ލިއޮނެލް މެސީ
02 Mar 2024
ކުޅިވަރު
ޔޫރަޕްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު އޮތީ މެސީ އަދި ރޮނާލްޑޯ އަތަކު ނޫން
ފާއިތުވި 10 އަހަރުގެ ތެރޭގައި 406 މެޗު ޔޫރަޕްގައި ރޮނާލްޑޯ ކުޅެފައިވާއިރު، އޭނާއަށް ކާމިޔާބު ކުރެވުނީ 350 ގޯލެވެ. އެއީ ރެއާލް މެޑްރިޑާއި، ދެވަނަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑާ ގުޅުމަށްފަހު އެ ޓީމަށާއި ޖުވެންޓަސްގައި އޭނާ ހޭދަކުރި މުއްދަތުގައެވެ. މި މުއްދަތުގައި 458 މެޗު ކުޅެގެން މެސީ ކާމިޔާބުކޮށްފައިވަނީ 377 ގޯލެވެ. ބާސެލޯނާއާއި ޕެރިސް ސެއިންޓް ޖާމޭން (ޕީއެސްޖީ) ގައި މެސީ ކާމިޔާބުކޮށްފައިވާ މި ގޯލުތަކާއެކު، އޭނާ އޮތީ ލިސްޓުގެ ދެވަނައިގައެވެ.
04 Feb 2024
ކުޅިވަރު
ހޮންކޮންގުގެ ކުޅިބެލުންތެރިން މެސީ އާއި ބެކަމްދެކެ ރުޅިއަތުވެއްޖެ
ހޮންކޮންގުގައި އިންޓަ މިއާމީ ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 8 ފަހަރު ހޯދާފައިވާ ލިއޮނެލް މެސީ ކުޅެފައިނުވާތީ، ދަނޑަށް ކުޅިބަލަން ވަދެ ތިބި ސަޕޯޓަރުން މެސީ އާއި އެ ކްލަބުގެ އޯނަރު، ޑޭވިޑް ބެކަމްދެކެ ހިތްހަމަނުޖެހިއްޖެއެވެ. އަދި މިކަމާ ގުޅިގެން މެޗު ބަލަން ވަދެ ތިބި ބެލުންތެރިންވަނީ އެމީހުން ދަނޑަށް ވަނުމަށް ނެގި ޓިކެޓުގެ ރިޕަންޑު ދިނުމަށް ވެސް ގޮވާލާފައެވެ.
16 Jan 2024
ކުޅިވަރު
ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީއަށް
ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ހޮވާ 2023 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު، އާޖެންޓީނާގެ ގައުމީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ދިފާއުކޮށްފިއެވެ. 2022 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލްކޮށްފައި ވަނީ މެސީއެވެ. އަދި މިއީ މި އެވޯޑު މެސީ ހާސިލްކުރި ތިންވަނަ ފަހަރެވެ.
31 Oct 2023
ކުޅިވަރު
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަނެއްކާވެސް މެސީއަށް
ހޯމަ ދުވަހުގެ ރޭ ޕެރިހުގައި ބޭއްވި 'ފްރާންސް ފުޓްބޯލް ބެލަން ޑިއޯ' އެވޯޑް ޝޯވ ގެ އެންމެ ޙާއްސަ އެވޯޑް، މިދިޔަ ސީޒަންގައި މޮޅު ކުޅުމެއްދައްކާ އަދި އާޖެންޓީނާއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި ލިއޮނެލް މެސީ އަނެއްކާވެސް ކާމިޔާބުކޮށްފިއެވެ. މި އެވޯޑާއެކު މެސީ މިވަނީ ޖުމްލަ 8 ފަހަރަށް ބެލަން ޑިއޯ އެވޯޑް ކާމިޔާބުކޮށްފައެވެ.
12 Oct 2023
ކުޅިވަރު
މެސީއާއި ރޮނާލްޑޯގެ ވާދަވެރި ކުރިމަތިލުންތައް އަލުން ފެނުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ޖަވާބެއް
އެންމެ ފުރަތަމަ އަޑު ފެތުރުނީ އެ މުއްދަތުގައި މެސީ އަނެއްކާވެސް ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވާން އުޅުނު ވާހަކަތަކެވެ. އަދި އެއަށްފަހު ސައުދީގެ ޕްރޯ ލީގަށް ގޮސް، ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު މި ޖީލު ދުށް އެންމެ ވާދަވެރި ދެ ކުޅުންތެރިންގެ ކުރިމަތިލުންތައް އަލުން ފެންނަން އުޅޭކަމުގެ އަޑުތަކެވެ.
20 Aug 2023
ކުޅިވަރު
ލީގު ކަޕްގެ ތަށި މެސީއާއި މިއާމީއަށް ވެސް ހާއްސަ
ދުނިޔޭގެ ފުޓްބޯޅަ "އައިކޮން" ލިއޮނެލް މެސީ އެމެރިކާގެ އިންޓަމިއާމީއަށް ކުޅެންފެށިފަހުން ހަތް ވަނަ މެޗުގައި މުޅިން އަލަށް އެ ޓީމަށް ޓްރޮފީއެއް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފިއެވެ. އަދި މި ޓްރޮފީއާއިއެކު މެސީއަށް ވެސް މިވަނީ ކާމިޔާބީގެ އިތުރު ހަރުފަތަކަށް ދަތުރު ކުރެވިފައެވެ.
22 Jul 2023
ކުޅިވަރު
މިއާމީއަށް ކުޅެދިން ފުރަތަމަ މެޗުގައި ވެސް މެސީގެ މުހިންމު ގޯލެއް
ފުޓްބޯޅަ ތަރި, އަރޖެންޓީނާގެ ލިއޮނެލް މެސީ އެމެރިކާގެ އިންޓަރ މިއާމީއަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުން ވެސް އެޓީމަށް މުހިންމު މޮޅެއް ހޯދައިދީފިއެވެ. ލީގްސް ކަޕް މެޗުގައި ހުކުރު ދުވަހުގެ ރޭ އިންޓަމިއާމީ ބައްދަލުކުރީ މެކްސިކޯގެ ކްރޫޒް އަޒުލް އާއި އެވެ.