Advertisement

21 Jun 2024
ކޮޕާ އެމެރިކާ
މިފްތާޙް މުޙައްމަދު

ކޮޕާ އެމެރިކާގެ ފުރަތަމަ މެޗުން އާޖެންޓީނާ މޮޅުވި އިރު މެސީއަށް އައު ރެކޯޑެއް

ގައުމުތަކުގެ މެދުގައި ކުޅޭ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ މުބާރާތްކަމުގައިވާ، ކޮންމެބޯލް ކޮޕާ އެމެރިކާގެ 48ވަނަ މުބާރާތުގެ ފުރަތަމަ މެޗު، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ކާމިޔާބުކޮށްފިއެވެ. އެ ޓީމުން މި މެޗު ކާމިޔާބުކުރީ، މުބާރާތުގައި އަލަށް ވާދަކުރާ ކެނަޑާ 2-0 އިން ބަލިކުރުމަށްފަހުއެވެ.

މި މެޗާއެކީ މެސީގެ ރެކޯޑު ފޮތަށް މިވަނީ އިތުރު ސަފުހާއެއް އިތުރުވެފައެވެ. 2007 ވަނަ އަހަރު ވެނެޒުއޭލާގައި ބޭއްވި މުބާރާތުގެގެ ފަހުން ކޮޕާ އެމެރިކާގެ ކޮންމެ މުބާރާތެއްގައި ކުޅެމުން އަންނަ މެސީއަށް މި އަހަރުގެ މުބާރާތާކީ އޭނާ ކުޅޭ ކޮޕާ އެމެރިކާގެ 7 ވަނަ މުބާރާތެވެ. އެގޮތުން ކެނެޑާގެ މެޗާއެކީ ކޮޕާ އެމެރިކާގައި އޭނާ މިވަނީ ޖުމްލަ 35 މެޗު މިހާތަނަށް ކުޅެފައެވެ. އެންމެ ފަހުން މި ރެކޯޑު އޮތީ، މި މުބާރާތުގައި 34 މެޗު ކުޅެފައިވާ، ޗިލީގެ ސާޖިއޯ ލިވިންސްޓޯން އަތުގައެވެ.

އެމެރިކާގައި މިފަހަރު ކުރިޔަށްދާ މި މުބާރާތް ހުޅުވި މެޗުގައި ކެނެޑާ ކޮޅަށް އާޖެންޓީނާއިން ކާމިޔާބުކުރި ފުރަތަމަ ގޯލަކީ މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ހޫލިއަން އަލްވަރޭޒް ކާމިޔާބުކޮށްދިން ގޯލެކެވެ. މިއީ ކޮޕާ އެމެރިކާގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. ދެވަނަ ހާފުގައި އަލްވަރޭޒް ކާމިޔާބުކުރި މި ގޯލު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ލިވަޕޫލްގެ ތަރި އެލެކްސިސް މެކަލިސްޓާއެވެ.

އާޖެންޓީނާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 76 ވަނަ މިނެޓުގައި އަލްވަރޭޒްގެ ބަދަލުގައި ކުޅެން ނިކުތް ލުޓާރޯ މާޓިނޭޒްއެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ފެނިގެން ދިޔަ މި ގޯލަކީ މެސީގެ އެސިސްޓަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އާޖެންޓީނާއާއެކު ގްރޫޕް-އޭގައި ޗިލީ ވެސް ހިމެނެއެވެ. ޗިލީ އަކީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު މި މުބާރާތުގެ ފައިނަލުގައި އާޖެންޓީނާ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައިވާ ޓީމެވެ.

އެންމެ ފަހުން ބްރެޒިލްގައި 2021 ވަނަ އަހަރު ބޭއްވި ކޮޕާ އެމެރިކާގެ 47 ވަނަ މުބާރާތް ކާމިޔާބުކޮށްފައިވަނީ އާޖެންޓީނާއެވެ. އެއީ 1993 ވަނަ އަހަރަށްފަހު އެ ޓީމަށް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރެވުނު ކޮޕާ އެމެރިކާ މުބާރާތެވެ. އަދި އެއީ މެސީގެ ވެސް މި މުބާރާތުގެ ފުރަތަމަ ތައްޓެވެ.

މުބާރާތުގައި 4 ގްރޫޕް ހިމެނޭއިރު ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ހޯދާ ދެ ޓީމު ދަތުރުކުރާނީ ކުއާޓާ ފައިނަލަށެވެ.   

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.