Advertisement

04 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ހޮންކޮންގުގެ ކުޅިބެލުންތެރިން މެސީ އާއި ބެކަމްދެކެ ރުޅިއަތުވެއްޖެ

އޭޝިއާ ޓުއާގެ ތެެރެއިން ހޮންކޮންގުގައި އިންޓަ މިއާމީ ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 8 ފަހަރު ހޯދާފައިވާ ލިއޮނެލް މެސީ ކުޅެފައިނުވާތީ، ދަނޑަށް ކުޅިބަލަން ވަދެ ތިބި ސަޕޯޓަރުން މެސީ އާއި އެ ކްލަބުގެ އޯނަރު، ޑޭވިޑް ބެކަމްދެކެ ހިތްހަމަނުޖެހިއްޖެއެވެ. އަދި މިކަމާ ގުޅިގެން މެޗު ބަލަން ވަދެ ތިބި ބެލުންތެރިންވަނީ އެމީހުން ދަނޑަށް ވަނުމަށް ނެގި ޓިކެޓުގެ ރިޕަންޑު ދިނުމަށް ވެސް ގޮވާލާފައެވެ.  

ހޮންކޮންގުގައި މިއަދު ކުޅުނު މި މެޗުގެ ޓިކެޓު ގަތުމަށް އެންމެ މަދުވެގެން 125$ (ސަތޭކަ ފަންސަވީސް ޔޫ.އެސް. ޑޮލަރު) ހަރަދުކުރަން ޖެހުނުއިރު، ގިނަ ބަޔަކު ދަނޑަށް ވަނީ މެސީގެ ކުޅުން ހަމަލޮލުން ބަލާލުމުގެ އުއްމީދުގައެވެ. މި މެޗު ހޮންކޮންގުގައި އިޝްތިހާރުކުރީ ވެސް މެސީ ކުޅޭނެ ކަމަށް ބުނެ، ޕޯސްޓަރުތަކުގައި އޭނާގެ ފޮޓޯ ޖަހައިގެންނެވެ.

މެޗު ފެށުނުއިރު މެސީ ފުރަތަމަ އެގާރައިގައި ނެތަސް، ކުޅިބެލުންތެރިން ކެތްމަދުވެފައިތިބީ މެސީ އަރުވާނެ ވަގުތަކަށެވެ. ނަމަވެސް ފުރަތަމަ ހާފު ނިމި، ދެވަނަ ހާފުގައި ވެސް މެސީ ކުޅެން ނޭރުވުމުން، މެޗު ބެލުންތެރިން ވަނީ "ވީ ވޯންޓު މެސީ" އޭ އެއް އަޑަކުން ގޮވާ، އޭނާ ދަނޑަށް އެރުވުމަށް ޑިމާންޑުކޮށްފައެވެ.

މެސީގެ އިތުރުން، އިންޓަ މިއާމީއާ އެންމެ ފަހުން ގުޅުނު ކުޅުންތެރިޔާ، އުރުގުއޭގެ ލުއިޒް ސުއަރޭޒް ވެސް މި މެޗުގައި އެއްވެސް ވަރަކަށް ކުޅެފައެއް ނުވެއެވެ.

މެޗު ބެލުންތެރިންގެ ހިތްހަމަނުޖެހުން އެންމެފަހުން ރުޅިވެރިކަމަށް ބަދަލުވީ، މެޗުގެ 90 މިނެޓުގެ ކުޅުން ނިމުމަކަށް ދިޔައިރު ވެސް މެސީގެ ކުޅެން ނުފެނި ގެއަށް ދާން ޖެހުމުންނެވެ. އިންޓަ މިއާމީއިން މި މެޗު ކާމިޔާބުކޮށްފައިވަނީ 4-1 އިންނެވެ.

މެޗު ނިމުމުން ދަނޑަށް ވަދެ ތިބި ބެލުންތެރިންނަށް، އެމީހުން ދިން ސަޕޯޓަށް ޝުކުރު ދެންނެވުމަށް އިންޓަމިއާމީގެ އޯނަރު ޑޭވިޑް ބެކަމް ދަނޑަށް އެރުމުން، ހޮންކޮންގުގެ ސަޕޯޓަރުން ވަނީ ބެކަމް ދެކެ ހިތްހަމަނުޖެހި، އަތުގެ އިޝާރާތުން އެކަން ދައްކާފައެވެ.

މެޗަށްފަހު ކުޅި ބެލުންތެރިއަކު ނުރުހުންފާޅުކުރަނީ

މި މައްސަލައާ ގުޅިގެން އިންޓަ މިއާމީގެ ކޯޗު، ޖެރާޑޯ މާޓީނޯ ބުނީ މެސީ އާއި ލުއިސް ސުއަރޭޒް ކުޅެން އަރުވަން އޭނާ ބޭނުންވި ކަމަށެވެ. އެކަމަކު، ދެ ކުޅުންތެރިން ވެސް އަނިޔާގައި ތިބުމުން، ސީޒަން ފެށުމުގެ ކުރިން ރިސްކެއް ނެގުމަށް ބޭނުންނުވީ ކަމަށް އޭނާ ބުނެފައިވެއެވެ. އެމެރިކާގެ ފުޓުބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

މިކަމާ ގުޅިގެން ހޮންކޮންގުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސަރުކާރާއި ހޮންކޮންގުގެ ފުޓުބޯޅަ ސަޕޯޓަރުން ތިބީ މެޗު އިންތިޒާމްކުރި ފަރާތުން އެގޮތަށް ކަންތައްތައް ކުރުމުން މާޔޫސްވެފައެވެ. އަދި މިހެން ކަންތައްތައް ދިމާވުމުން، މެޗު އިންތިޒާމްކުރި ފަރާތުން ހޮންކޮންގުގެ ފުޓުބޯޅަ ސަޕޯޓަރުންނަށް ތަފްސީލު ހާމަކުރަން ޖެހޭނެކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.