ގިނަ ބަޔަކު އޭނާ ފޮލޯކުރާ އިންސްޓަގްރާމްގައި 636 މިލިއަން މީހުން ތިބެއެވެ.

އުމުރުން 39 އަހަރުގެ ރޮނާލްޑޯ މިހާރު ކުޅެމުން އަންނަނީ ސައުދީ ޕްރޯ ލީގުގެ އަލް-ނަސްރް އަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.