Advertisement

ފޮޓޯ: ސްކައި ނިއުސް

22 Jul 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

މިއާމީއަށް ކުޅެދިން ފުރަތަމަ މެޗުގައި ވެސް މެސީގެ މުހިންމު ގޯލެއް

ފުޓްބޯޅަ ތަރި, އަރޖެންޓީނާގެ ލިއޮނެލް މެސީ, އެމެރިކާގެ އިންޓަރ މިއާމީއަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުން ވެސް އެޓީމަށް މުހިންމު މޮޅެއް ހޯދައިދީފިއެވެ. ލީގްސް ކަޕް މެޗުގައި ހުކުރު ދުވަހުގެ ރޭ އިންޓަމިއާމީ ބައްދަލުކުރީ މެކްސިކޯގެ ކްރޫޒް އަޒުލް އާއި އެވެ. ކޮންމެ ޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ކުރެވި, 1-1 ގެ ނަތީޖާއަކުން މެޗު ނިމެން ކުޑަތަން ވެފައިވަނިކޮށް, ޕެނަލްޓީ އޭރިއާ ކައިރިން, ކްރޫޒް އަޒުލްގެ ސީދާ ގޯލް ކުރިމަތިން ލިބުނު ހިލޭ ޖެހުން މެސީ ފޮނިވާލީ ގޯލުގެ ވާތު ކަނަށެވެ

މިއާމީއަށް ބަދަލުވިފަހުން މެސީ އަދި ތަމްރީނުތަކުގައި ބައިވެފައިވަނީ ތިން ދުވަހުއެވެ. އެހެންކަމުން މި މެޗުގައި މެސީ ކުޅެން ނިކުތީ ބެންޗުންނެވެ. އަދި މެޗުގައި ކުޅުމުގެ ތެރެއިން ގޯލު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ފަހިވެގެން ގޮސްފައި ނުވި ނަމަވެސް, މިއާމީ މޮޅުވި ގޯލު ކާމިޔާބުކުރި ހިލޭ ޖެހުމަކީ މެސީއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމެކެވެ.

ލީގްސް ކަޕް އަކީ މިހާރު އެމެރިކާ އާއި މެކްސިކޯގެ ޓީމު ތަކުގެ މެދުގައި ކުޅޭ ސަރަހައްދީ މުބާރާތެކެވެ. އެގޮތުން ދެ ގައުމުގެ ފުރަތަމަ ލީގުގައި ކުޅޭ ޖުމްލަ 47 ޓީމު މި މުބާރާތުގައި ވާދަކުރެއެވެ

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.