Advertisement

02 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޔޫރަޕްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު އޮތީ މެސީ އަދި ރޮނާލްޑޯ އަތަކު ނޫން

ދުނިޔޭގެ އެންމެ ވާދަވެރި އަދި އެންމެ މޮޅެތި ކުޅުންތެރިން ކުޅެމުން އަންނަ ޔޫރަޕްގެ ލީގުތަކުގައި އެއް ފޯމެއްގައި ކުޅެ ގިނަ ގޯލުތަކެއް ކާމިޔާބު ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. މި ލީގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މި ފަހަކަށް އައިސް ރަސްކަންކޮށްފައިވަނީ މިހާރު ސައުދީ އަރައްބިއްޔާގެ އަލް ނަސްރުއަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެމެރިކާގެ އިންޓަ މިއާމީއަށް ކުޅެމުން އަންނަ ލިއޮނެލް މެސީއެވެ. މި ދެ ކުޅުންތެރިން ވެސް މިހާރު ޔޫރަޕް ދޫކޮށްލާފައިވާއިރު، ޔޫރަޕްގައި ތަފާތު ގިނަ ރެކޯޑުތަކެއް ދެ ކުޅުންތެރިން ވެސް ވަނީ ހަދާފައެވެ. ނަމަވެސް ފާއިތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ޔޫރަޕްގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައިގައި އޮތީ މިތަނުން ކުޅުންތެރިއެއް ނޫނެވެ.

ފާއިތުވި 10 އަހަރުގެ ތެރޭގައި 406 މެޗު ޔޫރަޕްގައި ރޮނާލްޑޯ ކުޅެފައިވާއިރު، އޭނާއަށް ކާމިޔާބު ކުރެވުނީ 350 ގޯލެވެ. އެއީ ރެއާލް މެޑްރިޑާއި، ދެވަނަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑާ ގުޅުމަށްފަހު އެ ޓީމަށާއި ޖުވެންޓަސްގައި އޭނާ ހޭދަކުރި މުއްދަތުގައެވެ. މި މުއްދަތުގައި 458 މެޗު ކުޅެގެން މެސީ ކާމިޔާބުކޮށްފައިވަނީ 377 ގޯލެވެ. ބާސެލޯނާއާއި ޕެރިސް ސެއިންޓް ޖާމޭން (ޕީއެސްޖީ) ގައި މެސީ ކާމިޔާބުކޮށްފައިވާ މި ގޯލުތަކާއެކު، އޭނާ އޮތީ ލިސްޓުގެ ދެވަނައިގައެވެ.

މި ލިސްޓުގެ އެއްވަނައިގައި އޮތީ، މެސީގެ ބަދަލުގައި ބާސެލޯނާއަށް ގެންދިޔަ ޕޮލަންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީއެވެ. ލެވަންޑޯސްކީ އެންމެ ގިނަ ގޯލު ކާމިޔާބުކޮށްފައިވަނީ ކުރިން އޭނާ ކުޅުނު ބެޔާން މިޔުނިކާއެކުއެވެ. އޭރު އޭނާގެ ގޯލު ރެކޯޑު އޮތީ އަތުނުވާ ހިސާބުގައެވެ. އޭނާއަކީ މިހާރު ބާސެލޯނާގައި ވެސް ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ.

ބެޔާންގައި އޭނާ ވަނީ ޖެހިޖެހިގެން 5 އަހަރު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. މީގެ އިތުރުން 2020-21 ސީޒަންގައި އެކަނި ވެސް 41 ގޯލު ކާމިޔާބުކޮށްފައިވެއެވެ.

ލެވަންޑޯސްކީ ބޮރޫޝިއާ ޑޯޓްމަންޑުން ބެޔާން މިޔުނިކަށް 2014 ވަނަ އަހަރު ބަދަލުވުމަށްފަހު އެ ކްލަބަށް އެކަނި 344 ގޯލު ކާމިޔާބު ކޮށްދިނެވެ. މުޅި ޔޫރަޕްގައި މިހާތަނަށް ކުޅުނު ޖުމްލަ 478 މެޗުން އޭނާވަނީ 407 ގޯލު ކާމިޔާބުކޮށްފައެވެ.

ފާއިތުވި 10 އަހަރު ޔޫރަޕްގައި އެންމެ ގިނަ ގޯލުޖަހާފައިވާ ކުޅުންތެރިން:

1.       ރޮބާޓް ލެވަންޑޯސްކީ       407 (478)

2.       ލިއޮނެލް މެސީ          377 (458)

3.       ކްރިސްޓިއާނީ ރޮނާލްޑޯ      350 (406)

4.       ހެރީ ކޭން             309 (453)

5.       ކީލިއަން އެމްބައްޕޭ        271 (352)

6.       ކަރީމް ބެންޒެމާ          257 (442)

7.       ޕިއެރޭ-އެމެރިކް އައުބަމަޔަންގް  256 (430)

8.       މުޙައްމަދު ސަލާހް        250 (461)

9.       ލުއިސް ސުއަރޭޒް        241 (388)

10.      އިމޯބިލޭ              239 (409)

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.