Advertisement

05 Jul 2024
ލިއޮނެލް މެސީ
މިފްތާޙް މުޙައްމަދު

ރޮނާލްޑޯ އަތުން ޕެނަލްޓީއެއް ނާކާމިޔާބުވިތާ ތިން ދުވަސް ފަހުން މެސީއަށް ވެސް އެ "ބޮނޑި ބޮވިއްޖެ"

ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އާޖެންޓީނާ އާއި އިކުއެޑޯ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައިވުމުން، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި މެސީގެ ޕެނަލްޓީ ނާކާމިޔާބުވެއްޖެއެވެ. ނަމަވެސް މެސީއަށް މި ހެދުނު ގޯސް ފޫބައްދައިދިނުމަށް ޓީމުގެ އެހެން ކުޅުންތެރިން ކުރި މަސައްކަތުން، އާޖެންޓީނާ ވަނީ 4-2 އިން ޕެނަލްޓީ ޝޫޓް-އައުޓް ކާމިޔާބުކޮށް ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.

މީގެ ތިން ދުވަސްކުރިން ޔޫރޯ ޗެމްޕިއަންޝިޕްގެ ގަދަ-16 ގައި ޕޯޗުގަލް އާއި ސްލޮވީނިއާ ބައްދަލުކުރި މެޗުގެ އެކްސްޓްރާ ޓައިމްގައި ޕޯޗުގަލްއަށް ލިބުނު ޕެނަލްޓީއެއް ރޮނާލްޑޯގެ އަތުން ވެސް ވަނީ ކާމިޔާބު ނުވެފައެވެ. ނަމަވެސް، ޕޯޗުގަލްއަށް ސްލޮވީނިއާގެ ގޯލު ކައިރިން އެ މެޗުގައި ލިބުނު ހުރިހާ ހިލޭ ޖެހުމެއް ޖަހާފައިވުމުން އެކަމާ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި ރޮނާލްޑޯ ވަނީ، ޕެނަލްޓީ ޝޫޓްއައުޓްގައި އޭނާ ޖެހި ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

ޔޫރޯ ޗެމްޕިއަންޝިޕްގައި ޕޯޗުގަލް އާއި ސްލޮވީނިއާ ބައްދަލުކުރި މެޗުގައި ރޮނާލްޑޯއަށް ނާކާމިޔާބުވި ޕެނަލްޓީ އާއި އޭގެ ފަހުން ރޮނާލްޑޯ އެކަމާ ހިތާމަކުރާ މަންޒަރު

އެ މެޗުގައި ޕޯޗުގަލްގެ ކީޕަރު ވަނީ ސްލޮވީނިއާއިން ޖެހި ހުރިހާ ޕެނަލްޓީއެއް މަތަކޮށްފައެވެ. އެހެންކަމުން، ޕޯޗުގަލް ވަނީ 3-0 އިން ޕެނަލްޓީ ޝޫޓް-އައުޓް ކާމިޔާބުކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ.

ކޮޕާ އެމެރިކާގެ ސެމީ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދާފައިވާއިރު، އެ ޓީމާ ދެކޮޅަށް ކުޅޭނީ ހުކުރު ދުވަހުގެރޭ ވެނެޒުއޭލާ އަދި ކެނެޑާ ބައްދަލުކުރާ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ.

ރާއްޖެ ގަޑިން ހެނދުނު 6 ޖެހިއިރު ފެށި، އާޖެންޓީނާ އާއި އިކުއެޑޯ ބައްދަލުކުރި މެޗުގައި ޕުރަތަމަ ލީޑު ނެގީ އާޖެންޓީނާއިންނެވެ. މެޗުގެ 35 ވަނަ މިނެޓުގައި އާޖެންޓީނާގެ ގޯލު ކާމިޔާބުކޮށްދިނީ ލިސާންޑްރޯ މާޓިނޭޒްއެވެ. އަދި މި ސްކޯގައި މެޗު ނިމެން ދަނިކޮށް، އިކުއެޑޯއިން ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އިތުރު ވަގުތުގައި ރޮޑްރިގޭޒްއެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ޖެހި ޕެނަލްޓީ ކާމިޔާބު ކުރުމަށް މެސީ މަސައްކަތް ކޮށްފައިވަނީ "ޗިޕް ޑައުން" ކޮށް ގޯލުގެ މެދަށް ބޯޅަ ފޮނުވާލައިގެނެވެ. ނަމަވެސް އޭނާއަށް ބޯޅައިގައި ޖެހުނު މިންވަރު ބާރުވުމުން، ގޯލުގެ ބޭރަށް ބޯޅަ ދިޔައީ ހުރަސް ދަނޑީގައި ޖެހުމަށްފަހުއެވެ.

އާޖެންޓީނާގެ ޕެނަލްޓީތައް ކާމިޔާބުކޮށްފައިވަނީ ހޫލިއަން އަލްވަރޭޒް، އެލްކްސިސް މެކަލިސްޓާ، ގޮންޒާލޯ މޮންޓިއެލް އަދި ނިކޮލަސް އޮޓަމެންޑީއެވެ. އަނެއްކޮޅުން އެ ޓީމުގެ ގޯލް ކީޕަރު ޑިބޫ މާޓިނޭޒްވަނީ އިކުއެޑޯގެ ދެ ޕެނަލްޓީ މަތަކޮށްފައެވެ. އިކުއެޑޯއަށް ކާމިޔާބުކުރެވުނު ދެ ޕެނަލްޓީއަކީ ޖޯން ޔެބޮއާ އާއި ޖޯޑީ ކެއިސީޑޯ ޖެހި ޕެނަލްޓީތަކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.