Advertisement

ފޮޓޯ: މާސްޓާ ލީގު ސޮކަރ

20 Aug 2023
ކުޅިވަރު

ލީގު ކަޕްގެ ތަށި މެސީއާއި މިއާމީއަށް ވެސް ހާއްސަ

ދުނިޔޭގެ ފުޓްބޯޅަ "އައިކޮން" ލިއޮނެލް މެސީ އެމެރިކާގެ އިންޓަމިއާމީއަށް ކުޅެންފެށިފަހުން ހަތް ވަނަ މެޗުގައި މުޅިން އަލަށް އެ ޓީމަށް ޓްރޮފީއެއް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފިއެވެ. އަދި މި ޓްރޮފީއާއިއެކު މެސީއަށް ވެސް މިވަނީ ކާމިޔާބީގެ އިތުރު ހަރުފަތަކަށް ދަތުރު ކުރެވިފައެވެ.

އެމެރިކާ އަދި މެކްސިކޯގެ ޓީމުތަކުގެ މެދުގައި ކުޅޭ ލީގު ކަޕްގެ މި އަހަރުގެ މުބާރާތުގެ ފައިނަލުގައި ހޮނިހިރު ދުވަހުގެރޭ ބައްދަލުކުރީ އެމެރިކާގެ ދެ ކްލަބް ކަމުގައިވާ އިންޓަމިއާމީ އާއި ނެޝްވިލް ސްޕޯޓްސް ކްލަބެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން މެޗު އެއްވަރުވެފައި ވުމުން، މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ފައިނަލް މެޗުގައި ފުރަތަމަ ގޯލެއް ކާމިޔާބުކޮށް ލީޑު ނެގީ މިއާމީ އިންނެވެ. އެއީ މެޗުގެ 23 ވަނަ މިނެޓުގައި މެސީ ޖެހި މޮޅު ގޯލަކުންނެވެ. ނެސްވިލް އިން މެޗު ހަމަހަމަކުރީ ދެ ވަނަ ހާފުގައެވެ. އެއީ މެޗުގެ 57 ވަނަ މިނެޓުގައި އެ ޓީމުގެ ފަފާ ޕިކޯލްޓް ކާމިޔާބުކުރި ގޯލަކުންނެވެ.

ޕެނަލްޓީ ޖަހައިގެން ވެސް މެޗުގެ ނަތީޖާ ނެރުން ވީ ބޮޑު އަރަތަކަށެވެ. ކޮންމެ ޓީމަކުން 11 ޕެނަލްޓީ ޖަހަންޖެހުނު އިރު، މެޗުން މޮޅުވި ޓީމު ކަނޑައެޅުނީ ދެ ޓީމުގެ ކީޕަރުންނާއި ހިސާބުންނެވެ. އެއީ ނެޝްވިލް ގެ ކީޕަރ އެލިއެޓް ޕެނިކޯ ފޮނުވާލި ޕެނަލްޓީ މިއާމީގެ ޑްރެކް ކެލަންޑަރ މަތަކުރި ހިސާބުންނެވެ.

މި ތައްޓާއެކު މެސީ ވެގެން ގޮސްފައި މިވަނީ ދުނިޔޭގައި ހުރި އެންމެ ކާމިޔާބު ފުޓުބޯޅަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ޝަރަފު ޙިއްސާކުރީ މެސީއާއި އޭނާއާއި އެކު ބާސެލޯނާގައި ކުޅުނު ޑެނީ އަލްވޭސް އެވެ. އެއީ މި މެޗުގެ ކުރިން ދެ ކުޅުންތެރިންވެސް 43 ތަށި ކާމިޔާބު ކޮށްފައިވުމުންނެވެ. މެސީ އޭނާގެ ކެރިއަރ 2004 ގައި ފެށިފަހުން މިހާރު މިވަނީ 44 ތަށި ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި 10 ލަލީގާއާއި، 4 ޗެމްޕިއަންސް ލީގާއި، 7 ކޕަ ޑެލް ރޭ އާއި، 8 ސްޕެނިޝް ސުޕަ ކަޕާއި، 3 ފީފާ ކްލަބް ވާލްޑް ކަޕާއި، 3 ޔޫއެފާ ސުޕަ ކަޕާއި، އެއް ވާލްޑް ކަޕް ހިމެނެއެވެ.

ހޮނިހިރު ދުވަހުގެ ފައިނަލް މެޗުން ފާހަގަވި އިތުރުކަމެއް ވެސް އެބައޮތެވެ. މުބާރާތް ކާމިޔާބު ކުރުމުނެ މެސީ ބޭނުންވީ، އެ ޓީމުގެ ޑިއަންޑްރޭ ޔެޑްލިން ތަށި އުފުލާ ލުމަށެވެ. އެއީ އޭނާއަކީ މެސީ އައުމުގެ ކުރިން މުޅި ސީޒަނުގައި ޓީމުގެ ކެޕްޓަންގެ ޒިންމާ ނެގި ކުޅުންތެރިޔާއަށް ވީތީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.